Roadha Mihaaru
ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ހުށަހަޅައިފި

ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ހުށަހަޅައިފި

21 އެޕްރީލް 2022

ކޮލަމްބޯ (އެޕްރީލް 21) - ސްރީ ލަންކާގެ ރައީސް އަށް ބާރުތައް ލިބިދޭ ގޮތަށް އޮތް އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލުމަށް ޕާލަމެންޓަށް މިއަދު ހުށަހަޅައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އެޕްރީލް 21) - ސްރީ ލަންކާގެ ރައީސް އަށް ބާރުތައް ލިބިދޭ ގޮތަށް އޮތް އެގްޒެކެޓިވް ޕްރެޒިޑެންސީ އުވާލުމަށް ޕާލަމެންޓަށް މިއަދު ހުށަހަޅައިފި އެވެ.

އިދިކޮޅު ސަމަގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) ގެ ފަރާތުން މިހާރު ވަނީ އެ ހުށަހެޅުން ޕާލަމެންޓުގެ ރައީސް މަހިންދާ ޔާޕާ އަބޭވަރްދަނާ އަށް ހަވާލުކޮށްފަ އެވެ.

އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާ ވިދާޅުވީ ޕާލަމެންޓަށް ހުށަހަޅާފައި ވަނީ ގާނޫނުއަސާސީގެ 20 ވަނަ އިސްލާހު އުވާލުމަށާއި 19 ވަނަ އިސްލާހަށް ބަދަލުތައް ގެނައުމަށް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އެގްޒެކެޓިވް ޕްރައިމް މިނިސްޓަރެއްގެ ބަދަލުގައި ޕާލަމެންޓަށް ޖަވާބުދާރީ ކުރެވޭ ބޮޑުވަޒީރެއް ހަމަޖެއްސުމަށް ވެސް ހުށަހަޅައިފަ އެވެ. އޭގެ އިތުރުން ތިން ބާރު ވަކިކުރެވޭ ނިޒާމަކަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ސަޖިތު ވިދާޅުވީ ގާނޫނު އަސާސީގެ ތެރޭން ނޭޝަނަލް ސެކިއުރިޓީ ކައުންސިލެއް ވެސް އުފެއްދުމަށް އިދިކޮޅުން ހުށަހަޅާ ކަމަށެވެ. އޭގެ އިތުރުން މިނިވަން މުއައްސަސާތައް ބާރުވެރިކުރުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ސަޖިތު ވަނީ ރައްޔިތުން އެދޭ މި ބަދަލުތައް ޕާލަމެންޓުގެ ތެރޭން ގެނައުމަށް ޕާޓީތަކުން ތާއީދު ކުރުމަށް އެދިވަޑައިގެންފަ އެވެ.