31 އޮކްޓޯބަރ 2021
މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝްގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝްގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ދައްކަން ކުރި ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޑިސެމްބަރު، 2018 ގައި އާއިލާއާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ޖިއާންގެ ގަޔަށް ސިމެންތި ބަސްތާއެއް ވެއްޓުނީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުންދިޔަ ތަނަކުންނެވެ. އެ މައްސަލާގައި ބަދަލު ހޯދަން ޖިއާންގެ މައިންބަފައިން ދައުވާ ކުރުމުން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމްކުރީ ގެއްލުމުގެ ބަދަލަށް 4.5 މިލިއަން ރުފިޔާ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ޖިއާންގެ މައިންބަފައިންނަށް ދައްކަންޖެހޭނެ ކަމަށެވެ.
އެ ހުކުމް ޑަބްލިއު ކޮޮންސްޓްރަކްޝަންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އަދި އިސްތިއުނާފް މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށް އެ ކުންފުނީގެ ފަރާތުން ހައި ކޯޓުގައި ވަނީ އެދިފަ އެވެ.
ހައި ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ ހައި ކޯޓުން މައްސަލަ ނިމުމުގެ ކުރިން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކޮށްފި ނަމަ، ޑަބްލިއު ކޮންސްޓްރަކްޝަންގެ ހައްގުތަކަށް އުނިކަން އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، އިސްތިއުުނާފް މައްސަލަ ހައި ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތެއް އަންގަންދެން، ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނާޅަން އަންގާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ނެރުއްވި އެ އަމުރުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލް އެވެ.
ޖިއާންގެ މަންމަ އާއި ބައްޕައަށް ބަދަލުދޭން ކުރި ހުކުމް ޑަބްލިއު ކޮންސްޓްރަކްޝަނުން އިސްތިއުނާފް ކުރިއިރު، ޖިއާންގެ މަންމަ އާއި ބައްޕަގެ ފަރާތުން ވެސް އެ މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. ޖިއާންގެ މަންމަ އާއި ބައްޕަ އެ މައްސަލަ އިސްތިއުނާފްކުރީ ދަށު ކޯޓުގައި އެ މީހުންގެ ފަރާތުން އެދުނު ބައެއް ބަދަލުތައް ނަގައި ދީފައިނުވާތީ އެވެ. އެ މީހުން ދަށު ކޯޓުގައި ދައުވާކުރީ 17.4 މިލިއަން ރުފިޔާގެ ބަދަލެއް ނަގައި ދިނުމަށެވެ.
ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ބައެއް މީހުންނަށް ޖިނާއީ ދައުވާ ވެެސް ކުރިން ކުރި އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސުޕަވައިޒަރެއް ކަމަށް މޫސާ ހަސަންގެ އިތުރުން ހަތަރު ބިދޭސީއެއްގެ މައްޗަށެވެ. އޭގެ ތެރެއިން އާދަމް ޝަފީގް ފިޔަވައި އެންމެންގެ މައްޗަށް ކުށް ސާބިތުވި އެވެ. އޭގެ ތެރެއިން ދެ ބިދޭސީއަކު ޖަލަށްލިއިރު، ސުޕައިވަޒަރާއި ދެން ތިބި ދެ ބިދޭސީންނަށް ކްރިމިނަލް ކޯޓުން އިއްވީ ޖޫރިމަނާގެ އަދަބެކެވެ.
ޖިއާންގެ މަރު: ބަދަލުގެ މައްސަލަ ހައިކޯޓުގައި ފަށައިފި
ޖިއާންގެ މަރު: 12 މިލިއަންގެ މައްސަލަ ބަލަންޖެހިއްޖެ
ޖިއާންގެ މަރު: ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފަށް
ޖިއާންގެ މަރު:އެމްޑީގެ މައްސަލަ އިސްތިއުނާފަށް
އިމާރާތް ކުރުމާ ބެހޭ ގަވާއިދުތައް ހަދަން އަމުރުކޮށްފި
އިމާރާތް ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި