26 ޑިސެމްބަރ 2020
ޝަރީއަތް ނިމެންދެން ކުރާ ބަންދު "ވާނުވާ" ރިވިއު ކުރުމާ މެދު އުފެދިފައިވާ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ޝަރީއަތް ނިމެންދެން ކުރާ ބަންދު "ވާނުވާ" ރިވިއު ކުރުމާ މެދު އުފެދިފައިވާ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.
ޖިނާއީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ އެވެ. އެކަމަކު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް އެ ގާނޫނަކު ނޯވެ އެވެ. އެފަދަ ހަތަރު މައްސަލައެއް ހައި ކޯޓަށް ހުށަހެޅުމުން އޭގެ ތެރެއިން ތިން މައްސަލައެއްގައި ހައި ކޯޓުން ދާދިފަހުން ނިންމީ 30 ދުވަހުން ބަންދު ރިވިއު ނުކުރިޔަސް، އެ މީހަކު ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށެވެ. އެކަމަކު ދެން އޮތް މައްސަލާގައި ހައި ކޯޓުން ނިންމީ އެ ހާލަތުގައި އެ ބަންދެއް ގާނޫނާ ޚިލާފްވާނެ ކަމަށެވެ.
އޭގެ ތެރެއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރީ ބަންދު ރިވިއު ނުކުރިޔަސް، ބަންދުން ދޫކުރަން ނުޖެހޭނެ ކަމަށް ހައި ކޯޓުން ނިންމި ތިން ނިންމުމެވެ. އެ މައްސަލަތައް ހައި ކޯޓަށް ހުށަހެޅި ތިން މީހުންގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަައް އިސްތިއުނާފް ކުރުމުން އެ މައްސަލަތަކުގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު އެވެ.
ސުޕްރީމް ކޯޓުން އެ ތިން މައްސަލަ ވެސް ބައްލަވަނީ ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.
ހައި ކޯޓުން އެއް ދުވަހެއްގައި ނިންމި ހަތަރު މައްސަލައެއްގެ ތެރެއިން ތިން މައްސަލައަކާ ޚިލާފަށް އަނެއް މައްސަލަ ނިންމާފައި އޮތުމުން އޭގެ ތެރެއިން ރަނގަޅީ ކޮން ނިންމުމެއް ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އެގޮތަށް ދިމާވީ ހައި ކޯޓުގެ ފަނޑިޔާރުންގެ އެކި ބެންޗްތަކުން އެކި މައްސަލަތައް ބެއްލެވުމުންނެވެ. އެކަމަކު އެގޮތަށް އެކި ބެންޗްތަކުން މައްސަލަތައް ބެލުމަކީ ސުޕްރީމް ކޯޓުން ދާދިފަހުން ނިންމާފައިވާ ނިންމުމަކާ ޚިލާފް ކަމެކެވެ.
"ވާނުވާ ރިވިއު ނުކުރިޔަސް، ބަންދުން ދުލެއް ނުވާނެ"
މޫސަގެ މަރު: ދައުވާ ލިބޭ މީހާ ބަންދުނުކުރީ ރަނގަޅަށް
މައްސަލަ ލަސްވުމަކީ ބަންދުން ދޫކުރެވޭނެ ސަބަބެއް ނޫން
ނުކުރެވޭ ކަންކަން ހޯދައިގެން މީހުން ދޫކުރާތީ ނުރުހުން
އިހުތިޔާރުގެ ދަށުން އަދަބު ބޮޑުކުރެވޭ ވަރަށް ބަދަލެއް
އައްމަޓީ ދޫކޮށްލި މައްސަލަ އަލުން ބަލަން އަމުރުކޮށްފި
ސިއްހީ ސަބަބާ ހެދި ބަންދުން ދޫ ނުކުރެވޭނެ: ހައިިކޯޓް
އައްމަޓީ މައްސަލާގެ ހުކުމް އާދިއްތަ ދުވަހު އިއްވަނީ
ކުށްކުރާ ކުދިންގެ އިސްތިއުނާފް ފީ ނުނަގާ ބަލައިގަންނަނީ
ޑީއެންއޭއިން ޒިނޭ ސާބިތުވުން: ބޮޑު ބަހުސަކަށް ނިމުން!