16 ފެބުރުއަރީ 2022
އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ އުމުރުން ތިން އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދަށު ކޯޓުން ނަގައިނުދިން 12.9 މިލިއަން ރުފިޔާގެ މައްސަލަ ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
އިމާރާތް ކުރަމުންދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ އުމުރުން ތިން އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް ދަށު ކޯޓުން ނަގައިނުދިން 12.9 މިލިއަން ރުފިޔާގެ މައްސަލަ ހައި ކޯޓުން ބަލަން ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުން ދިޔަ ތަަނަކުން ޑިސެމްބަރު، 2018 ގައި ސިމެންތި ބަސްތާއެއް ވެއްޓި، ޖިއާން މަރުވި މައްސަލާގައި އޭނާގެ މައިންބަފައިން ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ 17.4 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށެވެ. ސިވިލް ކޯޓުން މިދިޔަ އަހަރު ނަގައިދިނީ 4.5 މިލިއަން ރުފިޔާގެ ބަދަލެކެވެ. ބާކީ އޮތް 12.9 މިލިއަން ރުފިޔާ ނަގައިދެވެން ނެތް ކަމަށް ނިންމުމުން އެ މައްސަލަ އިސްތިއުނާފް ކުރިޔަސް، ހައި ކޯޓުން ނިންމާފައި އޮތީ މައްސަލަ ބަލައިނުގަތުމަށެވެ.
ޖިއާންގެ މައިންބަފައިންގެ ފަރާތުން އިސްތިއުނާފްކުރި އެ މައްސަލަ ހައި ކޯޓުން އެ މައްސަލަ ބަލައިނުގަތީ އިސްތިއުނާފް މުއްދަތު ހަމަވެފައި އޮތުމުންނެވެ. ރަޖިސްޓްރާގެ އެ ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ތާއީދުކުރި އެވެ.
އެ ނިންމުން މައިންބަފައިންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ އާދިއްތަ ދުވަހު އެންގީ 10 ދުވަސް ތެރޭގައި އަލުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި ނަމަ، އެ މައްސަލަަ ބަލައިގަތުމަށެވެ. އެއީ އިސްތިއުނާފް ލަސްވުމުގައި މަގްބޫލު ސަބަބެއް އޮތުމުންނެވެ.
ސުޕްރީމް ކޯޓުގެ ނިންމުމުގައިވަނީ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވިޔަސް، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު ހޯދަން އެ މުއްދަތު ހަމަވުމުގެ ކުރިން އެ މީހުންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވާ ކަމަށެވެ. އަދި ރިޕޯޓް ލިބިފައިވަނީ އެ މުއްދަތު ހަމަވިފަހުން ކަމަށް ވާއިރު، ރިޕޯޓް ނުލިބި އޮތްކަން ހައި ކޯޓަށް ސިޓީއަކުން އަންގާފައިވާތީ އިސްތިއުނާފް ކުރުމުގެ ނިޔަތް އެ މީހުންގެ އޮތްކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ނިންމެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ.
ޖިއާންގެ މައިންބަފައިންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރިއިރު، ބަދަލަށް 4.5 މިލިއަން ދައްކަން ޑަބްލިއު ކުންފުނީގެ މައްޗަށް ސިވިލް ކޯޓުން އެންގި ބައި އެ ކުންފުނިން ވެސް ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
ޖިއާންގެ މަރާ ގުޅިގެން ޑަބްލިއުގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ކުރިން އޮތީ ކުށް ސާބިތުވެފަ އެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ޖަލު ހުކުމްތައް އައިއިރު އަނެއް ބައި މީހުންނަށް އިއްވީ ޖޫރިމަނާގެ ހުކުމްތަކެކެވެ.
ޖިއާންގެ މަރު: ބަދަލު ދޭ ހުކުމް ފަސްކުރަން އަންގައިފި
ޖިއާންގެ މަރު: ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފަށް
ސިޔާސީ މަގާމުތަކުގައި ތިބެ ވަކާލާތު ނުކުރެވޭތީ ކޯޓަށް
އާހެކި އެއްފަރާތްކުރީ ގާނޫނުއަސާސީއާ ހިލާފަށް: ދައުލަތް
ފޯނު ބަލަން އަމުރުނުދޭ މައްސަލަ އިސްތިއުނާފެއް ނުކުރާނެ
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ޝާދިޔާ ބަންދުކުރި މައްސަލާގައި ޕީޖީން ސުޕްރީމް ކޯޓަށް
ހުޅުމާލޭގައި ކޯޓެއް ހުރުމުން ކަންބޮޑުވާންޖެހޭ:ހައި ކޯޓް
އެއް ރަށެއް، އެއް އަވަށެއް: އެއް ކަމަކަށް ދެ ކޯޓު؟
ބީއެމްއެލްގެ އިސްވެރިންގެ މުސާރައަކީ ސިއްރެއް: ކޯޓް