Roadha Mihaaru
ދާއިމީ ސަބް ކޮމެޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމެެޓީތަކަށް ކުރިމަތިލާން ހުޅުވާލައިފި

30 ޖެނުއަރީ 2020

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ބާ ކައުންސިލްގެ ދާއިމީ ސަބް ކޮމެޓީތަކުގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ އިތުރުން ދާއިމީ ސަބް ކޮމެޓީތަކެއް ވެސް އޮންނަން ޖެހެ އެވެ. އެއީ ލައިސަންސިން ކޮމެޓީ އާއި އެތިކްސް ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީގެ އިތުރުން ގާނޫނީ ތައުލީމު ކޮމެޓީ އަދި ލޯ ރިފޯމް އެންޑް ރިސާޗް ކޮމެޓީ އެވެ.

ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ފަސް ކޮމެޓީން ކުރެ ކޮންމެ ކޮމެޓީއަކަށް ތިން މެމްބަރުން ބޭނުންވާ ކަމަށާއި އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ.

ސަބް ކޮމެޓީތަކުގެ މެމްބަރުންގެ ޝަރުތަކީ ވަކީލުކަމުގެ ހުއްދަ އޮތުމާ އެކު އެ ދާއިރާގައި މަދުވެގެން ފަސް އަހަރުގެ ތަޖްރިބާ ހުރުމާއި އެ މީހެއްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ މައްސަލައެއް ބާ ކައުންސިލަށް ނުވަތަ ކޯޓެއްގައި ސާބިތުވެފައި ނެތުމެވެ.

ސަބް ކޮމެޓީތަކަށް މެމްބަރުން އައްޔަން ކުރާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީންނެވެ. އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރުންނާއި ބަންޑާރަ ނައިބެވެ.