Roadha Mihaaru
ރިއާނާ އާއި ރޮކީގެ ދަރިފުޅަށް ކިޔާ ނަން ހާމަވެއްޖެ

ރިއާނާ އާއި ރޮކީގެ ދެވަނަ ދަރިފުޅަށް ކިޔާ ނަން ހާމަވެއްޖެ

10 ސެޕްޓެމްބަރ 2023

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާއި އޭނާގެ ފިރިމީހާ، ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީގެ ދެވަނަ ދަރިފުޅަށް ކިޔާ ނަން ހާމަވެއްޖެ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ އާއި އޭނާގެ ފިރިމީހާ، ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީގެ ދެވަނަ ދަރިފުޅަށް ކިޔާ ނަން ހާމަވެއްޖެ އެވެ.

ރިއާނާ އާއި ރޮކީ އަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ވިހެއީ މިދިޔަ މަހު އެކެއްގަ އެވެ.

ދެވަނަ ދަރިފުޅު ލިބުނުތާ ދުވަސްތަކެއް ވީ ފަހުން، އެ ދެމަފިރިން ދަރިފުޅަށް ދިން ނަން މިހާރު ވަނީ އާންމުވެފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި އެ ދެމަފިރިންގެ ދެވަނަ ދަރިފުޅަށް ކިޔަނީ، ރިއޮޓް ރޯސް މޭޔާސް އެވެ. އެ ނަމަކީ ރޮކީ އާއި ފެރެލް ވިލިއަމްސް އެކީގައި ކިޔާފައިވާ ލަވަ "ރިއޮޓް" އަށް ނިސްބަތްކޮށް ކީ ނަމެއް ކަމަށް ވެސް ވެ އެވެ.

އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅަށް ކިޔަނީ ރިޒާ އެތެލާސްޓަން މޭޔާސް އެވެ. އެ ދަރިފުޅު ލިބުނީ މިދިޔަ އަހަރު މެއި 13 ގަ އެވެ.