03 ފެބުރުއަރީ 2022
ޖެނީވާ (ފެބްރުއަރީ 3) - ވަރަށް ހަލުވިކަމާ އެކު ފެތުރިގެންދާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިން އޮމިކްރޮންގެ ސަބް-ވޭރިއަންޓްތަކެއް 57 ގައުމުން މިހާތަނަށް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޖެނީވާ (ފެބްރުއަރީ 3) - ވަރަށް ހަލުވިކަމާ އެކު ފެތުރިގެންދާ ކޮރޯނާވައިރަހުގެ އާ ސްޓްރެއިން އޮމިކްރޮންގެ ސަބް-ވޭރިއަންޓްތަކެއް 57 ގައުމުން މިހާތަނަށް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ވަރަށް ބޮޑަށް މިއުޓޭޓްވެފައިވާ އޮމިކްރޮން ވޭރިއަންޓް މީގެ 10 ހަފުތާ ކުރިން ސައުތު އެފްރިކާ އިން ފެނުނު ފަހުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އެ ވޭރިއަންޓް ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. ޑަބްލިއުއެޗްއޯ އިން މިދިޔަ މަހު އެއްކުރި ކޮރޯނާވައިރަހުގެ ސާމްޕަލްގެ ތެރޭން 93 ޕަސެންޓަކީ އޮމިކްރޮން ވޭރިއަންޓެވެ. އެ ވޭރިއަންޓުގެ ބީއޭ.1، ބީއޭ1.1، ބީއޭ.2 އަދި ބީއޭ.3 ވަނީ ސަބް-ވޭރިއަންޓުގެ ގޮތުގައި ފާހަގަކުރެވިފަ އެވެ.
އޮމިކްރޮން ކޭސްތަކުގެ 96 ޕަސެންޓް ހިއްސާކޮށްފައި ވަނީ، އެންމެ ފުރަތަމަ ފާހަަގަކުރެވުނު ސަބް-ވޭރިއަންޓް ވާސަން ބީއޭ.1، ބީއޭ1.1 އެވެ. އެކަމަކު ބީއޭ.2 ސަބް- ވޭރިއަންޓް މާބޮޑަށް ހަލުވިކަމާ އެކު ފެތުރޭ ކަމަށް ޑަބްލިއުއެޗްއޯގެ ހިސާބުތަކުން ދައްކާ ކަމަށް ބުނެފައިވެ އެވެ. އަދި އެ ވޭރިއަންޓް ފެނިގެން 57 ގައުމަކުން ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަބް-ވޭރިއަންޓްތަކާ ބެހޭ ގޮތުން އަދި މިހާތަނަށް މާބޮޑު މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް އދ. ގެ ސިއްހަތާ ބެހޭ އެޖެންސީން ބުނެފައިވެ އެވެ. ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި ބީއޭ.2 އަކީ އޮރިޖިނަލް އޮމިކްރޮން އަށް ވުރެ މާ ބާރުމިނުގައި ފެތުރޭ އެއްޗެކެވެ.
ކޮރޯނާވައިރަހުގެ ކުރީގެ ވޭރިއަންޓްތަކަށް ވުރެ އޮމިކްރޮން ޖެހިގެން ކުރާ އަސަރު ކުޑަކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ. އެހެންވެ ބީއޭ.2 ސަބް-ވޭރިއަންޓް ޖެހިގެން ވެސް ބަލީގެ ހާލަތު ބޮޑު ނުވާ ކަމަށް ޑަބްލިއުއެޗްއޯގެ ކޮވިޑާ ބެހޭ ތަޖްރިބާކާރެއް ކަމަށްވާ މާރިއާ ވެން ކާކޯވް ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވީ ކޮވިޑަކީ ނުރައްކާތެރި ބައްޔެއް ކަމަށާއި އެ ބަލި ނުޖެހޭނެ ގޮތަށް ރައްކާތެރިވެގެން އުޅެން ޖެހޭ ކަމަށެވެ.
"މި ވައިރަސް ފެތުރޭ ކަމާއި ވައިރަސް ބަދަލުވެ އާ ވޭރިއަންޓްތައް އުފެދޭކަން އެންމެންނަށް ވެސް އެނގެން ޖެހޭނެ. ކޮންމެ ވޭރިއަންޓަކަށް ވިޔަސް މި ވައިރަސް ނާރާނެ ގޮތަކަށް އުޅުން ވަރަށް މުހިންމު،" ކާކޯވް ވިދާޅުވި އެވެ.
އޮމިކްރޯން ފެތުރެން ފެށި ފަހުން ބައި މިލިއަން މަރު
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ
އޮމިކްރޯން ފެތުރެނީ ހީނުކުރާހާ ހަލުވިކޮށް
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ
ކޮވިޑްގެ އާ ވޭރިއަންޓަށް "އޮމިކްރޯން" ކިޔާތީ ކޯޓަށް
ދަތުރުކުރުން މަނާކުރިޔަސް އޮމިކްރޮން ފެތުރުން ނުހުއްޓޭނެ
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
"އާއިލާގެ ސަޕޯޓް ދަށްވެ ސްކޫލްގެ ޕްރެޝަރު ބޮޑުވެއްޖެ"
"އަންރްވާ މަނާކުރިޔަސް އިޒްރޭލަށް މޮޅެއް ނުވާނެ"