15 ފެބުރުއަރީ 2022
ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުން ސީޝެލްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗު 1-0 އިން ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ކާމިޔާބު ކޮށްފި އެވެ.
ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުން ސީޝެލްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ބައިނަލްއަގުވާމީ ރަހުމަތްތެރިކަމުގެ މެޗު 1-0 އިން ރާއްޖޭގެ އަންހެން ފުޓުބޯޅަ ޓީމު ކާމިޔާބު ކޮށްފި އެވެ.
މިދިޔަ މަހު 19 ވަނަ ދުވަހު އަންހެން ގައުމީ ޓީމަށް އަލަށް ހަވާލުވި ސާބިއާގެ ޑޭވޯ ބާބާއާ އެކު ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ވަރަށް ބޮޑަށް ކުރިޔަށް ޖެހިގެން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ.
ރާއްޖޭން މެޗު ކާމިޔާބުކުރި ލަނޑު މެޗުގެ 10 ވަނަ މިނިޓުގައި ޖެހީ މަރިޔަމް ނޫރާ އެވެ. ސީޝެލްސްގެ ޑިފެންޑަރު ފްލޮރެންސް އަތުން ބޯޅަ ހޯދައިގެން ނޫރާ ވަނީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މި ލަނޑަށް ފަހު ރާއްޖޭގެ ޓީމުގެ ވާތު ބެކް އައިޝަތު ޝިއުނާ އަށް އަނިޔާވެގެން ވަނީ ބަދަލު ކޮށްފަ އެވެ. ބަދަލުގައި ކުޅެން އެރީ އައިޝަތު ރަވީނާ އެވެ.
ރާއްޖޭން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އެފްއޭއެމް
ފުރަތަމަ ހާފުގައި ރާއްޖޭން ވަނީ ލަނޑުޖަހާނެ އިތުރު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. ނޫރާ ދިން ބޯޅައެއް ފާތިމަތު ޝާލިޔާ ސީޝެލްސްގެ ކީޕަރު ކުރިޔަށް އަރާ ހުރި ވަގުތު ބޯ މަތިން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން މަރިޔަމް ރިފާ ނެގި ކޯނަރަކުން ލިބުނު ބޯޅައެއް ފާތިމަތު ތީބާ ފޮނުވާލުމުން ދިޔައީ ގޯލު ކައިރިން ބޭރަށެވެ.
ދެވަނަ ހާފު ފެށިގެން ސީޝެލްސް ވަނީ ގާތްގާތުގައި ދެ ހަމަލާއެއް ރާއްޖޭގެ ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. އެޓީމުގެ ނަތާޝާ ބިބީ މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ކުރިޔަށް އަރައި ފޮނުވާލި ބޯޅަ ކީޕަރު އާމިނަތު ލީޒާ ދިފާއު ކުރުމުން ރީބައުންސްވެފައި އައި ބޯޅަ ނާލައިސް ފްރެޑް ފޮނުވާލުމުން ވެސް ލީޒާ ވަނީ ދިފާއު ކޮށްފަ އެވެ.
އޭގެ ފަހުން ރާއްޖޭގެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ކުޅުނު ކުޅުން ތަކުރާރު ކުރަން އިތުރު ހިތްވަރަކާ އެކު ކުޅެފަ އެވެ. ރާއްޖެ ޓީމުގެ ރިފާ ސީޝެލްސް ކުޅުންތެރިއެއްގެ ކައިރިން ނައްޓާފައި އަރިމަތިން ޖާގަ ހޯދާފައި ފޮނުވާލި ބޯޅައެއް ސީޝެލްސްގެ ކީޕަރު ދިފާއު ކުރިއިރު، ޝާލިޔާ އަށް ލިބުނު ފުރުސަތެއްގައި ފޮނުވާލި ބޯޅައަށް ހުރަސް އެޅީ ސީޝެލްސްގެ ޑިފެންޑަރެކެވެ. އޭގެ ފަހުން ވެސް ރިފާ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ގޯލާ އަމާޒު ކޮށްލެވޭ ގޮތެއް ނުވި އެވެ.
ރާއްޖެ ޓީމުގެ ރިފާ ބޯޅަ ހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އެފްއޭއެމް
މިއީ ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޮތް ސައުތު އޭޝިއަން ގޭމްސްގައި ސްރީ ލަންކާ އަތުން މޮޅުވި މެޗަށް ފަހު މޮޅެއް ހޯދި ފުރަތަމަ މެޗެވެ. އޭގެ ފަހުން ރާއްޖޭން ކުޅެފައި ވަނީ ހަމައެކަނި މިދިޔަ އަހަރު އޮތް އޭޝިއަން ކަޕް ކޮލިފައިންގެ ދެ މެޗެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަކީ ގައުމީ އަންހެން ޓީމު 2013 ވަނަ އަހަރަށް ފަހު ރާއްޖޭގައި ކުޅުނު ފުރަތަމަ ބައިނަލްއަގުވާމީ މެޗެވެ. އެ އަހަރު ގަތަރާ ދެކޮޅަށް މާލޭގައި ވަނީ ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. އެ ދެ މެޗު ވެސް ރާއްޖޭގެ ޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ މެޗު 1-0 އިން ކާމިޔާބުކުރިއިރު ދެވަނަ މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ.
ގަތަރާ ދެކޮޅަށް އެ އަހަރު ރާއްޖޭގެ ކެޕްޓަން ފަދުވާ ޒާހިރު ތިން ލަނޑު ޖެހިއިރު، މަރިޔަމް މިރްފަތު ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ. އެ ދެ ކުޅުންތެރިން ވެސް ގައުމީ ޓީމަށް ކުޅުން މިހާރު ހުއްޓާލާފައިވާއިރު، ދެ ކުޅުންތެރިންނަކީ މިހާރު އަންހެން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުންނެވެ.
ގަލޮޅު ދަނޑުގައި ރަހުމަތްތެރިކަމުގެ އިތުރު ދެ މެޗު ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ވެސް ރާއްޖެ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އަންނަ ހުކުރު ދުވަހުގެ ރޭ 9 ޖަހާއިރެވެ.
ލަންކާ ހަމަނުޖެހުމުން އަންހެން ޓީމު އިންޑިއާއާ ދެކޮޅަށް
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
ރޯދަ މަހު ކުޅެން ޖެހޭތީ އަންހެން ޓީމު ވާދަނުކުރާނެ
ރާއްޖެ ވާދަކުރާނީ މިޔަންމާ، އީރާން އަދި ބަންގްލަދޭޝްއާ
ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތް ސެޕްޓެމްބަރުގައި
އަންހެން ގައުމީ ޓީމު އެކުވެރިކަމުގެ މެޗުތަކެއް ކުޅެނީ
މިފަހަރު ބައިކޮޅަށް ވަނީ 4 ލަނޑު
އަންހެން ޓީމު ފުޑް ޕޮއިޒަންވެ ބޮޑު ދެރައެއް
ކޮލިފައިންގެ ފުރަތަމަ މެޗުން ރާއްޖެ ކޮޅަށް 16 ލަނޑު
ރާއްޖެ ފުތަރަމަ މެޗުގައި މިރޭ ވިއެޓްނާމާ ދެކޮޅަށް