Roadha Mihaaru
މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ

މާގޯ ރޮބީއަށް ކުއްޖަކު ލިބިއްޖެ

05 ނޮވެމްބަރ 2024

ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މާގޯ ރޮބީ އާއި އޭނާގެ ފިރިމީހާ ޓޮމް އެކަލީއަށް އަލަތު ދަރިފުޅު ލިބިއްޖެ އެވެ.

ހޮލީވުޑްގެ މަޝްހޫރު އެކްޓްރެސް މާގޯ ރޮބީ އާއި އޭނާގެ ފިރިމީހާ ޓޮމް އެކަލީއަށް އަލަތު ދަރިފުޅު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މާގޯ ވިހެއީ މިދިޔަ މަހު 17 ގަ އެވެ. އަދި އެ ދެމަފިރިންނަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ޓޮމްއަކީ ހޮލީވުޑްގެ ފިލްމު ޕްރޮޑިއުސަރެކެވެ. އަދި ޑައިރެކްޓަރެކެވެ.

މީގެ އަށް އަހަރު ކުރިން ޑިސެމްބަރު 18، 2016 ގައި ކައިވެނިކުރި މާގޯ އާއި ޓޮމް ވެސް އެ ދެމީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މީޑިއާއަށް ވަރަށް ހިއްސާ ނުކުރެ އެވެ. ކައިވެނި ކުރީ ވެސް ވަރަށް މަދު މީހުންނާ އެކު ބޭއްވި ކުޑަ ހަފުލާއެއްގަ އެވެ.

މާގޯ އާއި ޓޮމްގެ ގުޅުން ފެށުނީ 2014 ވަނަ އަހަރު ގެނެސްދިން މާގޯ ލީޑު ރޯލު ކުޅުނު ފިލްމު "ސޫޓް ފްރާންކޭސް"ގެ މަންޒަރުތައް ނެގި ދުވަސްވަރު އެވެ. ޓޮމްއަކީ އެ ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރެވެ.

މާގޯގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރު މެއި މަހު ގެނެސްދޭ "ބިގް ބޯލްޑް ބިއުޓިފުލް ޖާނީ" އެވެ. އަދި ޒުވާން އެކްޓަރު ޖެކޮބް އެލޯޑީއާ އެކު ވެސް ފިލްމެއް ކުޅުމުގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެވެ. އަންނަ އަހަރު މަސައްކަތް ފަށާ އެ ފިލްމަކީ "ސޯލްޓްބާން"ގެ ޑައިރެކްޓަރު އެމަރަލްޑް ފެނެލްގެ މަސައްކަތެކެވެ.