Roadha Mihaaru
ކޮއްކޮ އާއި ބޭބެ ވެރިކަމުގައި: ލަންކާގެ ތާރީޚުގައި އާ ކަމެއް

ބޭބެ އާއި ކޮއްކޮ ވެރިކަމުގައި: ލަންކާގެ ތާރީޚުގައި ވެސް އާ ކަމެއް

22 ނޮވެމްބަރ 2019

ކޮލަމްބޯ (ނޮވެމްބަރު 22) - ބޭބެ އާއި ކޮއްކޮ ގައުމުގެ އެންމެ މަތީ ދެ މަގާމުގައި ތިބުމަކީ ގައުމެއްގެ ހަޔާތުގައި ވެސް ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ސްރީ ލަންކާގެ ރައްޔިތުން މިއަދު ވަނީ އެ ޝަރަފް ރާޖަޕަކްސާ އާއިލާގެ ދެބެންނަށް ދީފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ބޮޑު ވަޒީރުކަން ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 22) - ބޭބެ އާއި ކޮއްކޮ ގައުމުގެ އެންމެ މަތީ ދެ މަގާމުގައި ތިބުމަކީ ގައުމެއްގެ ހަޔާތުގައި ވެސް ވަރަށް ނާދިރު ކަމެކެވެ. އެކަމަކު ސްރީ ލަންކާގެ ރައްޔިތުން މިއަދު ވަނީ އެ ޝަރަފް ރާޖަޕަކްސާ އާއިލާގެ ދެބެންނަށް ދީފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ރައީސް ގޯޓާބޭ ރާޖަޕަކްސާ ވަނީ ވެރިކަން ލިބިވަޑައިގެންފި ނަމަ ބޮޑު ވަޒީރުކަން ބޭބޭފުޅު އަދި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަހިންދާ ވަނީ 2015 ވަނަ އަހަރާ ހަމައަށް 10 އަހަރު ރައީސްކަން ކުރައްވައިފަ އެވެ. މަހިންދާގެ ވެރިކަމުގައި ބާރުގަދަ ޑިފެންސް ސެކްރެޓަރީ އަކީ ގޯޓާބޭ އެވެ. ސްރީ ލަންކާގައި 37 އަހަރު ކުރި ދާޚިލީ ހަނގުރާމަ މެއި 2009 ގައި ނިމުމަކަށް ގެނައީ މަހިންދާގެ ވެރިކަމުގަ އެވެ. އެހެންވެ ލަންކާގެ އަޣުލަބިއްޔަތު އޮންނަ ސިންހަޅައިންގެ ބޮޑު ތާއީދެއް ރާޖަޕްކްސާ އަށް އޮވެ އެވެ.

އާ ރައީސް ގޯޓާބޭ އާއި ބޮޑު ވަޒީރު މަހިންދާ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އާ ރައީސް ގޯޓާބޭ އާއި ބޮޑު ވަޒީރު މަހިންދާ ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

މަހިންދާގެ ވެރިކަމުގައި ވެސް އެއްބަނޑުއެއްބަފައި ބޭފުޅުން ވަނީ ދައުލަތުގެ އިސް މަގާމުތަކަށް އިސްކުރައްވައިފަ އެވެ. ގައުމީ އެއާލައިނާއި ސަރުކާރުގެ ކުންފުނިތަކާ އަދި ޑިޕްލޮކެޓިކް މަގާމުތަކަށެވެ. މިއީ ރާޖަޕްކސާ އާއިލާ އަށް ރައްޔިތުން ވެރިކަން ދިން ދެވަނަ ފަހަރެވެ.

ތިރީގައި މިވަނީ ރާޖަޕަކްސާ އާއިލާގެ ސިޔާސީ ބޭފުޅުންގެ ކުރު ތައާރަފެކެވެ.

އާއިލާގެ އެންމެ އިސް މެންބަރު: މަހިންދާ

ރާޖަޕަކްސާ އާއިލާގައި ސިޔާސީ ގޮތުން އެންމެ ވަރުގަދަ ބޭފުޅަކީ އުމުރުފުޅުން 74 އަހަރުގެ މަހިންދާ އެވެ. އުމުރުފުޅުން 24 އަހަރުގައި، 1970 ވަނަ އަހަރު ޕާލަމެންޓަށް ހޮވިވަޑައިގެންނެވި މަހިންދާ ވަނީ 2004 ވަނަ އަހަރު ބޮޑު ވަޒީރުކަމަށް ވަޑައިގެންފަ އެވެ. އޭގެ ފަހުން ޖެނުއަރީ 2015 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރައީސްކަން ހޯއްދެވި އެވެ. ރައީސްކަމުގެ މަގާމަށް މަހިންދާ އަށް މިފަހަރު ކުރިމަތި ނުލެއްވުނީ ދެ ދައުރު ރައީސްކަން ކުރައްވާފައިވާތީ އެވެ.

