05 ނޮވެމްބަރ 2021
މި އަހަރުގެ މެދު ތެރޭގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ މެޗްގައި އިނގިރޭސި ޓީމްގައި ހިމެނުނު ކަޅު ނަސްލުގެ ތިން ކުޅުންތެރިއަކަށް އޮންލައިންކޮށް ނަސްލީ ގޮތުން ފުރައްސާރަކުރި އިނގިރޭސިވިލާތުގެ މީހަކު 10 ހަފުތާއަށް ޖަލަށްލާން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
މި އަހަރުގެ މެދު ތެރޭގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގެ މެޗްގައި އިނގިރޭސި ޓީމްގައި ހިމެނުނު ކަޅު ނަސްލުގެ ތިން ކުޅުންތެރިއަކަށް އޮންލައިންކޮށް ނަސްލީ ގޮތުން ފުރައްސާރަކުރި އިނގިރޭސިވިލާތުގެ މީހަކު 10 ހަފުތާއަށް ޖަލަށްލާން ބުދަ ދުވަހު ހުކުމްކޮށްފި އެވެ.
ބީބީސީން ބުނި ގޮތުގައި ޖުލައި މަހުގެ 11 ގައި އޮތް މުބާރާތުގެ ފައިނަލް މެޗް، އަމިއްލަ ފޭސްބުކް ޕޭޖުން ލައިވް-ސްޓްރީމްކޮށް އިނގިރޭސީ ޓީމްގައި ހިމެނުނު މާކަސް ރަޝްފޯޑާއި ޖާޑަން ސަންޗޯގެ އިތުރުން ބުކާޔާ ސާކާ އަށް ނަސްލީ ގޮތުން ފުރައްސާރަ ކޮށްގެން ވިލެޒްޑެން މެޖިސްޓްރޭޓް ކޯޓުން ޖަލު ހުކުމެއް އިއްވީ ފޯކްލިފްޓް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށްވާ ޖޮނަތަން ބެސްޓް، 52، އެވެ.
އެ ތިން ކުޅުންތެރިންނަށް ލިބުނު ޕެނަލްޓީ އަމާޒަށް ފޮނުވާ ނުލެވުމުން އެ މީހުންގެ ސިފަ އަށް ފާޑުކިޔައި، ހުތުރު އެއްޗެހި ވެސް ގޮވާ މަންޒަރު ފެންނަ 18 ސިކުންތުގެ ވީޑިއޯއެއް އޭނާ ޕޯސްޓްކުރި އެވެ.
މި މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރީ ވީޑިއޯ ފޭސްބުކުން ނެގުމަށް ގާތް މީހަކު ވެސް އެދުމުން އެކަމާ އިންކާރު ކުރުމުން ފުލުހުން ވެސް މެދުވެރިކޮށް ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) ގެ ފަރާތުންނެވެ.
ޖޮނަތަންގެ ވީޑިއޯ ފޭސްބުކުން ނެގީ އެ އަޕްލޯޑް ކުރިތާ ތިން ދުވަސް ފަހުންނެވެ.
އޭނާ އަށް އައި ހުކުމާ ގުޅިގެން ސީޕީއެސްގެ ފަރާތުން ވާހަކަ ދެއްކެވި އެލައިނީ ކަޒިންސް ވިދާޅުވީ ޔޫރޯ މުބާރާތުގެ ފައިނަލް މެޗްގައި އިނގިރޭސި ޓީމު ދެއްކި ހިތްވަރަށް ގައުމުގެ މެޖޯރިޓީ ހިތްހަމަޖެހޭ ކަމަށެވެ. އެކަމަކު ވަކި ފަރުދަކު ޓީމްގައި ހިމެނޭ ކުޅުންތެރިންތަކަކާ ނަސްލީ ގޮތުން ދިމާކޮށް، އެ މީހުންނަށް ހަޑިހުތުރު އެއްޗެހި ސޯޝަލް މީޑިއާގައި ގޮވުމަކީ ސަޕޯޓަރެއްގެ ފަރާތުން ފެނިގެން ވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ.
⚖️ A football fan who livestreamed himself on Facebook racially abusing three England players after the Euro 2020 final has been jailed.
— CPS (@CPSUK) November 3, 2021
Read more ➡️ https://t.co/o9DcPozWrv pic.twitter.com/wuADhyRHI3
"އެކަމާ ގުޅިގެން އެ ވީޑިއޯ ނަގަން އެދުނީމަ ތިމަންނަގެ އަމިއްލަ ޕްރޮފައިލް ޕޭޖަށް ލާނީ ތިމާ ބޭނުން އެއްޗެއް ކަމަށް ބުނެ ގަދަ ކަން ދެއްކުމަކީ ތިމާގެ މޮޅު ކަމެއް ނޫން،" އެލައިނީ ވިދާޅުވި އެވެ. "ވަރަށް އުފާކުރަން މިކަމާ ގުޅިގެން ގިނަ ބައެއްގެ ފަރާތުން ލިބުނު ސަޕޯޓަށްޓަކައި. މިކަމުން ދޭހަކޮށް ދެނީ ގައުމީ ރޫހުގައި ކުރެވޭ ކަންކަމުގައި އެންމެން އެއްވަރަކަށް ހިއްސާވުމުގެ މުހިއްމުކަން. ފުރައްސާރަ ކުރުމާއި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ކަހަލަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންް."
ޖޫން 11 އިން ޖުލައި 11 އަށް ބޭއްވި ޔޫރޯ މުބާރާތުގައި އިޓަލީ އަތުން އިނގިރޭސީން ބަލިވީ ޕެނަލްޓީން 3-2 އިންނެވެ.
ޔުނައިޓެޑުގެ އާ ސްޓޭޑިއަމުން ނުވަ ބިލިއަން ޑޮލަރު
ސައިބާކްރައިމް ލީޑަރެއް ކަމަށް ބެލެވޭ ކުއްޖަކު ހައްޔަރު
މެންޗެސްޓާގެ ތަރިއަކަށް ވަގުންތަކެއް ހަމަލާ ދީފި
ޓްރަމްޕްގެ ކުރީގެ ވަކީލު އިނގިރޭސި ކްލަބެއް ގަންނަނީ
ޔޫކޭއަށް ދަތުރުކުރުމުގެ ކުރިން އިތުރު ހުއްދަ ނަގަންޖެހޭ
ޔަމާލްގެ ބައްޕަ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ސައުތުގޭޓަކީ އިންގްލެންޑަށް އެންމެ ރަނގަޅު ކޯޗު: ކޭން
ދަނޑުގެ މާރާމާރިއާ ގުޅިގެން އިތުރު މީހަކު ހައްޔަރު