24 މާޗް 2022
ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމަށް ތައްޔާރުވެ، އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއަކަށް 10،000ރ. ނަގަން ބާ ކައުންސިލުން ނިންމައިފި އެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އެގްޒާމަށް ތައްޔާރުވެ، އެ އިމްތިހާނުގައި ބައިވެރިވާ ކޮންމެ މީހެއްގެ އަތުން ފީއަކަށް 10،000ރ. ނަގަން ބާ ކައުންސިލުން ނިންމައިފި އެވެ.
ވަގުތީ ލައިސަންސްގައި މަސައްކަތްކުރާ ވަކީލުންނަށާއި ލޯޔަރުކަން ކިޔަވާ ކުދިންނަށް، ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ފޮނުއްވި ލިޔުމުގައި ވިދާޅުވީ އިމްތިހާނުގައި ބައިވެރިވުމުގެ އަގު ކަނޑައެޅުމުގައި ގިނަ ކަންކަމަށް ރިއާޔަތްކުރި ކަމަށެވެ. އެގޮތުން، އެ އިމްތިހާނުގެ ސްޓްރަކްޗާ ހެދުމަށް ބޮޑު ހަރަދެއް ހިނގުމާއި އެހެން ގައުމުތަކުގައި ވެސް ބާ އިމްތިހާނު ދޭއިރު ނަގާ އަދަދަށް ބަލައި، ފީ ހަމަޖެއްސީ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުރަތަމަ ބާ އެގްޒާމްގައި ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދަށް ބަލައި، އިމްތިހާނަށް ކޮންމެ ބޮލަކަށް ޖެހެނީ 20،000ރ. ކަމަށް، އެ ވަކީލުންނަށް މައުލޫމާތު ދިނުމަށް މައިކްރޮސޮފްޓް ޓީމްސްގައި ހިންގާ ބާ ކައުންސިލްގެ ޗެނަލްގައި ލިޔުއްވި ޕޯސްޓުގައި މައުމޫން ވިދާޅުވި އެވެ. އެކަމަކު، ބާ ކައުންސިލުން ވަނީ އެ ފީގެ ދެބައިކުޅަ އެއްބައިގެ ހަރަދު ހިފަން ނިންމައިފަ އެވެ. އެހެންވެ، އެ އިމްތިހާނުގެ ބައިވެރިންގެ އަތުން ދައްކަން ޖެހޭނީ 10،000ރ. އެވެ.
އެ އިމްތިހާނު އޮންނާނެ ސީދާ ދުވަހެއް އަދި ކަނޑައެއްނާޅަ އެވެ. ބާ ކައުންސިލުން މަސައްކަތްކުރަނީ މެއި-ޖޫންގައި އިމްތިހާނު ބާއްވާށެވެ.
މީގެ ދެ އަހަރުކުރިން އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ބާ އިމްތިހާން ފުރިހަމަކުރުމުން ނޫނީ ގާނޫނީ ވަކީލު ކަމުގެ ހުއްދައެއް ނުލިބެ އެވެ. ނަމަވެސް އިމްތިހާނަށް ގިނަ ދުވަސްތަކެއް ވަމުންދާތީ ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ.
އެހެންވެ، އޭރު 250 އަށްވުރެ ގިނަ ވަކީލުން ތަމްރީނެއް ފުރިހަމަކުރުމުން ވަކީލުކަމުގެ ވަގުތީ ލައިސަންސެއް ދީފައިވެ އެވެ.
އިމްތިހާނުގެ ފީއާ މެދު ގިނަ ވަކީލުންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބާ ކައުންސިލްގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް، 400 މެމްބަރުން ތިބޭ ގްރޫޕެއްގައި ކަންބޮޑުވުން ފާޅުކުރި ލޯޔަރަކު ބުނީ އޮންލައިންކޮށް ހުވާކޮށްގެން ވަގުތީ ސެޓްފިކެޓެއް ދިނީ 1000ރ.ގެ ފީއެއް ނަގައިގެން ކަމަށެވެ. އަނެއްކާ ބާ އެގްޒާމަށް 10،000ރ. ނަގަން ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.
"މިއީ ކޮން މަގުސަދެއްގައި ހަދައިގެން އުޅޭ ގާނޫނެއްތޯ ސުވާލު އުފެދޭ،" އޭނާ ބުންޏެވެ.
އެހެން ވަކީލަކު ބުނީ ބާ އެގްޒާމަށް ވެސް ފީއެއް ނަގާނެ ކަން އިނގޭ ކަމަށެވެ. އެކަމަކު ވަގުތީ ޓެސްޓަށް 1،000ރ. ނެގުމުން، ބާ އެގްޒާމަށް 10،000ރ. ނަގާނެ ކަމަކަށް އެއްވެސް ވަރަކަށް އުއްމީދު ނުކުރާ ކަމަށް، ކަންބޮޑުވުން ފާޅުކޮށް "މިހާރު" އަށް ވާހަކަދެއްކި ވަަކީލު ބުންޏެވެ.
"ވަޒީފާ އާއި ލިބޭ އާމްދަނީ އަށް ބަލާއިރު ތިން މަހެއްހާ ދުވަސް ތެރޭގައި އިމްތިހާނަށް ދައްކަންޖެހޭ 10،000 ދައްކާނެ ހަމަ އެއްވެސް ގޮތެއް ނެތް."
މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް މައުމޫން އަށް ގުޅުމުން އަދި ޖަވާބެއް ނުދެއްވަ އެވެ.
"ވަކީލުކަމުގެ ހުއްދަ އަތުލާ އިސްލާހަކީ ނުރައްކަލެއް"
ބާ ކައުންސިލް ބާވެއްޖެ، ޝައުގެއް ނެތް!
ބާ ކައުންސިލްގެ އިންތިޚާބު ޖޫން މަހު ބާއްވަނީ
ޝަރީއާ ދަރިވަރުންނަށް ވަކީލުކަމުގެ ހުއްދަދޭން ނިންމައިފި
ވަކާލާތުކުރަން ހުއްދަ ނުދެނީ ގާނޫނީ ޑިގްރީއަށް ނުވާތީ
ޝިޔާމް ތަޅުމުން ނެރުނު ގޮތާ މެދު ލަފައަކަށް އެދިއްޖެ
ދާއިމީ ސަބް ކޮމެޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި
ބާ ކައުންސިލަށް ބަޖެޓު ނުލިބޭތީ މައުމޫންގެ ކަންބޮޑުވުން
ބާ ކައުންސިލްގެ ސަބް ކޮމިޓީތައް އެކުލަވައިލަނީ
ޖޭއެސްސީއަށް ވަކީލަކު ހޮވުމުގެ އިންތިހާބަށް އީސީގެ އެހީ