ބޮޑު ވަޒީރު ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

ބޮޑު ވަޒީރު ރާޖަޕަކްސާ. --ފޮޓޯ:އޭއެފްޕީ

މަހިންދާގެ ވެރިކަމުގައި ހަނގުރާމަ ނިމުމަކަށް ގެނައި އިރު އާއްމުންގެ އެތައް ހާސް ބަޔަކު މެރިކަމުގެ ތުހުމަތުކޮށްފައިވެ އެވެ. އަދި ޗައިނާއާ ގާތްގުޅުމެއް ބާއްވައި ތަރައްގީގެ މަޝްރޫއުތަކަށް ވަނީ ބެއިޖިން އިން ހަތް ބިލިއަން ޑޮލަރުގެ ލޯނު ނަންގަވައިފަ އެވެ.

ޓާމިނޭޓާ: ގޯޓާބޭ

މަހިންދާގެ ވެރިކަމުގައި އެންމެ ބާރުގަދަ އެއްބޭފުޅަކީ އުމުރުފުޅުން މިހާރު 70 އަހަރުގެ ގޯޓާބޭ އެވެ. ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނަވައިގެން ސިފައިންނާއި ފުލުހުންގެ ހުރިހާ ކަމެއް ދުވަހުން ދުވަހަށް ބެއްލެވީ ގޯޓާބޭ އެވެ.

ގޯޓާބޭ ރާޖަޕަކްސާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ގޯޓާބޭ ރާޖަޕަކްސާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

އާއިލާގެ ތެރޭގައި "ޓާމިނޭޓާ"ގެ ނަމުން މަޝްހޫރު ގޯޓާބޭ ވެރިކަމަށް ވަޑައިގަތުމަކީ ލަންކާގައި އަޣުލަބިއްޔަތު ނެތް ދަރިކޮޅުތަކުުގެ މީހުންގެ ކަންބޮޑުވުމެކެވެ. ޚާއްސަކޮށް ތަމަޅައިންނާއި މުސްލިމުންނެވެ. މަހިންދާގެ ވެރިކަމުގައި ހިންގާފައިވާ ކަންކަމާ ގުޅިގެން ގޯޓާބޭގެ މައްޗަށް ވަނީ ޖިނާއީ ބައެއް ތުހުމަތުތައްކޮށް ކޯޓަށް މައްސަލަތައް ވައްދައިފަ އެވެ. ނަމަވެސް ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން އެ މައްސަލަތައް ދެން ކުރިއަކަށް ނުދާނެ އެވެ.

މިސްޓަ 10 ޕަސެންޓް: ބާސިލް

މަހިންދާގެ ވެރިކަމުގައި އިގްތިސާދީ ހުރިހާ ކަމެއްގެ އިސް ސިކުނޑިއަކީ އުމުރުފުޅުން 68 އަހަރުގެ ބާސިލް ރާޖަޕަކްސާ އެވެ. "މިސްޓަ 10 ޕަސެންޓް"ގެ ނަމުން ބާސިލް އަށް ބީބީސީ އިންޓަވިއުއެއްގައި މުޚާތަބްކޮށްފައި ވަނީ ބޭރުގެ އިންވެސްޓްމަންޓްތަކުން އޭނާ ކޮމިޝަން ނަންގަވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

ބާސިލް ރާޖަޕަކްސާ.

ބާސިލް ރާޖަޕަކްސާ.

ނަމަވެސް މަހިންދާގެ ވެރިކަމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަނުގެ އެއްވެސް ކަމެއް ދެން އައި ސަރުކާރުން ބަލައި ސާބިތު ކުރެވިފައެއް ނުވެ އެވެ. ބާސިލްގެ މުއްސަނދިކަމާ މެދު ޝައްކުކޮށް އޭނާ އަށް އަދިވެސް ކޮރަޕްޝަނުގެ ތުހުމަތު ކުރެ އެވެ. އެމެރިކާގެ ރަށްވެހިކަން ވެސް އޮންނަ ބާސިލް އަށް އިންތިޚާބީ މަގާމަކަށް ކުރިމަތި ނުލެއްވުނީ 2015 ގައި ގާނޫނު އަސާސީ އަށް ގެނައި އިސްލާހާ ގުޅިގެން، ދެ ގައުމުގެ ރަށްވެހިކަން އޮންނަ މީހުންނަށް ވާދަނުކުރެވޭތީ އެވެ. ގޯޓާބޭގެ އިންތިޚާބުގެ އިސް ރޭވުންތެރިއަކީ ވެސް ބާސިލް އެވެ.

ބޮޑީގާޑް: ޗަމަލް

މަހިންދާގެ ވެރިކަމުގައި ލަންކާ ޕާލަމެންޓުގެ ރައީސްކަން ކުރެއްވީ އުމުރުފުޅުން 77 އަހަރުގެ ޗަމަލް ރާޖަޕަކްސާ އެވެ. ޗަމަލް ވަނީ ޝިޕިން އެންޑް އޭވިއޭޝަން މިނިސްޓަރުކަން ވެސް ކުރައްވައިފަ އެވެ. ޕާލަމެންޓަށް 1985 ވަނަ އަހަރު ވެދެވަޑައިގަތް ފަހުން ވަރަށް އިސް މަގާމުތައް އޭނާ ވަނީ ފުރުއްވައިފަ އެވެ.

ޗަމަލް ރާޖަޕަކްސާ.

ޗަމަލް ރާޖަޕަކްސާ.

ކުރިން ޕޮލިސް އޮފިސަރެއްގެ ގޮތުގައި އުޅުއްވި ޗަމަލް ވަނީ ދުނިޔޭގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ސިރީމާ ބަންޑާރަނައިކަގެ ބޮޑީގާޑަކަށް އުޅުއްވައިފަ އެވެ. ޗަމަލްގެ މައްޗަށް ތުހުމަތު ކުރާ އެއްވެސް މައްސަލައެއް ނެތެވެ. މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ވެސް ޗަމަލް ކުރިމަތިލެއްވި އެވެ. އެއީ ގޯޓާބޭ އަށް ތުހުމަތުކުރި މައްސަލަތަކުގައި އޭނާ އަށް ވާދަނުކުރެވޭ ހާލަތެއްގައި، ރާޖަޕަކްސާ އާއިލާގެ ބެކަޕަކަށެވެ. ނަމަވެސް ގޯޓާބޭ އަށް އިންތިޚާބުގައި ވާދަކުރެވޭނެކަން ޔަގީންވުމުން ޗަމަލް ވަނީ ނަން ނަންގަވައިފަ އެވެ.

ހަގު ބޭފުޅާ: ނާމަލް

ގާނޫނީ ވަކީލެއް ކަމަށްވާ އުމުރުފުޅުން 33 އަހަރުގެ ނާމަލް ރާޖަޕަކްސާ އަކީ މަހިންދާގެ އެންމެ ދޮށީ ފިރިހެން ބޭފުޅާ އެވެ. ދެހާސް ދިހަ ވަނަ އަހަރު ޕާލަމެންޓަށް ހޮވިވަޑައިގެންނެވި އިރު ބައްޕާފުޅެކޭ އެއްގޮތަށް ނާމަލްގެ އުމުރަކީ ވެސް 24 އަހަރެވެ. އޭނާ އަކީ ލަންކާގެ 225 މެންބަރުން ހިމެނޭ ޕާލަމެންޓުގެ އެންމެ ޒުވާން ބޭފުޅާ ވެސް މެ އެވެ.

ނާމަލް ރާޖަޕަކްސާ.

ނާމަލް ރާޖަޕަކްސާ.

ބައްޕާފުޅުގެ 10 އަހަރުގެ ވެރިކަމުގައި ނާމަލް އަކީ ވަރަށް ނުފޫޒްގަދަ ބޭފުޅެކެވެ. އެކަމަކު ސަރުކާރުގެ އެއްވެސް މަގާމެއް އޭނާ އޭރު އަދާ ނުކުރައްވަ އެވެ. މަހިންދާގެ ވެރިކަމުގައި މަނީ ލޯންޑަރިންނާއި ކޮރަޕްޝަނުގެ މައްސަލަތައް ހިންގި ކަމަށް ނާމަލްގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.