06 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 6) - ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ފިއްތި ނަމަވެސް ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ނުދެއްވާނެ ކަމަށާއި ސަރުކާރު އޮތީ މިހާރު އުފެދިފައިވާ މައްސަލަތަކަށް ކުރިމަތިލާން ތައްޔާރަށް ކަމަށް ސަރުކާރުގެ ޗީފް ވިޕް ޖޯންސްޓަން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯ (އެޕްރީލް 6) - ސިޔާސީ ގޮތުން ކިތަންމެ ވަރަކަށް ފިއްތި ނަމަވެސް ލަންކާގެ ރައީސް ގޯޓާބޭ ރާޖަޕަކްސާ އިސްތިއުފާ ނުދެއްވާނެ ކަމަށާއި ސަރުކާރު އޮތީ މިހާރު އުފެދިފައިވާ މައްސަލަތަކަށް ކުރިމަތިލާން ތައްޔާރަށް ކަމަށް ސަރުކާރުގެ ޗީފް ވިޕް ޖޯންސްޓަން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ޖޯންސްޓަން ވިދާޅުވީ ގޯޓާބޭ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައި ވަނީ 6.9 މިލިއަން މީހުންގެ މެންޑޭޓާ އެކު ކަމަށެވެ.
"ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި، ރައީސް ގޯޓާބޭ ރާޖަޕަކްސާ، ކޮންމެ ގޮތެއް ވިޔަސް އިސްތިއުފާއެއް ނުދެއްވާނެ،" ހައިވޭ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާ ޖޯންސްޓަން ވިދާޅުވި އެވެ.
ގައުމުގެ އިގްތިސާދީ ހާލަތު އިންތިހާ އަށް ދަށަށް ގޮސް އާއްމުންގެ ދިރިއުޅުމަށް ނޭދެވޭ އަސަރުކުރަން ފެށުމުން އެތައް ބަޔަކު ނުކުމެ ދަނީ ރައީސްގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. މުޒާހަރާތައް ހޫނުވެ އެންމެ ފަހުން ސަރުކާރުން ވަނީ ގިނަ ޕާޓީތައް އެކުލެވޭ ވެރިކަމެއް ގާއިމްކުރުމުގެ ގޮތުން ކެބިނެޓް އިސްތިއުފާ ދީފަ އެވެ. ނަމަަވެސ ސިޔާސީ ޕާޓީތަކުން ވަނީ ސަރުކާރުގައި ބައިވެރިވާން ދެކޮޅު ހަދައި ގޯޓާބޭ އިސްތިއުފާ ދެއްވަން ޑިމާންޑްކޮށްފަ އެވެ. އަދި ސަރުކާރު ކޯލިޝަނުގައި ހިމެނޭ 43 މެންބަރަކު ވަނީ ވަކިވެފަ އެވެ.
އަނެއްކޮޅުން ސަރުކާރުން ވަނީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުން ދިފާއު ވެސް ކޮށްފަ އެވެ. އެޑިއުކޭޝަން މިނިސްޓަރު ދިނޭޝް ގުނަވަރުދަނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހުނީ ރައީސް އޮފީހަށާއި ސަރުކާރުގެ ތަންތަނަށް އާއްމުން ނުކުމެ ހަމަލާ ދޭން ފެށުމުން ކަމަށެވެ. ނަމަވެސް ރައީސް ގޯޓާބޭ އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައްވައިފަ އެވެ.
ލަންކާގެ ރައީސްގެ ބާރުތައް ކުޑަކުރަން ހުށަހަޅައިފި
ގޯސްތަކެއް ހެދިއްޖެ، ހައްލުހޯދަން އެއްބާރުލުން ބޭނުންވޭ
ލަންކާ ސަރުކާރާދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަނީ
ލަންކާގެ ރައީސަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ
"އިސްތިއުފާއެއް ނުދޭނަން، އަޣުލަބިއްޔަތު ހާމަކޮށްދީ!"
ލަންކާގެ ކެބިނެޓް އިސްތިއުފާ ދީފި
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި
ކޮއްކޮ އާއި ބޭބެ ވެރިކަމުގައި: ލަންކާގެ ތާރީޚުގައި އާ ކަމެއް
ރަނިލް ދުރުކުރަން ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ
ލަންކާ ޕާލަމެންޓް އުވާލަން މަޝްވަރާކޮށްފި