ކޮއްކޮގެ ފިހާރައިން 180ރ. ވަގަށް ނެގި މީހަކު 14،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
05 ޖޫން 2022
ކޮއްކޮގެ ފިހާރައިން 180ރ. ވަގަށް ނެގި މީހަކު 14،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ރ. ހުޅުދުއްފާރުގައި ސެޕްޓެމްބަރު، 2020 ގައި މީހަކު ފިހާރައެއްގެ ވަތްގަނޑުން 180ރ. ނެގީ ދުވާލު ވަގުތުގަ އެވެ. ކޯޓުގައި އޭނާ ބުނެފައިވަނީ އެ ފިހާރަ އަކީ ކޮއްކޮގެ ފިހާރައެއް ކަމަށެވެ.
ފިހާރައިން ފައިސާ ނެގީ އެދުވަސްވަރު ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ކަމަށް އޭނާ ބުނެފައިވެ އެވެ. ލުއި އަދަބެއް ދޭން އޭނާ އެދިފައިވާތީ ކޯޓުން މިދިޔަ ހަފުތާގައި ކުރި ހުކުމުގައި ނިންމީ އޭނާގެ އަދަބު ޖޫރިމަނާއަކަށް ބަދަލު ކުރުމަށެވެ.
ގާނޫނުލް އުގޫބާތުގެ ދަށުން އެ ކުށުގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމެވެ. އެ އަދަބު ޖޫރިމަނާއަށް ބަދަލު ކުރުމުން ޖެހެނީ 14،400ރ. އެވެ. އެ ފައިސާ ތިން މަސް ތެރޭގައި މީރާއަށް ދައްކަން އެ ހުކުމުގައި އަންގާފައިވެ އެވެ.
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
އުމުރުން 29 އަހަރު، 78 ފަހަރަށް ހައްޔަރު!
ވައްކަމުގެ ޖޫރިމަނާ ނުދެއްކުމުން ދެ މަހަށް ޖަލަށް
ހަތަރު މިލިއަން ފޭރެން އުޅުމުން ދެ އަހަރަށް ޖަލަށް
ސާހިލްގެ ޝަރީއަތް: ހެކިބަސް ނެގުން ދެ މަހުން ނިންމަނީ
ގޭންގް ކުށްތަކާބެހޭ އާ ގާނޫނުގެ ދަށުން ބަޔަކު ހައްޔަރު
ލަންކާ މީހަކު މަރާލި މައްސަލާގައި ކުށް ސާބިތުނުވި
ޗޮކްލެޓެއް ވަގަށްނެގި މީހަކު 15 ދުވަހަށް ބަންދުކޮށްފި
ތަކެތި ފެނިއްޖެ، "ސަޓަޑޭ"ގެ ޚަބަރެއް ނެތް!