30 އޮކްޓޯބަރ 2023
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގާ އަސްކަރީ ކުރިމަތިލުންތަކުގައި އަހަރެއްގެ ތެރޭގައި މުޅި ދުނިޔެ އިން މަރުވާ ކުޑަކުދިންނަށް ވުރެ، މިދިޔަ ތިން ހަފުތާގެ ތެރޭގައި ފަލަސްތީނުގެ ގާޒާގައި އިޒްރޭލު ސިފައިން މަރާލި ފަލަސްތީނު ކުޑަކުދިންގެ އަދަދު ގިނަވެއްޖެ އެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހިނގާ އަސްކަރީ ކުރިމަތިލުންތަކުގައި އަހަރެއްގެ ތެރޭގައި މުޅި ދުނިޔެ އިން މަރުވާ ކުޑަކުދިންނަށް ވުރެ، މިދިޔަ ތިން ހަފުތާގެ ތެރޭގައި ފަލަސްތީނުގެ ގާޒާގައި އިޒްރޭލު ސިފައިން މަރާލި ފަލަސްތީނު ކުޑަކުދިންގެ އަދަދު ގިނަވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ޗިލްޑްރަން އިން އިއްޔެ އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް، އިޒްރޭލުގެ ހަމަލާތަކުގައި ގާޒާ އިން އެކަނިވެސް ފަލަސްތީނުގެ 3324 ކުދިން މަރާލައިފި އެވެ. އޭގެ އިތުރުން، ހުޅަނގު އައްސޭރީގައި ހަމަ އެ މުއްދަތުގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި 36 ކުދިން މަރައިލި އެވެ.
As israeli air strikes surge, so do the Palestinian casualties; hospitals are under stocked, overwhelmed & at breaking point #GazaGenocide pic.twitter.com/okYwS3YkFJ
— Sarah Wilkinson (@swilkinsonbc) October 28, 2023
އަސްކަރީ ކުރިމަތިލުންތަކުގައި މަރުވާ ކުޑަކުދިންގެ އަދަދާ ބެހޭ ގޮތުން އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ނެރެފައިވާ ރިޕޯޓްތައް ބުނާ ގޮތުން، 2020 ވަނަ އަހަރު 24 ގައުމެއްގައި ހިނގި އަސްކަރީ ކުރިމަތިލުންތަކުގައި މަރުވި ކުދިންގެ އަދަދަކީ 2674 އެވެ. އަދި 2021 ވަނަ އަހަރު 2515 ކުދިން މަރުވި އިރު، 2022 ވަނަ އަހަރުގެ އަސްކަރީ ކުރިމަތިލުންތަކުގައި މަރުވި ކުދިންގެ އަދަދަކީ 2985 އެވެ.
މިއާ ޚިލާފަށް، ފަލަސްތީނުގެ ގާޒާ އާއި ހުޅަނގު އައްސޭރިއަށް މިމަހުގެ 7-28 އަށް ދިން ހަމަލާތަކުގައި މަރުވި ކުދިންގެ އަދަދު ވަނީ 3360 އަށް އަރައިފަ އެވެ. މިއީ އެވްރެޖްކޮށް ކޮންމެ 24 ގަޑިއިރެއްގެ ތެރޭގައި 152.7 ކުދިންނެވެ.
HEARTWRENCHING ? a Palestinian father holding his two lifeless kids in hands ??
— Amnaaa_Yousafzaii? (@Umm_E_Amna) October 30, 2023
#NoOilForIsrael #FreePalenstine #FreePalestine #starlinkforgaza #ElonMusk #CeaseFireInGaza #CeasefireNOW #Gaza_Genocide #Gaza_under_attack #GazaWar #غزة_تباد_والرياض_تحتفل #غزة_تنتصر #غزه_الان pic.twitter.com/saIueJgGYq
"އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ހަމައެކަނި ގޮތަކީ ހަމަލާ ބަދަލުކުރުން ހުއްޓައިލުން. ބައިނަލްއަގުވާމީ މުޖްތަމައުގައި ސިޔާސީ ކަންކަމަށް ވުރެ އިންސާނުންނަށް އިސްކަން ދޭންޖެހޭނެ. މިކަމުގައި ބަހުސްކުރަން ތިބޭ ކޮންމެ ދުވަހަކާ އެކު ކުދިންތައް އެދަނީ މަރުވަމުން އަދި ޒަޚަމްވަމުން. ހުރިހާ ވަގުތެއްގައި ވެސް ކުޑަކުދިން ހިމާޔަތްކުރަންޖެހޭނެ، ވަކިން ޚާއްސަކޮށް ސްކޫލްތަކާއި ހޮސްޕިޓަލުތަކުން ރައްކާތެރިކަން ހޯދައިގެން ތިބޭ އިރު އެ ކުދިންނަށް ހިމާޔަތް ދޭންޖެހޭނެ،" ސޭވް ދަ ޗިލްޑްރެން އިން ނެރުނު ބަޔާނުގައި، ފަލަސްތީނުގައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޖޭސަން ލީ ވިދާޅުވި އެވެ.
މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 8000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، އޭގެ ތެރެއިން ކުޑަކުދިންގެ ނިސްބަތް ވަނީ 40 ޕަސެންޓަށް ވުރެ މަތިވެފަ އެވެ. އޭގެ އިތުރުން، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި، ނުވަތަ އިޒްރޭލުގެ ހަމަލާތަކުގައި ހަށިގަނޑު ކުނޑިވެފައިވާނެ ކަމަށް ބެލެވޭ 1000 ކުއްޖަކު ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ އެވެ.
Children whose parents were martyred by occupied Israel are searching for their siblings on the street, confused about what to do ?#Gaza #FreePalenstine #tariqjameel #GazaWar #FreePalestine #starlinkforgaza #dagestan #NoOilForIsrael pic.twitter.com/dv03WYUsQP
— Gaza Palestine Speaks ?? (@AmirSpeak07) October 30, 2023
އިޒްރޭލުގެ ހަމަލާތަކަށް 23 ދުވަސް ވެގެން ދިޔަ އިރު، ގާޒާ އިން ޒަޚަމްވި 20000 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. މި މަހުގެ 7 ވަނަ ދުވަހު ގާޒާގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ފަށައި، އިޒްރޭލުން ވަނީ ގާޒާ އިން ފެނާއި ކަރަންޓު ކަނޑާލައި، ގާޒާ އަށް ކާބޯތަކެތި އެތެރެކުރުން މަނާކޮށްފަ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ސުންނާފަތިވުމުގެ ސަބަބުން އެތައް ހާސް ބަޔަކު މިހާރު ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބީ ހޮސްޕިޓަލުތަކާއި، ގާޒާގައި އދ.ގެ ފަރާތުން ހިންގާ ސްކޫލްތަކުގަ އެވެ. އޭގެ ތެރެއިން ގާޒާގެ އުތުރުގައި ހުރި އައްޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިޔާ ހޮސްޕިޓަލްގެ ވަށައިގެން ހުރި ތަންތަނަށް ބޮންއަޅައި، އެ ދެ ހޮސްޕިޓަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
He found them sitting on the road after the israelis bombed their home: they don't talk, they don't cry — shock #NoOilForIsrael | via @Kingmoj3 pic.twitter.com/Jb0RNYUPBi
— Sarah Wilkinson (@swilkinsonbc) October 29, 2023
އޭގެ އިތުރުން ގާޒާގެ ދެކުނުގައި ހުންނަ އަލް ގުދުސް ހޮސްޕިޓަލާ އެންމެ 50 މީޓަރު ކައިރިއަށް އިއްޔެ ހެނދުނު ބޮން އަޅައި، އެ ހޮސްޕިޓަލް ވަގުތުން ހުސްކުރުމަށް އިޒްރޭލުން އަންނަނީ އިއްޔެ އިން ފެށިގެން އިންޒާރު ކުރަމުންނެވެ. އެ ހޮސްޕިޓަލް ހުސް ނުކުރުމުން، އިޒްރޭލުން މިހާރު ގެންދަނީ އެ ހޮސްޕިޓަލުގެ ވަށައިގެން ހުރި އެހެން އިމާރާތްތަކަށް ބޮން އަޅައި ހަލާކު ކުރަމުންނެވެ.
އިޒްރޭލުން ގާޒާ އަށް ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި މިމަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
The israeli massacre ‘done-in-the-dark’ to hide their war crimes leaves children dead and survivors in agony with no pain relief | via @QudsNen pic.twitter.com/s1WPydElmV
— Sarah Wilkinson (@swilkinsonbc) October 29, 2023
އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތަކުގައި 24 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 8000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 20000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 3340 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2060 އަށް ވުރެ ގިނަ އަންހެނުންނާއި 460 އަށް ވުރެ ގިނަ މުސްކުޅިން ހިމެނެ އެވެ.
އޭގެ އިތުރުން ގާޒާގެ ހަނގުރާމައާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން އަޑުއުފުލަން ފެށުމާ ގުޅިގެން ހުޅަނގު އައްސޭރިއަށް އިޒްރޭލު ސިފައިން ވަދެގަނެ ހިންގަމުން ދާ އުދުވާނީ އަމަލުތަކަށް ތިން ހަފުތާ ވެގެން ދިޔައިރު، ޝަހީދުވި މީހުންގެ އަދަދު 120 އަށް އަރައިފި އެވެ. އަދި އިތުރު 2000 އަށް ވުރެ ގިނަ މީހުން ވަނީ، ހުޅަނގު އައްސޭރިން ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1500 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5130 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 310 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ފަލަސްތީނުގެ ރައީސަށް 24 ގަޑިއިރުގެ މުހުލަތެއް
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި
އިޒްރޭލުގެ ރަހީނުންނާ ސިންވާރު ބައްދަލުކުރެއްވި
ހަތަރު ދުވަހަށް ހަމަލާތައް މެދުކަނޑާލައިފި
އިޒްރޭލުން ފަލަސްތީނުގެ 880 ކުދިން ހައްޔަރުކޮށްފި
ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