Roadha Mihaaru
ސައިބާކްރައިމް ލީޑަރެއް ކަމަށް ބެލެވޭ ކުއްޖަކު ހައްޔަރު

ސައިބާ ކްރައިމް ގޭންގެއްގެ ލީޑަރެއް ކަމަށް ބެލެވޭ 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި

30 މާޗް 2022

ސައިބާ ކްރައިމް ގޭންގެއް ކަމަށްވާ ލަޕްސަސްގެ ލީޑަރު ކަމަށް ބެލެވޭ 16 އަހަރުގެ ކުޑަކުއްޖަކު އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ހައްޔަރުކޮށްފި އެވެ.

ސައިބާ ކްރައިމް ގޭންގެއް ކަމަށްވާ ލަޕްސަސްގެ ލީޑަރު ކަމަށް ބެލެވޭ 16 އަހަރުގެ ކުޑަކުއްޖަކު އިނގިރޭސިވިލާތުގެ އޮކްސްފޯޑުން ހައްޔަރުކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އެ ކުއްޖާ ވަނީ އެކި ތަންތަން ހެކުކޮށްގެން 14 މިލިއަނަށް ވުރެ ގިނަ ޑޮލަރު ފޭރިގަނެފަ އެވެ.

ލަންޑަންގެ ފުލުހުން ބުނި ގޮތުގައި، ސައިބާ ކްރައިމް ގޭންގަކަށް ނިސްބަތްވާ 16-21 އަހަރުގެ ހަތް ކުއްޖަކު މިދިޔަ ހަފުތާގައި ހައްޔަރުކޮށްފައިވެ އެވެ. އެކަމަކު އެ ކުދިންގެ ތެރޭގައި އެ ބުނާ ލީޑަރަކު ހިމެނޭ ކަމަކަށް ނުބުނެ އެވެ.

އެ ކުއްޖާގެ ބައްޕައާ ހަވާލާދީ ބީބީސީން ބުނީ ސައިބާ ކްރައިމްގެ ކަންކަމުގައި އެ ކުއްޖާ އުޅޭތީ އާއިލާއިން ވަރަށް ކަންބޮޑުވާ ކަމަށާއި އެ ކުއްޖާ ކޮމްޕިއުޓަރާ ދުރުކުރަން ވަރަށް މަސައްކަތް ކުރި ކަމަށެވެ.

އޯޓިޒަމް ހުންނަ އެ ކުއްޖާ އަކީ ލަޕްސަސް ގޭންގުގެ ލީޑަރު ކަމަށާއި އޭނާގެ ގޭންގުން އެ މަސައްކަތް ކުރާ ކަމަށް އާންމުންނަށް ގަބޫލުކުރާވާފައި އޮންނަނީ ދެކުނު އެމެރިކާ އިން ކަމަށެވެ.

ލަޕްސަސް އަކީ ސައިބާ ކްރައިމްގައި އަދި ވަރަށް އާ ބައެކެވެ. އެކަމަކު ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެމީހުންގެ ވަރަށް ބޮޑަށް ކުރިއަށް ޖައްސާލައި، މައިކްރޮސޮފްޓް ކަހަލަ ބޮޑެތި ކުންފުނިތައް ބްރީޗުކޮށްފައިވެ އެވެ.

އެ ކުއްޖާގެ ނަން ރިޕޯޓްކުރަން ގާނޫނީ ގޮތުން ހުއްދަ ނުވިޔަވެސް، ބީބީސީން ބުނީ އެއީ އޮކްސްފޯޑްގައި ސްޕިޝަލް އެޑިއުކޭޝަން ދޭ ސްކޫލަށް ދާ ކުއްޖެކެވެ.