Roadha Mihaaru
ވައްކަމުގެ ޖޫރިމަނާ ނުދެއްކުމުން ދެ މަހަށް ޖަލަށް

ދެ ފުޅި ސެންޓު ވަގަށް ނެގުމުން ކުރި ޖޫރިމަނާ ނުދެއްކުމުން ދެ މަހަށް ޖަލަށް

13 މާޗް 2023

ފިހާރައަކުން ދެ ފުޅި ސެންޓު ވަގަށް ނެގުމުގެ ކުށް ސާބިތުވުމުން ކުރި ޖޫރިމަނާ ނުދެއްކުމުން ޖަލު އަދަބަކަށް ބަދަލުކޮށް، ޖަލު ހުކުމް ތަންފީޒު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ފިހާރައަކުން ދެ ފުޅި ސެންޓު ވަގަށް ނެގުމުގެ ކުށް ސާބިތުވުމުން ކުރި ޖޫރިމަނާ ނުދެއްކުމުން ޖަލު އަދަބަކަށް ބަދަލުކޮށް، ޖަލު ހުކުމް ތަންފީޒު ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ގާނޫނުލް އުގޫބާތުގެ ދަށުން ދައުވާކުރާ ކުށްތަކުގައި ކުށް ސާބިތުވާއިރު، ޖަލުގެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރެވެ އެވެ. އެގޮތަށް ގިނަ ބައެއްގެ ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށްފައިވެ އެވެ. އެކަމަކު ޖޫރިމަނާ ނުދައްކާ ނަމަ ޖޫރިމަނާގެ އަދަބު އަލުން ޖަލު އަދަބަކަށް ބަދަލު ކުރުމުގެ ފުރުސަތު މިހާރު އޮވެ އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި، ޖަލު އަދަބަކަށް ބަދަލުކުރީ ފިހާރައަކުން ދެ ސެންޓް ފުޅި ވަގަށް ނެގި މައްސަލާގައި އިއްވާފައިވާ 17،800ރ. ގެ ޖޫރިމަނާގެ ހުކުމެކެވެ. އެ ފައިސާ ތިން މަސް ތެރޭގައި ދައްކަން މިދިޔަ އަހަރު ކޯޓުން އަންގާފައި ވިޔަސް، ވަގަށް ނެގި މީހާ އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

އޭނާގެ އަދަބު ޖަލު އަދަބަކަށް ބަދަލުކުރަން ދައުލަތުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައިވަނީ ޖޫރިމަނާ ނުދެއްކުނު މަގްބޫލު ސަބަބެއް އޭނާއަށް ނުދެއްކޭ ކަމަށެވެ. އެހެންވެ، ޖަލު އަދަބުގެ ތެރެއިން ތަންފީޒު ނުކޮށް އޮތް ދެ މަހާއި 11 ދުވަހަށް ޖަލަށްލާން ހުކުމްކުރީ ކަމަށް ހުކުމުގައިވެ އެވެ.

އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން ޖޫރިމަނާގެ ފައިސާ ނުދައްކާ ނަމަ އަދަބުގެ ބާވަތް ބަދަލު ކުރެވޭނެ އެވެ. މިއީ އެގޮތަށް ޖޫރިމަނާ ނުދައްކައިގެން ކްރިމިނަލް ކޯޓުން ޖަލު އަދަބެއް ތަންފީޒު ކުރަން އެންގި ފުރަތަމަ ފަހަރެވެ.