09 އޮކްޓޯބަރ 2021
މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝްގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަން ދައްކަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝްގެ ރައުޝަން ޖިއާން މަރުވި މައްސަލާގައި ގެއްލުމުގެ ބަދަލަށް 4.5 މިލިއަން ދައްކަން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ޑިސެމްބަރުު، 2018 ގައި އާއިލާއާ އެކު މަގުމަތިން ހިނގާފައި ދަނިކޮށް ޖިއާންގެ ގަޔަށް ސިމެންތި ބަސްތާއެއް ވެއްޓުނީ ޑަބްލިއު ކޮޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުންދިޔަ ތަނަކުންނެވެ. އެ މައްސަލާގައި ގެއްލުމުގެ ބަދަލަށް 17.4 މިލިއަން ރުފިޔާ ހޯދަން ޖިއާންގެ މަންމަ އާއި ބައްޕަ ދައުވާ ކުރުމުން ސިވިލް ކޯޓުން މިދިޔަ މަހު ހުކުމްކުރީ 4.5 މިލިއަން ރުފިޔާގެ ބަދަލެއް ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން ދައްކަން ޖެހޭނެ ކަމަށެވެ.
ބަދަލު ދޭން ކުރި ހުކުމް އިސްތިއުނާފް ކުރަން ޑަބްލިއު ކޮންސްޓްރަކްޝަނުން ހައި ކޯޓަށް ހުށަހެޅިއިރު، ޖިއާންގެ މަންމަ އާއި ބައްޕަގެ ފަރާތުން ދަށު ކޯޓުގައި އެދުނު ބައެއް ބަދަލުތައް ނަގައި ނުދޭން ސިވިލް ކޯޓުން ނިންމާފައިވާތީ އެ ބައި އެ މީހުންގެ ފަރާތުން ވެސް ވަނީ އިސްތިއުނާފް ކޮށްފަ އެވެ.
ސިމެންތި ބަސްތާ ވެއްޓުނު މައްސަލާގައި ހަ މީހެއްގެ މައްޗަށް 2019 ގައި ދައުލަތުން ޖިނާއީ ދައުވާ ވެސް ކުރި އެވެ. އެއީ ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސުޕަވައިޒަރު މޫސާ ހަސަންގެ އިތުރުން އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށެވެ.
އޭގެ ތެރެއިން ދެ ބިދޭސީއަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރިއިރު، ބާކީ ތިބި ދެ ބިދޭސީންނާއި ސުޕަވައިޒަރުގެ މައްޗަށް އިއްވީ ޖޫރިމަނާގެ އަދަބެކެވެ. އަދި މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން އޭރު ހުކުމްކުރި އެވެ.
"އެހެންގޮތަކަށް" ބައްޕަ ސާބިތުކުރުން: ނުބައި ދޮރެއް؟
މުޅި ދުނިޔެއަށް ވުރެ ގާޒާގައި މަރާލި ކުދިން ގިނަ
ނުރުހުމުގައި ގެންދިޔަ ދެ ކުދިން ހަވާލުކުރަން އަމުރެއް
ޖިއާންގެ މަރު: ބަދަލުގެ މައްސަލަ ހައިކޯޓުގައި ފަށައިފި
ދަރިންގެ ޓިއުޝަންފީ: ބައްޕަ ދޭންޖެހޭ ހަރަދެއް ނޫން؟
ނުރުހުމުގައި ކުއްޖަކު އަތުލުން: މޮޅުވީ މަަންމަ
ޖިއާންގެ މަރު: 12 މިލިއަންގެ މައްސަލަ ބަލަންޖެހިއްޖެ
ދަރި ހަވާލުކުރަން 7 އަހަރުފަހުން ކުރި ހުކުމް ރަނގަޅު
ޖިއާންގެ މަރު: ބަދަލު ދޭ ހުކުމް ފަސްކުރަން އަންގައިފި
ހަތަރު އަހަރުގެ ކުއްޖަކާ ބެހިގެން ޖަލަށްލީ ރަނގަޅަށް