05 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 5) - ސްރީ ލަންކާގެ ކޯލިޝަނުގައި ހިމެނޭ ޕާލަމެންޓް މެންބަރުންގެ ތެރޭން މިހާތަނަށް 43 މެންބަރުން ކޯލިޝަން ދޫކޮށްލުމަށް ފަހު، ވަކިފަރާތަކަށް ނުޖެހޭ މެންބަރުންގެ ގޮތުގައި މަސައްކަތް ކުރަން ނިންމައިފި އެވެ.
ކޮލަމްބޯ (އެޕްރީލް 5) - ސްރީ ލަންކާގެ ކޯލިޝަނުގައި ހިމެނޭ ޕާލަމެންޓް މެންބަރުންގެ ތެރޭން މިހާތަނަށް 43 މެންބަރުން ކޯލިޝަން ދޫކޮށްލުމަށް ފަހު، ވަކިފަރާތަކަށް ނުޖެހޭ މެންބަރުންގެ ގޮތުގައި މަސައްކަތް ކުރަން ނިންމައިފި އެވެ.
ކޯލިޝަނުން ވަކިވާން ނިންމި މެންބަރުންގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ވެސް ހިމެނެ އެވެ. އެ ގޮތުން ސަރުކާރު ހިންގާ ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) ގެ 11 ޕާލަމެންޓް މެންބަރުން މިހާރު ވަނީ ކޯލިޝަނުން ވަކިވެފަ އެވެ. ޕާލަމެންޓް މެންބަރު އަނޫރާ ޕްރިޔަދަރްޝާ ޔާޕާ ވިދާޅުވީ ކޯލިޝަނުން ވަކިވި 11 މެންބަރުން މަސައްކަތް ކުރާނީ ވަކިފަރާތަކަށް ނުޖެހޭ ގްރޫޕެއްގެ ގޮތުގައި ކަމަށެވެ.
ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ގެ 14 މެންބަރުން ވެސް ވަނީ ކޯލިޝަނުން ވަކިވެފަ އެވެ. އެސްއެލްއެފްޕީގެ މެންބަރުން ވެސް މަސައްކަތް ކުރާނީ ވަކިފަރާތަކަށް ނުޖެހޭ މެންބަރުންގެ ގޮތުގަ އެވެ.
ސިލޯން ވޯކާސް ކޮންގްރެސްގެ ދެ މެންބަރުންނާއި ސަރުކާރަށް ތާއީދުކުރާ އެހެން ޕާޓީތަކުގެ 16 މެންބަރުން ވެސް ވަނީ ވެރިކަންކުރާ ކޯލިޝަނުން ވަކިވެފަ އެވެ.
ޕާލަމެންޓުގެ ނައިބް ރައީސް ރަންޖީތު ސިޔަމްބަލަޕިޓިޔާ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ރައީސް ގޯޓާބޭ ރާޖަޕަކްސާ ވިދާޅުވެފައި ވަނީ ސަރުކާރުން މިހާރު މަސައްކަތް ކުރަނީ ޕާލަމެންޓުގެ 113 ގޮނޑީގެ އަޣުލަބިއްޔަތު ދެމެހެއްޓޭތޯ ކަމަށެވެ. ކޯލިޝަނުން ޕާޓީތައް ވަކިވުމުން މިހާރު ވަނީ ތިންބައިކުޅަ ދެބައި އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިފަ އެވެ.
ގޯޓާބޭ ވިދާޅުވެފައި ވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދާ ބަޔަކަށް ވެރިކަންކުރަން ހަވާލުކުރާނެ ކަމަށާއި ނަމަވެސް ރައީސްގެ މަގާމުން އޭނާ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
ލަންކާގެ ރައީސަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ
ރާޖަޕަކްސާ އަށް: ރީތި ގޮތުގައި އިސްތިއުފާދީ!
ވަގުތީ ސަރުކާރުގެ ވެސް ބޮޑުވަޒީރަކަށް ވާނީ އަޅުގަނޑު
ރާޖަޕަކްސާގެ ވަފާތެރިން ވެސް ދެކޮޅުވާން ފަށައިފި
ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ހުށަހަޅައިފި
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ގޯސްތަކެއް ހެދިއްޖެ، ހައްލުހޯދަން އެއްބާރުލުން ބޭނުންވޭ
ގައުމުން ބޭރުގައި އުޅޭ ލަންކާ މީހުން ޑޮލަރު ފޮނުވައިދީ
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާ އިން ބޭސް ހުސްވާކަމުގެ އިންޒާރު ޑޮކްޓަރުން ދީފި