04 އެޕްރީލް 2022
ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، އެ ސަރަހައްދުގެ މަގުތަކުން މިހާތަނަށް އާންމުންގެ 400 އަށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެފި އެވެ.
ޔޫކްރޭންގެ ވެރިރަށް ކިޔޭވްގެ ވަށައިގެންވާ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔައިރު، އެ ސަރަހައްދުގެ މަގުތަކުން މިހާތަނަށް އާންމުންގެ 400 އަށް ވުރެ ގިނަ ހަށިގަނޑު ފެނިފައިވާ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެފި އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭންގެ ވެރިރަށް ކިޔޭވް ހިފުމަށް ކުރި މަސައްކަތް، ޔޫކްރޭން ސިފައިންގެ ރައްދު ހަމަލާތަކުގެ ސަބަބުން ނާކާމިޔާބުވެ، ކިޔޭވްގެ ރަށްބޭރުން ހިފި ސަރަހައްދުތައް ދޫކޮށް، ރަޝިޔާ ސިފައިން މިހާރު ވަނީ ފަހަތަށް ޖެހިފަ އެވެ. އިރުމަތީ ސަރަހައްދުން ކިޔޭވް ހިފުމަށް ހަމަލާ ދިން ރަޝިޔާ ސިފައިން، ބޮޑެތި ގެއްލުންތަކަކާ އެކު އެނބުރި ދިޔައީ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދުން އަމިއްލަ އަށް މިނިވަންކަން އިއުލާންކޮށް، ރަޝިޔާ އިން އެކަން ބަލައިގެންފައިވާ ލުހާންސްކް ޖުމްހޫރިއްޔާ އާއި ޑޮނެޓްސްކް ޖުމްހޫރިއްޔާ ހިމެނޭ ދޮންބާސް ސަރަހައްދަށެވެ.
ހުޅަނގުއުތުރު ފަޅިން ކިޔޭވް ހިފުމަށް މަސައްކަތް ކުރި ރަޝިޔާ ސިފައިން، ބޮޑެތި ގެއްލުންތަކެއް ލިބި ކުރިއެރޭނެ ގޮތެއް ނުވުމުން، އެނބުރި ދިޔައީ ޔޫކްރޭންގެ އުތުރުން އޮތް ބެލަރޫސްގެ ތެރެއަށެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި ކިޔޭވްގެ ރަށްބޭރުގައިވާ ސަރަހައްދުތަކުން ރަޝިޔާ ސިފައިން ފައިބައިގެން ދިޔަ ނަމަވެސް، އެ ސަރަހައްދުގައި ގިނަ އަދަދެއްގެ މައިން ހަރުކޮށްފައި ހުރުމުން، އާންމުން އެނބުރި އައުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އޭގެ އިތުރުން އަސްކަރީ ދަންތުރަތައް ޖަހާފައި ހުރުމުން، އަސްކަރީ ތަޖުރިބާކާރުން އެ ސަރަހައްދުތައް ބަލައި ފާސްކޮށް، ހުރިހާ ނުރައްކާތަކެއް ނައްތައިލުމަށް ފަހުގައި ނޫނީ، އާންމުންނަށް ނުވަދެވޭނެ ކަމަށް ޔޫކްރޭން ސަރުކާރުން ބުނެ އެވެ.
ކިޔޭވްގެ ހުޅަނގުއުތުރުގައި އޮންނަ ބޫޗާ އިން ރަޝިޔާ ސިފައިން ފައިބައިގެން ދިޔުމުން، އެ ސަހަރަށް ވަން ބޭރުގެ ނޫސްވެރިން ބުނާ ގޮތުގައި، ގިނަ އަދަދެއްގެ އާންމުންގެ ހަށިގަނޑުތައް ބޮޑެތި ވަޅުގަނޑުތަކަށް އަޅާފައި އެބަހުއްޓެވެ. އެ ވަޅުގަނޑުތަކުގައި ބައެއް މީހުންގެ ހަށިގަނޑުތައް ހުރީ އެއްބައި ވަޅުލެވިފައި ކަމަށްވާތީ، އެ ވަޅުތަކަށް އަޅާފައި ހުރީ ކިތައް ހަށިގަނޑުކަން ޔަގީން ނުވާ ކަމަށް ވެސް ނޫސްވެރިން ބުނެ އެވެ.
ޔޫކްރޭން ސަރުކާރުން ބުނި ގޮތުގައި، ކިޔޭވްގެ ރަށްބޭރުން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ ސަރަހައްދުތަކުން، އެންމެ ބޮޑެތި ގެއްލުންތަކެއް ލިބުނީ، ކިޔޭވްގެ ހުޅަނގު އުތުރުގައި އޮންނަ ބޫޗާއަށާއި އިރްޕިންގެ އިތުރުން ހޮސްޓޮލެމް އަށެވެ. މި ހުރިހާ ސަރަހައްދުތަކަކީ ވެސް، ކިޔޭވް ހިފުމަށް ބެލަރޫސްގެ ތެރެއިން ޔޫކްރޭނަށް ވަން ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް ގެންދިޔަ އަވަށްތަކެވެ.
ޔޫކްރޭންގެ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރަނީ
ހުޅަނގުގެ ޚާއްސަ ސިފައިން ޔޫކްރޭންގައި ހަނގުރާމަކުރަނީ
ޔޫކްރޭނަށް އެފް-16ގެ ބޯޓެއް ނުދޭނަން: ބައިޑެން
ރަޝިޔާގެ ވަރުގަދަ ހަމަލާތަކުން ޔޫކްރޭން ގުޑުވާލައިފި
އެމެރިކާ އިން ޔޫކްރޭނަށް 3 ބިލިއަން ޑޮލަރުގެ ހަތިޔާރު
އީރާނުން ރަޝިޔާ އަށް އަސްކަރީ ޑްރޯން ވިއްކަނީ
މުޅި ދުނިޔޭގައިވެސް އިންފްލޭޝަން ދަނީ މައްޗަށް
ޕުޓިންގެ އިންޒާރެއް، މިސައިލް ދޭ ނަމަ ހަމަލަދޭނެ
ކޮންމެ ދުވަހަކު ޔޫކްރޭނުން 100 ސިފައިން މަރުވޭ
އެމެރިކާ އިން ޔޫކްރޭނަށް ދުރު ރާސްތާ މިސައިލް ފޮނުވަނީ