Roadha Mihaaru
ކިރިގިސްތާނުން ވެސް ގައުމީ ފުޓްސަލް ޓީމު ބަލިކޮށްފި

ކިރިގިސްތާން އަތުން ވެސް ގައުމީ ފުޓްސަލް ޓީމު ބަލިވެއްޖެ

11 އެޕްރީލް 2022

މިހާރު ކުރިއަށްދާ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ކިރިގިސްތާން އަތުން 7-1 ގައުމީ ފުޓްސަލް ޓީމު މިރޭ ބަލިވެއްޖެ އެވެ.

މިހާރު ކުރިއަށްދާ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި ކިރިގިސްތާން އަތުން 7-1 ގައުމީ ފުޓްސަލް ޓީމު މިރޭ ބަލިވެއްޖެ އެވެ.

ސެންޓްރަލް އަދި ދެކުނު އޭޝިއާގެ ގުރޫޕް އޭ ބާއްވާ ގައުމު ކިރިގިސްތާން ކޮޅަށް މިއަދު ރާއްޖޭގެ ލަނޑު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. އޭނާ ލަނޑު ޖެހީ ކިރިގިސްތާންއިން ހަ ލަނޑު ޖެހި ފަހުންނެވެ.

ކިރިގިސްތާނުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 14 ވަނަ މިނެޓްގަ އެވެ. އެލަނޑު ޖެހީ އިޒަބެކޯވް އަޒަމަތު އެވެ. އޭގެ ފަހުން ޝާއްޕެ ބޯޅަ ހިފައިގެން ދާން އުޅުމުގެ ތެރޭގައި ކިރިގިސްތާންގެ ދެކުޅުންތެރިން އޭނާ ކައީރީގައި ވިއްދާފައި ވަނިކޮށް ދެކުުންތެރިންގެ ތެރެއިން ދާން އުޅުމުން ޝާޕެއް ވެއްޓުނެވެ. އޭނާ އަނިޔާވުމުން ފަރުވާ ދޭން ކޯޓުން ބާލަން ޖެހުނީ އަށިގަނޑަށް އަރުވައިގެންނެވެ.

ކިރިގިސްތާންގެ ދެވަަނަ ލަނޑަކީ ރާއްޖެގެ ކޮޅަށް ފަސޭހަ ކަމާއެކު ވައްދާލި ލަނޑެކެވެ. އެޓީމަށް ބޭރުން ޖެހުން ލިބިފައި ވަނިކޮށް އެޓީމުގެ ޖަހަން ދިޔަ ކުޅުންތެރިޔާ ބޯޅައިގައި މަޑުމަޑުން ފައި ޖައްސާލާފައި ބޯޅަ ލައިނުން އެތެރެކޮށްލި އެވެ. އެވަގުތު އެޓީމުގެ ޑޯލޯޓްކެލްޑިއޭވް އަޒަމާ ވަނީ ކުއްލިއަކަށް ބޯޅަ ޖަހައި ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ. ރާއްޖޭގެ ކުޅުންތެރިން ތިބީ ތައްޔާރު ވެގެނެއްނޫނެވެ. ތިރިތިރިން ބޯޅަ ފޮނުވާލިނަމަވެސް ކީޕަރަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

ހާފު ނިމުމުގެ ކުރިން ކިރިގިސްތާންގެ ޒޮހޮލްޑުބައޭވް މާލެން ވަނީ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. ދެވަނަ ހާފުގެ ކުރީ ކޮޅު ރާއްޖޭގެ ހުޒައިފަތު ރަޝީދު (ހުޒޭ) އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑީގެ ކަނުގައި ކޭތިލާފައި ބޭރަށެވެ. އޭގެ ފަހުން ވެސް އޭނާ ފޮނުވާލި ބޯޅައެއް ގޯލް ލައިންމަތިން ގޮސް ގޯލް ހުރަސްކޮށް ދިޔައީ ބޭރަށެވެ.

ކިރިގިސްތާންގެ ހަތަރު ވަނަ ލަނޑު ޖެހީ އަބްދީ ޒަހްލިލް އެވެ. އެޓީމުގެ ފަސް ވަލަނޑު ޖެހީ ޑަނިއާރް އަބްދު ރަކާހް އެވެ. އެޓީމުގެ ހަވަނަ ލަނޑު ޖެހީ އަބްދު ރަސޫލުލް މަނަސް އެވެ. ހަތްވަނަ ލަނޑު ޖެހީ އަބްދީ ޒަހްލިލް އެވެ.

މިއަދު ކުޅުނު ފުރަތަމަ މެޗުގައި އިރާން އިން ވަނީ ތުރުކްމެނިސްތާންގެ މައްޗަށް 3-0 ން މޮޅުވެފަ އެވެ. އިއްޔެ ތުރްކެމނިސްތާންުން ކިރިގިސްތާން ބަލި ކުރީ 3-1 ންނެވެ. ރާއްޖޭގެ ފަހު މެޗުގައި މާދަމާ ހަވީރު ނުކުންނާނީ ތުރުކްމެނިސްތާނާ ދެކޮޅަށެވެ.