Roadha Mihaaru
ޓެރަރިސްޓުން ފުހެލާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ޓެރަރިސްޓުން ދުނިޔެ އިން ފުހެލާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

22 ޑިސެމްބަރ 2016

ފްލޮރިޑާ (ޑިސެމްބަރު 22) - ދުނިޔޭގެ ބިމުން ޓެރަރިސްޓުން ފުހެލާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ފްލޮރިޑާ (ޑިސެމްބަރު 22) - ދުނިޔޭގެ ބިމުން ޓެރަރިސްޓުން ފުހެލާނެ ކަމަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ތުރުކީގައި ރަޝިޔާ ސަފީރު ހަވަހާރަކޮށްލި ހާދިސާ އާއި ޖަރުމަނުގައި ކްރިސްމަސް މާރުކޭޓަކަށް ދިން ހަމަލާ އަށް ފަހު ޓްރަމްޕް ވިދާޅުވީ ޓެރަރިސްޓް ނެޓްވޯކްތައް ނައްތާލުމަކީ އެންމެ އިސްކަން ދޭނެ ތަންތައް ކަމަށެވެ.

މާރުކޭޓުގައި ލޮރީއަކުން ޖައްސާ 12 މީހުން މަރާލި ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް ޖަރުމަން ފުލުހުން ވަނީ ބުނެފަ އެވެ. މި ބާވަތުގެ ހަމަލާއެއް ޖުލައި މަހު ވަނީ ފްރާންސްގެ ނީސްގައި ދީ 86 މީހުން މަރާލައިފަ އެވެ.

އަންކާރާގައި ރަޝިޔާ ސަފީރުގެ ގަޔަށް ބަޑިޖަހާ މަރާލި ފުލުހުންގެ މީހަކީ ވެސް ހަރުކަށި ހިޔާލުގެ މީހެއް ކަމަށްވެ އެވެ. ސަފީރަށް އޭނާ ހަމަލާ ދިނީ ސީރިއާގެ ހަމަލާތަކުގައި ރަޝިޔާ ބައިވެރިވަމުންދާތީ ކަމަށް ބެލެވެ އެވެ. ހަމަ އެ ދުވަހު ވަނީ ސްވިޒަލެންޑުގެ މިސްކިތަކަށް ބަޑިން ހަމަލާދީ ތިން މީހުން ޒަހަމްކޮށްލައިފަ އެވެ.

"އައިއެސް ފަދަ ޖަމާއަތްތަކުން ތަކުރާރުކޮށް ދަނީ ކްރިސްޓިއަނުން މަރާ އެ މީހުން އަޅުކަންކުރާ ތަންތަނަށް ހަމަލާ ދެމުން. ޓެރަރިސްޓުންގެ މި ނެޓްވޯކްތައް މިނިވަންކަމަށް ލޯބިކުރާ މީހުންގެ އެއްބާރުލުމާ އެކު ދުނިޔެ މަތިން ފުހެލާނަން،" ފްލޮރިޑާގައި މިހާރު ޗުއްޓީ ހޭދަކުރައްވަމުން ގެންދާ ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

"މިއަދު އެވަނީ ތުރުކީ، ޖަރުމަން އަދި ސްވިޒަލެންޑުގައި ޓެރަރިސްޓް ހަމަލާދީފައި. އެކަން މިދަނީ ހައްތަހާ ގޯސްވަމުން. މިއީ ތަހުޒީބު މުޖަމައުން ފިޔަވަޅު އަޅަން ޖެހޭ ކަމެއް،" ޓްރަމްޕް ޓްވީޓް ކުރައްވާފައިވެ އެވެ.