Roadha Mihaaru

މަރުގެ ކުށް 60 އަހަރު ފަހުން ސާބިތުވި އިރު އުމުރުން 92 އަހަރު

އިނގިރޭސި ވިލާތުގައި މީގެ 60 އަހަރު ކުރިން މީހަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުވި، މިހާރު އުމުރުން 92 އަހަރުގެ މީހެއްގެ މައްޗަށް އިއްޔެ ކުށް ސާބިތުވެއްޖެ އެވެ.

މަރުގެ ކުށް 60 އަހަރުން ސާބިތުވި އިރު އުމުރު 92

އިނގިރޭސި ވިލާތުގައި މީގެ 60 އަހަރު ކުރިން މީހަކު ރޭޕްކޮށް މަރާލި ކަމުގެ ތުހުމަތުވި، މިހާރު އުމުރުން 92 އަހަރުގެ މީހެއްގެ މައްޗަށް އިއްޔެ ކުށް ސާބިތުވެއްޖެ އެވެ.

ރައިލަންޑް ހެޑްލީގެ މައްޗަށް ސާބިތުވީ ޖޫން 1967 ގައި، ގެޔަކަށް ވަދެ، އުމުރުން އުމުރުން 75 އަހަރުގެ އަންހެނެއް ކަމަށްވާ ލޫއިސާ ޑަން ރޭޕްކޮށްލި މަރާލި ކަމުގެ ކުށެވެ. އޭނާ މި އަމަލު ހިންގި އިރު އުމުރުން 34 އަހަރެވެ.

ޖިނާއީ ދައުވާތައް އުފުލުމުގެ ޒިންމާ އޮންނަ ކްރައުން ޕްރޮސެކިއުޝަން ސާވިސް (ސީޕީއެސް) އިން ބުނީ މިއީ އިނގިރޭސިވިލާތުގައި މިހާތަނަށް ހައްލުކުރެވުނު މިފަދަ އަނިޔާވެރި އެއް މައްސަލަ ކަމަށެވެ.

މި މައްސަލަ ވަކި ހިސާބަކުން ހެކި ނެތިގެން ހުއްޓިފައި އޮތުމަށް ފަހު އަލުން ބަލަން ފެށީ 2023 ވަނަ އަހަރު ލިބުނު ހެކިތަކާ އެކުގަ އެވެ. އެއީ މަރުވި މީހާގެ ސްކާޓުން ޑީއެންއޭ އާއި ތަހުގީގުގެ ފުރަތަމަ މަރުހަލާގައި ލިބިފައި ހުރި އެހެން ބައެއް ހެކިތައް ހެޑްލީއާ ގުޅުވާލެވުމުންނެވެ. އޭނާ އަކީ 1977 ވަނަ އަހަރު، އުމުރުން ދުވަސްވީ ދެ އަންހެނަކު ރޭޕް ކުރި ކަމުގެ ކުށުގައި ވެސް ޖަލަށް ލާފައިވާ މީހެކެވެ.

އޭނާއަށް މިއަދު އަދަބު ކަނޑައަޅާނެ އެވެ.

މި މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާގައި، މަރުވެފައި އޮތް މީހާ ފެނުނު ތަނުން މީހެއްގެ އަތްތިލައިގެ ނިޝާން ފެނިފައިވެ އެވެ. އެ ނިޝާން 19،000 މީހެއްގެ އަތްތިލައާ އަޅާކިޔުމުން ވެސް ދިމާވާ މީހަކު ނުފެނުނެވެ.

އޭރު އަތްތިލައިގެ ނިޝާން ނެގީ ހެޑްލީ އޭރު މަސައްކަތްކުރި ރެއިލްވޭ ހިމެނޭ ސަރަހައްދުގެ މީހުންގެ އެވެ. އެކަމަކު ހެޑްލީއާ ދިމައެއް ނުވެ އެވެ.

ހެކި ލިބޭ ގޮތް ނުވުމުން ފުލުހުން މައްސަލަ ފައިލްކޮށް އޭރު ލިބިފައި ހުރި ފޮރެންސިކް އަދި ޑީއެންއޭ ސާމްޕަލްތައް ރައްކާކުރީ އެވެ. ހެޑްލީއާ އެ އަތުގެ ނިޝާނާއި ޑީއެންއޭ ދިމާވީ އެ ސާމްޕަލްތައް ރައްކާކޮށްފައި ހުންނަތާ ބައި ގަރުނު ފަހުންނެވެ.

ފުލުހުން ދަނީ ހެޑްލީގެ މިފަދަ އަނިޔާވެރި އެހެން އަމަލުތައް ވެސް ނޭނގި ހުރެދާނެ ކަމަށް ބަލައި ތަހުގީގު ފުޅާކުރަމުންނެވެ. -- އޭއެފްޕީ