17 މާޗް 2022
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ބޭނުން ކޯޓުތަކުން ނުހިފާތީ، ބޮޑެތި މައްސަލަތަކުގައި ހެކި ލިބެން ހުއްޓަސް، ބޮޑެތި ކުށްވެރިން ކޯޓުތަކުން ދޫކުރާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ބޭނުން ކޯޓުތަކުން ނުހިފާތީ، ބޮޑެތި މައްސަލަތަކުގައި ހެކި ލިބެން ހުއްޓަސް، ބޮޑެތި ކުށްވެރިން ކޯޓުތަކުން ދޫކުރާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމެއްގައި ބުނެފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ބުނީ މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު މާލޭގައި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި އޭނާގެ ލޯބިވެރިޔާ 12 އަހަރަށް ޖަލަށްލި ހުކުމް މިއަދު ދަމަހައްޓަމުންނެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ބުނެފައިވަނީ ދައުވާކުރާ އަސްލު ކުށުގެ ހެކި ނެތަސް، އެހެން ކުށެއް ކުރިކަމުގެ ހެކި ހުންނަ ހާލަތުގައި އެ ދައުވާގެ ސިފަ ފަނޑިޔާރުން އަމިއްލައަށް ބަދަލުކޮށް، އާ ކުށަށް އަދަބު ދެވޭ ގޮތަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި އޮންނަ މާއްދާއާ ބެހޭގޮތުން ހުކުމުގައި ވާހަކަ ދައްކަމުންނެވެ. އެ ބާރު ގާނޫނުން ދިނަސް، އެގޮތަށް އަމަލުކުރަނީ މަދު ފަހަރެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އަސްލު ކުށް ސާބިތު ނުވިޔަސް، އެހެން ކުށެއްގެ ހެކި ލިބޭ ހާލަތުގައި އެ ކުށަށް އަދަބު ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ދީފައި އޮތަސް، މަރުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގައި އެގޮތަށް ކޯޓުތަކުން އަމަލު ނުކުރާ ކަމަށެވެ. އަދި ބައެއް ފަހަރު ދައުވާގައި އޮޅުމެއް ނުވަތަ ކުށެއް އޮވެގެން ވެސް ދައުވާ ބޭރުކޮށްލާ ކަމަށާއިި އޭގެ ނަތީޖާއެއްގެ ގޮތުން ބޮޑެތި ކުށްވެރިން ހެކި ހުއްޓާ ދޫވެގެންދާ ކަމަށް އެ ހުކުމުގައިވެ އެވެ.
"އެހެން ކުށެއް ސާބިތުވާން އޮންނަ މިންވަރަށް ހެކި ލިބިފައި އޮންނަ ހިނދު ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ކޯޓަށް ހުށަހަޅާފައި އޮންނަ ދައުވާގައި އެ ކުށެއް ހިމަނާފައި ނެތިގެން ނުވަތަ ދައުވާގެ ސީއާގައި އޮޅުމެއް އޮވެގެން މައްސަލަތައް ކޯޓުން ބޭރުކޮށް ކުށްކުރާ މީހުން ހައްގު ނޫން ގޮތުގައި ވީއްލިގެންދާ ތަން ފެނެއެވެ." ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ހުކުމުގައިވެ އެވެ.
"އެހެން ކުށެއް ކުރިކަމުގެ ހެކި ހުރި ކަމަށް ފަނޑިޔާރަށް ފެންނަން އޮންނަ ހާލަތުގައި ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 87 ވަނަ މާއްދާގެ ބޭނުން ނުކުރާ ނަމަ، އެ ކުރެވެނީ ވަރަށް ބޮޑު ބޭ އިންސާފެކެވެ." އެހެން ކުށަކަށް އަދަބު ކަނޑައެޅޭ މާއްދާއާ ހަވާލާދީ އެ ހުކުމުގައި ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން ކުދިކުދި ކަންކަމުގައި މައްސަލަތައް ބޭރުކޮށްލުމަށް ވުރެ ކޯޓުގެ އިސް ނެގުމުގައި އެކަންކަން ހައްލު ކުރަން ފަނޑިޔާރުން މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާ އެއްވެސް ބަޔަކަށް ނެގުމުގެ ފުރުސަތު ނުލިބޭ ގޮތަށް ފަނޑިޔާރުން މަސައްކަތް ކުރަންޖެހޭ ކަމަށް ހުކުމުގައިވެ އެވެ.
"ކޮންމެ ފަނޑިޔާރެއްގެ އެންމެ ފުރަތަމަ އަދި އެންމެ ފަހު ވާޖިބަކަށް ވެސް ވާންޖެހޭނީ ކުށެއް ނުކުރާ މީހަކަށް އަދަބު ނުދިނުމާއި، ހަމަ އެއްގޮތަށް ކުށްވެރިއަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ނުހައްގު ވީއްލިގެން ނުދާނެކަން ކަށަވަރު ކުރުމަށެވެ." ހުކުމުގައިވެ އެވެ.
އަސްލު ދައުވާ ސާބިތު ނުވިޔަސް، އެހެން ކުށެއް ސާބިތުވާ ހާލަތުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެއީ:-
- ހުކުމް އިއްވުމުގެ ކުރިން ދުރާލާ ނޯޓިސް ދިނުން
- ފަހުން ސާބިތުވި ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުން
- ހެކިން ހާޒިރުކުރަން އެދެފި ނަމަ އެ ފުރުސަތު ދިނުން
އެހެން ނަމަވެސް އިސްތިއުނާފް މަރުހަލާގައި މިފަދަ ހާލަތެއް އަތުވެއްޖެ ނަމަ، ހުކުމުގައިވާ ގޮތުން ޖެހޭނީ އެ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވާށެވެ.
އެހެން ކުށެއް ސާބިތުވާ ކަމަށް ނިންމުމުގައި އަބަދުވެސް ބަލަން ޖެހޭނީ އަސްލު ދައުވާގައި ހިމެނޭ ހެކީގެ މައްޗަށާއި އޭގެފަހުން ހާމަވާ ހެކީގެ މައްޗަށް ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައި ބުނެފައިވެ އެވެ.
ވާނުވާގެ "ވެކްސިނު"ން ފަރުވާއެއް ނެތް!
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ވާނުވާ އުވާލަންވީ، އެކަމަކު މީހުން ދޫކޮށްގެން ނުވޭ؟!
މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި
ބުޅަލެއް މަރާލުމުން ޖަލަށް، ބޮޑެތި ކުށްވެރިން ގެއަށް!
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
ވައްކަމުގެ ޖޫރިމަނާ ނުދެއްކުމުން ދެ މަހަށް ޖަލަށް
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!
އިހުތިޔާރުގެ ދަށުން އަދަބު ބޮޑުކުރެވޭ ވަރަށް ބަދަލެއް