20 މާޗް 2022
ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލުން ހަދާ ވަގުތީ މާރުކޭޓުތަކުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.
ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލުން ހަދާ ވަގުތީ މާރުކޭޓުތަކުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭގެ ތިން ސަރަހައްދެއްގައި ވަގުތީ މާރުކޭޓުތައް ހަދާނެ އެވެ. އެއީ ދަރުބާރުގެ ކައިރީގައި އޮންނަ ހުސް ބިމާއި އައިޖީއެމްއެޗުގެ ފުރަގަހުގައި އޮންނަ ބިމާއި ވިލިމާލޭ ފެރީ ޓާމިނަލް ކައިރީގަ އެވެ.
ނަރީޝް ވިދާޅުވީ މިތަންތަނުން ދޫކުރާނެ ގޮޅީގެ އަދަދު ކަށަވަރުވާނީ އެ ތަންތަނުގައި ޓެންޓް ޖަހައި ނިމުމުން ކަމަށެވެ. ރޯދަ ފެށުމުގެ ކުރިން އެތަންތަން މީހުންނަށް ދޫކުރުމުގެ މަސައްކަތް ކުރާނެ ކަަމަށް ވިދާޅުވި އެވެ.
ވަގުތީ މާރުކޭޓުތަކުގެ ޓެންޓު ޖަހާދޭނެ ބަޔަކު ކަނޑައެޅުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އަދި ވަގުތީ މާރުކޭޓުން ޖާގަ ބޭނުންވާ މީހުން އެކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ވެސް އޮތީ ހުޅުވާލައިފަ އެވެ.
ކޮންމެ އަހަރަކު ވެސް ރޯދައާ ދިމާކޮށް ލޯކަލް މާރުކޭޓުތަކުން އާންމުން ތަކެތި ގަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ. ވަގުތީ މާރުކޭޓުތައް ހަދަނީ އާންމުންނަށް ތަކެތި ގެނައުމުގައި އިތުރަށް ލުއިފަސޭހަކޮށްދިނުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
މާރުކޭޓުން ނެރެލުމުން ބިދޭސީންގެ ގޮޅިތައް މުޅި މާލެއަށް
ބާޒާރުން ރޯމިރުސް ހުސްވެއްޖެ
އަގުގެ މައްސަލާގައި ދަނޑުވެރިންގެ އަސްލު ޖަވާބު
ކަނޑޫދޫ މިރުހަށް، ފުރަތަމަ ފަހަރަށް، ހީނަރުކަން!
ކާށިދޫ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް
ޓީ ޖެޓީ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް އަޅަނީ
ދަނޑުވެރިކަމުގެ މަޝްރޫއު ފުށިދިއްގަރުފަޅަށް ބަދަލުކޮށްފި
އެގްރޯނެޓްގެ ހިންގުން ހުއްޓާލައިފި
ރިފޯމާ އެކު އިންފްލޭޝަން 3.9 ޕަސެންޓަށް އަރާނެ
އެންމެ ފަގީރުންނަށް މަހަކު 2،450ރ. ޖަމާކުރަނީ