15 މާޗް 2022
ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" ލަވައިގެ ކޮޕީރައިޓް މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައި އޭނާ އަދި ރިލީޒްނުކުރާ ލަވައެއް އޮޅިގެން ޖެހިއްޖެ އެވެ.
ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ "ޝޭޕް އޮފް ޔޫ" ލަވައިގެ ކޮޕީރައިޓް މައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައި އޭނާ އަދި ރިލީޒްނުކުރާ ލަވައެއް އޮޅިގެން ޖެހިއްޖެ އެވެ.
ޝޭފް އޮފް ޔޫ އަކީ ކޮޕީކޮށްފައިވާ ލަވައެއް ކަމަށް ބުނެ މައްސަލައެއް ކޯޓަށް ހުށަހަޅާފައި ވަނީ އެމެރިކާގެ ޑުއޯ ލަވަކިޔުންތެރިން ކަމަށްވާ ސޭމީ ޗޯކްރީ އާއި ރޮސް އޮޑޯނައިޔޫ އެވެ. އެ ދެމީހުން ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ އެޑް 2017 ވަނަ އަހަރު ނެރުނު "ޝޭޕް އޮފް ޔޫ" އަކީ އެމީހުން ލިޔުނު ލަވައެއް ކޮޕީކޮށްގެން ހަދާފައިވާ ލަވައެއް ކަމަށެވެ. "އޯ ވައި" ނަމަކަށް ކިޔާ ލަވައިގެ އެކި ކަޑިތައް އެޑް ކޮޕީކޮށްފައި ކަމަށް އެމީހުން ބުނެ އެވެ.
އެ މައްސަލައަކީ މީގެ ކުރީން ވެސް ކޯޓަށް ހުށަހަޅާއި، ކޮޅެއްގައި ނުޖެހިފައިވާ މައްސަލައެކެވެ. އެކި ސަބަބުތަކާ ހުރެ އެ މައްސަލަ ކުރިއަށް ނުގޮސް އޮއްވައި އަލުން މައްސަލަ ހުށަހަޅައިގެން އެ މައްސަލަ ބަލަން ފަށާފައި ވަނީ މި މަހު ފަހެއްގަ އެވެ.
މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ކުރިއަށްދާއިރު ޝީރަންގެ ރިލީޒްނުކުރާ ލަވައެއް ކޯޓުގައި އޮޅިގެން ޖެހީ އޭނާގެ ލޯޔަރުންނަށެވެ. އެ ލަވަ ޖެހުނީ ޝީރަންގެ ލެޕްޓޮޕް ބޭނުންކޮށްގެން "ޝޭޕް އޮފް ޔޫ" ޖަހަން އުޅުމުގެ ތެރޭގަ އެވެ.
އެ ލަވަ ޖެހުމާ ގުޅިގެން ޝީރަން ވަނީ އެ ލަވަ ހޯދި ގޮތާ މެދު ސުވާލު ކޮށްފަ އެވެ. އަދި އެ ލަވައަކީ އޭނާ މިދިޔަ ޖެނުއަރީ މަހުގައި ރިކޯޑްކޮށްފައިވާ ލަވައެއް ކަމަށް ވެސް ބުންޏެވެ.
އެޑް ޝީރަންއަށް އަންހެން ކުއްޖަކު ލިބިއްޖެ
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ޓޮމް އާއި ޒެންޑަޔާ އަންނަ އަހަރު ކައިވެނިކުރަނީ
ބްރެޑް އާއި އެންޖެލީނާ ދިމާނުވާނެ ގޮތް ހަދައިފި
ޕީޓް ނަފުސާނީ ފަރުވާ ހޯދަނީ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ގްލެން ޕަވަލް ޑިގްރީއަށް ކިޔަވަން ފަށައިފި
ނޯޓްބުކްގެ އެކްޓަރު ޖީނާ އަލްޒައިމާ ބަލީގައި
ދޭވްއާ އެކު މަސައްކަތްކުރަން ޖެނިފާ ވަރަށް ބޭނުންވޭ