09 އޮކްޓޯބަރ 2022
ފަނޑިޔާރުންނަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އަދަބު ބޮޑުކުރެވޭ މިންވަރަށް ސުޕްރީމް ކޯޓުން މިއަދު ބަދަލު ގެނެސްފި އެވެ.
ފަނޑިޔާރުންނަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އަދަބު ބޮޑުކުރެވޭ މިންވަރަށް ސުޕްރީމް ކޯޓުން މިއަދު ބަދަލު ގެނެސްފި އެވެ.
ގާނޫނުލްއުގޫބާތުގެ ދަށުން ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު ކުރިން އޮތްގޮތުން އަދަބުގެ މިންވަރަށް ވުރެ ދެ ގުނަ ނުވަތަ އެ އަށް ވުރެ ބޮޑު އަދަބެއް ފަނޑިޔާރުގެ އިހުތިޔާރުގެ ދަށުން ކަނޑައެޅިދާނެ އެވެ. އެއީ މިސާލަކަށް ހަ މަހުގެ ޖަލު ހުކުމް އަންނަ ކުށެއްގެ އަދަބު އެއް އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް އިތުރު ކުރުމެވެ.
އެކަމަކު، އެ އުސޫލަށް ސުޕްރީމް ކޯޓުން މިއަދު ގެނައި ބަދަލަކީ ދެ ގުނަ ބޮޑުކުރެވޭ ގޮތަށް އޮތްއޮތުމުގެ ބަދަލުގައި ދެ ދަރަޖަ ނުވަތަ އެ އަށް ވުރެ މަތީ މިންވަރެއް ކަނޑައެޅޭ ގޮތަށް ހެދުމެވެ. މާނައަކީ ފަނޑިޔާރުގެ އިހުތިޔާރުގެ ދަށުން ދެން އަދަބު ބޮޑު ކުރެވޭނީ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަދަބުގެ ދަރަޖަ މަތިކުރާ އުސޫލުން ދެ ދަރަޖަ ނުވަތަ އެ އަށް ވުރެ މަތީ މިންވަރެކެވެ.
އެ ގޮތަށް އަދަބުގެ މިންވަރު މަތިކުރާ ނަމަ ބޮޑުކުރި ސަބަބެއް ބަޔާންކޮށްދޭން ޖެހެ އެވެ.
އެ އުސޫލު އެ ގޮތަށް ބަދަލު ގެނައީ އެއްޖިންސުން ގުޅުން ހިންގުމުގެ ކުށުގައި ދާދި ފަހުން ޖަލަށްލި ފުލުސް މީހާގެ މައްސަލާގައި ކްރިމިނަލް ކޯޓުން ބޮޑު އަދަބެއް ކަނޑައެޅުމުން އެކަމާ ހިތްހަމަނުޖެހިގެން ދައުލަތުން ހައި ކޯޓަށް ހުށަހަޅާފައި ވަނިކޮށެވެ.
ދައުލަތުން އެ މައްސަލަ ހުށަހެޅީ ގޯސްކޮށް އަދަބު ކަނޑައެޅި ކަމަށް ބުނެ އެވެ.
ފުލުހުންނަށް ނުބައި ނަމެއްދިނުމުން ހަ މަހަށް ގޭ ބަންދު
އެއް ކުށެއް، އެކަމަކު އެކި މީހުންނަށް އެކި ގޮތް؟!
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!
ފައިސާ ނުދެއްކުމުން 960 ގަޑިއިރުގެ ކޮމިއުނިޓީ ސާވިސް
ކޮމިއުނިޓީ ސާވިސްގެ އަދަބު:ފާހާނާ ސާފުކުރަން އެންގިދާނެ
"ވާނުވާ ރިވިއު ނުކުރިޔަސް، ބަންދުން ދުލެއް ނުވާނެ"
ވާނުވާ ބަންދު ރިވިއުކުރާނެ ކެޕޭސިޓީ ކޯޓުތަކުގައި ނެތް
"ވާނުވާ" ރިވިއުގެ މައްސަލަ ސުޕްރީމް ކޯޓުން ފަށަނީ
ފަސޭހަ އިއުތިރާފުން ކުށް ސާބިތުކުރުން ނިމުމަކަށް؟!
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި