18 މާޗް 2024
"ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
"ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ"ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.
އެ މަނިކުފާނު އުފެއްދެވި އާ އިދާރާއަކީ ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދި ތަނެކެވެ.
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމް ކުރީ، ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައިވާ ގޮތުން ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވުމަށެވެ.
އަދި ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށާއި ސައިބާ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި އަމަލު ކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަކީ ވެސް މި އެޖެންސީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ސައިބާ ދިފާއީ ގާބިލްކަން އިތުރު ކުރުމަށް އެހީތެރިވުމާއި ސައިބާ ސެކިއުރިޓީގެ ދާއިރާ އިން ރާއްޖޭގެ ގާބިލްކަން އިތުރު ކުރަން ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ގައުމީ ފެންވަރުގައި މަސައްކަތް ކުރުމަކީ ވެސް އާ އެޖެންސީގެ ދައުރެކެވެ.
I thank the President HE @MMuizzu for recognizing the need and establishing a dedicated agency responsible for National Cybersecurity. The scope is well understood and I will ensure that the Agency starts working on its dedicated mission ASAP. pic.twitter.com/ahppb7BpSl
— Minister of Homeland Security & Technology (@min_mohst) March 18, 2024
ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ރައީސް އުފެއްދެވިއިރު، ސައިބާ ސެކިއުރިޓީއާ ގުޅޭ މައްސަލަތައް މިހާރު ވަނީ އިތުރުވެފަ އެވެ. މިފަހުން ދައުލަތުގެ ބައެއް އިދާރާތަކުގެ ވެބްސައިޓްތަކާއި ސޯޝަލް މީޑިއާ ޕޭޖްތައް ވެސް ހެކްކޮށްފައިވެ އެވެ.
ރައީސް އޮފީހުގެ ވެބްސައިޓަށް ވެސް މިފަހުން ސައިބާ އެޓޭކްތަކެއް ދީފައިވެ އެވެ.
ސައިބާ ކްރައިމް ކުށަކަށް ހެދުމުގެ ބިލް ފާސްކޮށްފި
ރިހެބިލިޓޭޝަން މުއްދަތު ހުކުމުން އުނިކުރަން ނިންމައިފި
"ޖަލުން ކުރާ ސްކޭމް ކޯލްތަކުގެ އަދަދު މަދުކުރެވިއްޖެ"
އިމިގްރޭޝަންގެ ނަމުގައި އޮޅުވާލައިގެން ގުޅަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
މުއްސަނދިވުމުން އުމުރަށް ޖަލަށް، ބޮޑުންނަށް މާފެއްނެތް
ގޭންގުތަކާއި މީހުންގެ ނަންތައް އާއްމުކުރާނަން: އިހުސާން
ގަދަބަސް ވިދާޅުވަނީއެއް ނޫން، ގަޓު ހުރި މިނިސްޓަރެއް!
މައުލޫމާތު ނުލިބި ފެއިލްވިގޮތް ތަހުގީގުކުރާނެ: އިހުސާން
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!