24 މާޗް 2022
ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ މުހިންމު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕް) އަށް އަނިޔާވުމުގެ ސަބަބުން މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް އޭނާ ބުނެފި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ އެންމެ މުހިންމު ފޯވާޑް ހަމްޒާ މުހައްމަދު (ހަމްޕް) އަށް އަނިޔާވުމުގެ ސަބަބުން މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުޅެވޭނެ ކަމަށް އޭނާ ބުނެފި އެވެ.
ހަމްޕުގެ އުކުޅުވަޅަށް އަނިޔާވީ، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދިވެހި ޕްރިމިއަ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ވެލެންސިއާ އަށް ދެކޮޅަށް މާޒިޔާ ކުޅުނު މެޗުގަ އެވެ. އެ މެޗުގެ ދެވަނަ ހާފުގައި ލިބުނު އަނިޔާއާ ގުޅިގެން ހަމްޕް ބަދަލުކުރި އެވެ.
މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ މެޗާ ގުޅޭގޮތުން ބާއްވި ޕްރީ މެޗު ޕްރެސްގައި އިއްޔެ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނީ ޓީމުގެ ހަ ކުޅުންތެރިޔަކަށް އަނިޔާގެ ކުދިކުދި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. ކުޅެވޭނެ ކުޅުންތެރިން ދެނެގަނެވޭނީ ފަހު ޕްރެކްޓިސް އަށް ފަހު ކަމަށް ވެސް ކޯޗު ބުންޏެވެ. މެޗުގެ ކުރިން ގައުމީ ޓީމުގެ ފަހު ޕްރެކްޓިސް ބޭއްވީ ރޭގަ އެވެ.
ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑާ ހަމްޕު ހަވާލުވަނީ: އޭނާ ނެތި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ޖެހުމަކީ ރާއްޖެ އަށް ކުރިމަތިވާނެ ބޮޑު މައްސަލައެއް. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޕް އަށް ނުކުޅެވުމަކީ ރާއްޖެ އަށް ކުުރިމަތިވާނެ ބޮޑު މައްސަލަ އެކެވެ. އޮކްޓޯބަރު މަހު ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ކޮޅަށް ހަމްޕް ވަނީ މޮޅު ލަނޑެއް ވެސް ޖަހައިފަ އެވެ.
ރާއްޖެއިން ނެގި ކޯނަރުން ތަނަވަސްވި ބޯޅަ ހަމްޕް ގޯލްގެ ތެރެއަށް ވައްދާލީ ބައިސްކަލް ކިކަކުންނެވެ. އެ ލަނޑަށް ގިނަ ބަޔަކު ވަނީ ތައުރީފްކޮށްފަ އެވެ.
މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ހަމްޕްއާ އެންމެ ގާތުން ވާދަކުރި އަލީ ފާސިރު (ސެންޓޭ) އަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފަ އެވެ. ދިވެހި ޕްރިމިއަ ލީގުގައި އެއްވެސް މެޗެއް ނުކުޅުނު ނަމަވެސް، މޮރިއޭރޯ ވަނީ އޭނާގެ ޓީމަށް ސެންޓޭ ނަގައިފަ އެވެ. މޮރިއޭރޯ ބުނީ އޭނާ އާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސިމާއޯ ކޯސްޓާއާ އެކު މެޗުތައް ބެލުމުގެ އިތުރަށް ޓީމުތަކުގެ ޕްރެކްޓިސް ވެސް ބެލި ކަމަށެވެ.
Hampu ge bicycle kick goal, aadhayaa hilaafu molhu landeh
The most trusted news source in the Maldives
Mihaaru
ހަމްޕުގެ ބައިސްކަލް ކިކް ގޯލް، އާދަޔާހިލާފް މޮޅު ލަނޑެއް
ސެންޓޭ އަށް އަނިޔާވީ، ޖެނުއަރީ މަހު ރ. އަލިފުށީގައި ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ސެންޓޭގެ ކަކުލަށް އަނިޔާވި އެވެ. މާޒިޔާގެ ނާއިޒު ހަސަން (ދާދު) ކުރި ފައުލްގައި ސެންޓޭގެ ކަކުލުން ލޭ އައުމުން، އަލިފުށީ ސިއްހީ މަރުކަޒަށް ގެންގޮސް އޭނާ އަށް ވެސް ފަރުވާ ދިނެވެ.
ކުރިން ބެލެިފައި އޮތީ ސެންޓޭ އަށް އަލުން ކުޅެން ނުކުމެވޭނީ ސާޖަރީ އަކަށް ފަހު ކަމަށެވެ. ނަމަވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާގެ ގްރޭޑް އެހާ މަތި ނުވުމުން ސާޖަރީއަކާ ނުލައި ރިކަވާ ވެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެލެންސިއާގެ އޮފިޝަލަކު ބުނެފައިވެ އެވެ.
ބަންގްލަދޭސް ސަމާލުވާނީ ހަމްޕް، ދާދު، ކްރޯ އަށް
މިއީ ރާއްޖޭގެ ފެއިލިއާއެއް: ސުޒޭން
ރާއްޖޭގެ އުންމީދު ފެނަށް، ކޮލިފައިންއިން ޖާގަ ނުލިބުނު
ރާއްޖޭގެ މެޗަކީ ބަންގްލަދޭޝްއަށް އެންމެ މުހިންމު މެޗު
ބަންގްލަދޭޝްގެ ދަނޑު ރަނގަޅު، އެޑްވާންޓޭޖް ރާއްޖެއަށް
ކުޅުންތެރިންގެ ފަރާތުން ފެނުނީ ހުސް ޕޮޒިޓިވްކަންކަން
ރާއްޖެ-ބަންގްލަދޭޝްގެ މެޗުގެ ޓިކެޓް މިރޭ ވިއްކަނީ
އުޒުރެއް ނުދައްކާނަން، ޓީމު ރަނގަޅަށް ތައްޔާރު
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން
ކޮލިފައިން ޕްރިލިމިނަރީގައި ރާއްޖެ ބަންގްލަދޭޝާ ދެކޮޅަށް