23 މެއި 2022
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އަށް ދެ ވަނަ ދަރިއަކު ލިބިއްޖެ އެވެ.
އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އަށް ދެ ވަނަ ދަރިއަކު ލިބިއްޖެ އެވެ.
ޝީރަން އާއި އޭނާގެ އަންހެނުން ޝެރީ ޝިއާބްރޮން އަށް މި ހަފުތާ ބަންދުގައި ކުއްޖެއް ލިބިފައިވާ ކަމަށް އެ ދެމަފިރިން އިއުލާންކޮށްފައި ވަނީ ސޯޝަލް މީޑިއާގަ އެވެ.
އެ ދެމަފިރިންނަށް މިފަހަރު ވެސް ލިބުނީ އަންހެން ކުއްޖެކެވެ.
ދަރިފުޅާއި މަންމަގެ ސިއްހަތު ރަނގަޅު ކަމަށާއި މި ވަގުތު ވަރަށް އުފަލުން ހުރި ކަމަށް ޝީޒަން ބުންޏެވެ.
"އަހަރެމެންގެ އާއިލާ މިހާރު މި ވަނީ ހަތަރު މެމްބަރުންނަށް ބޮޑުވެފައި. ކުރެވޭ އިހުސާސްތައް ބުނަން ވަރަށް ދަތި،" ޝީރަން ބުންޏެވެ.
ޝީރަން އާއި ޝެރީ އަށް ފުރަތަމަ ދަރިފުޅު ލިބުނީ 2020 ގަ އެވެ.
އެ ދެ މީހުން އެންމެ ފުރަތަމަ ދިމާވީ، އުމުރުން އެންމެ 11 އަހަރުގަ އެވެ. އެ ދެ މީހުން ކިޔެވީ ވެސް އެއް ސްކޫލަކުންނެވެ. ނަމަވެސް، އެ ދެ މީހުންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ ވަރަށް ފަހުންނެވެ.
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ވަރިވީ ކުއްޖަކު ބޭނުން ނުވާތީ: ސޯފިއާ
ރިއާނާ އާއި ރޮކީގެ ދަރިފުޅަށް ކިޔާ ނަން ހާމަވެއްޖެ
ރިލީޒްނުކުރާ ލަވައެއް އޮޅިގެން ޝަރީއަތުގައި ޖެހިއްޖެ
ޖޯޖް އާއި އަމާލަށް ތިން ވަނަ ދަރިޔަކު ލިބެނީ؟
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި
ޕްރިންސާއި ޔުވިކާއަށް ކުއްޖަކު ލިބިއްޖެ
ރާދިކާ ބަލިވެއިންކަން ހާމަކުރީ ތަފާތު ގޮތަކަށް
މަސާބާއަށް އަންހެން ކުއްޖަކު ލިބިއްޖެ