11 އެޕްރީލް 2022
ކޮލަމްބޯ (އެޕްރީލް 11) - މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި ބޭނުންކުރާ އެންމެ އަސާސީ ބޭސްތައް ލަންކާ އިން ހުސްވަމުންދާ ކަމަށް އެ ގައުމުގެ ޑޮކްޓަރުންގެ ޖަމިއްޔާ އިން އިންޒާރު ދީފި އެވެ.
ކޮލަމްބޯ (އެޕްރީލް 11) - މީހުންގެ ފުރާނަ ސަލާމަތްކުރުމުގައި ބޭނުންކުރާ އެންމެ އަސާސީ ބޭސްތައް ލަންކާ އިން ހުސްވަމުންދާ ކަމަށް އެ ގައުމުގެ ޑޮކްޓަރުންގެ ޖަމިއްޔާ އިން އިންޒާރު ދީފި އެވެ.
ސްރީ ލަންކާ މެޑިކަލް އެސޯސިއޭޝަން (އެސްއެލްއެމްއޭ) އިން ބުނީ ލަންކާގެ އެއްވެސް ހޮސްޕިޓަލަކުން މިހާރު މުހިންމު ބޭސްތަކާއި މެޑިކަލް ޓޫލްތައް އިމްޕޯޓް ނުކުރެވޭ ކަމަށެވެ. ވަރަށް ގިނަ ހޮސްޕިޓަލްތަކުގައި ވަނީ ދުވަހުން ދުވަހަށް ކުރަން ޖެހޭ އޮޕަރޭޝަންތައް، މިދިޔަ މަހުން ފެށިގެން ހުއްޓާލާފައި ކަމަށާއި ސަބަބަކީ ހޮސްޕިޓަލްތަކުން އެނެސްތެޓިކްސް ގާތްގަނޑަކަށް ހުސްވެފައިވާތީ އެވެ. އެސްއެލްއެމްއޭ ބުނީ މިހާރު ކަންކަން ވަމުންދާ ގޮތުން އިމަޖެންސީ އޮޕަރޭޝަންތައް ވެސް ވަރަށް އަވަހަށް ހުއްޓާލަން ޖެހޭނެ ކަމަށެވެ.
"ވަރަށް އުނދަގޫ ގޮތަކަށް ކަންކަން ނިންމަން ޖެހިފައި ވަނީ. ފަރުވާ ދޭނީ ކާކަށްތޯ ނުވަތަ ނުދޭނީ ކާކަށްތޯ ކަނޑައަޅަން ޖެހޭ،" ރައީސް ގޯޓާބޭ ރާޖަޕަކްސާ އަށް ފޮނުވި ސިޓީއެއް ހާމަކުރުމަށް ފަހު އެސްއެލްއެމްއޭ އިން ބުނެފައިވެ އެވެ. "ހޮސްޕިޓަލްތަކަށް ވަރަށް އަވަހަށް ސަޕްލައި ނުލިބިއްޖެ ނަމަ ކޮރޯނާވައިރަހުގައި މަރުވި މީހުންނަށް ވުރެ ގިނަ މީހުން މަރުވެދާނެ."
ލަންކާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތި ހާލަތާ ގުޅިގެން ރައީސްގެ އިސްތިއުފާ އަށް ގޮވާލައި ފަށާފައިވާ މުޒާހަރާތައް މިހާރު ދަނީ ވަރުގަދަކުރަމުންނެވެ. ކޮލަމްބޯގައި ހުންނަ ރައީސްގެ ރަސްމީ ގެކޮޅު ހިމެނޭ ސަރަހައްދުގައި ބޯ ވާރޭގެ ތެރޭގައި މުޒާހަރާކުރާތާ މިހާރު ދެ ދުވަސްވެއްޖެ އެވެ.
ލަންކާ ސަރުކާރާ ދެކޮޅަށް އާއްމުން ނުކުމެ އިއްޔެ މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ
ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކުގައި ވިޔަފާރިވެރިން ވެސް ހޮނިހިރު ދުވަހު ވަނީ ބައިވެރިވެފަ އެވެ.
މުދާ އެތެރެކުރާނެ ބޭރު ފައިސާ އަށް ޖެހި ތެޔޮ އިމްޕޯޓް ނުކުރެވި ކޮންމެ ދުވަހަކު ވެސް އެތައް ގަޑިއިރަކަށް ކަރަންޓް ކަނޑަން ޖެހުމުން އާއްމުންގެ ރުޅިވެރިން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. އޭގެ އިތުރުން ތެލާއި ގޭސް، ކާބޯތަކެތި އަދި ބޭސް ލިބުން ދަތިވެ ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.
މިއީ 1948 ވަނަ އަހަރު ލަންކާ މިނިވަންވީ ފަހުން އެ ގައުމަށް ކުރިމަތިވި އިގްތިސާދީ އެންމެ ބޮޑު ތަދެވެ.
ލަންކާ ސަރުކާރުން މިހާރު ދަނީ އައިއެމްއެފް އިން ބެއިލްއައުޓް ޕެކޭޖެއް ހޯދަން މަޝްވަރާ ކުރަމުންނެވެ.
އާ ފައިނޭންސް މިނިސްޓަރު އަލީ ސަބްރީ ޕާލަމެންޓުގައި ހުކުރު ދުވަހު ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރަށް ލަންކާގެ ބެލެންސް އޮފް ޕޭމަންޓްސްގެ ސަޕޯޓަށް ތިން ބިލިއަން ޑޮލަރު އައިއެމްއެފް އިން ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. ލަންކާގެ ބޭރުގެ ދަރަނި މިހާރު ވަނީ 51 ބިލިއަން ޑޮލަރަށް އަރައިފަ އެވެ.
އިގްތިސާދީ ތަޖުރިބާކާރުން ބުނަނީ ލަންކާގެ ހާލަތު އެހާ ބޮޑަށް ދަށަށް ދިޔައީ އެތައް އަހަރެއްވަންދެން ލޯނުތައް މެނޭޖް ނުކުރެވި ހިސާބުތަކަށް ބެލުމެއް ނެތި ޓެކްސްތައް ކުޑަކުރުމުގެ ސަބަބުން ކަމަށެވެ.
ރާޖަޕަކްސާ 10ބިލިއަން އިންވެސްޓްކުރި ވާހަކަ ދޮގުކޮށްފި
ގޯސްތަކެއް ހެދިއްޖެ، ހައްލުހޯދަން އެއްބާރުލުން ބޭނުންވޭ
ގައުމުން ބޭރުގައި އުޅޭ ލަންކާ މީހުން ޑޮލަރު ފޮނުވައިދީ
މުޒާހަރާގެ ކޮންމެ މިނިޓަކީ ގެއްލޭ ޑޮލަރު: ރާޖަޕަކްސާ
ލަންކާ މައްސަލަ ހައްލުކުރަން ތިން ބިލިއަން ޑޮލަރު ބޭނުންވޭ
ލަންކާ އަޑިގަނޑަކަށް ވެއްޓުނީ ކުރީގެ ގަވަރުނަރާ ހެދި
ލަންކާގެ ބާރުގަދަ ރާޖަޕަކްސާ އާއިލާ ހޫނުފެނުގައި
ލަންކާއަށް ފޭކް ބޭސް ގަތް ވަޒީރު ހައްޔަރުކޮށްފި
ބޭނުމީ އަބަދު ބަދަލުނުވާނެ ގައުމީ ސިޔާސަތެއް: ރަނިލް
ލަންކާގެ އިންފްލޭޝަން 70 ޕަސެންޓަށް