01 ޑިސެމްބަރ 2021
ޖެނީވާ (ޑިސެމްބަރު 1) - ދަތުރުފަތުރުކުރުން މަނާކޮށްގެން، ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޮން ފެތުރުން ނުހުއްޓުވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ޖެނީވާ (ޑިސެމްބަރު 1) - ދަތުރުފަތުރުކުރުން މަނާކޮށްގެން، ކޮވިޑުގެ އާ ވޭރިއަންޓް، އޮމިކްރޮން ފެތުރުން ނުހުއްޓުވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.
ސައުތު އެފްރިކާ އިން ފެނުނު ކޮވިޑުގެ އާ ވޭރިއަންޓާ ގުޅިގެން ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ އެފްރިކާ ސަރަހައްދުން ދަތުރުކުރާ މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެކަމަކު ޑަބްލިއުއެޗްއޯ އިން ބުނީ ދަތުރުކުރުން މަނާކުރުމުގެ ސަބަބުން ލިބޭނެ ފައިދާ އަށް ވުރެ ގެއްލުން ބޮޑު ކަމަށެވެ. ނަމަވެސް ވެކްސިން ނުޖަހާ ތިބި މީހުންނާއި ކޮވިޑް 19 ޖެހުމުގެ ބިރު އޮތް އުމުރުން ދުވަސްވީ މީހުން ބަލި ފެތުރޭ ސަރަހައްދުތަކަށް ފަތުރުކުރުމުގައި ސަމާލުވުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވަނީ އާ ވޭރިއަންޓާ ދެކޮޅަށް ދުނިޔޭން ގުޅިގެން ފިޔަވަޅުތައް އެޅުމަށް ގޮވާލައްވައިފަ އެވެ.
ސައުތު ކޮރެއާގެ ސޯލްގެ އެއާޕޯޓުގައި ފަސިންޖަރުން އިއްޔެ ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި އޮމިކްރޮންގެ މިއުޓޭޝަންތައް ގިނަވުމުން އެ ވޭރިއަންޓް ފެތުރޭލެއް ވަރަށް ބޮޑަށް ހަލުވިވާނެ އެވެ. އޮމިކްރޮން މިހާތަނަށް ވަނީ އޮސްޓްރޭލިއާ، އިނގިރޭސި ވިލާތް، ކެނެޑާ، ހޮން ކޮންގް، އިޒްރޭލް، އިޓަލީ އަދި ޕޯޗުގަލް އިން ފެނިފަ އެވެ. ލެޓިން އެމެރިކާ އިން ވެސް ވަނީ ދެ ކޭސް އަންގާރަ ދުވަހު ރިޕޯޓްކޮށްފަ އެވެ. އެއީ ސައުތު އެފްރިކާ އިން ބްރެޒިލް އަށް ދަތުރުކުރި ދެ މީހުންނެވެ. ޖަޕާނުން ވެސް ވަނީ އޮމިކްރޮން އަށް ޕޮޒިޓިވް މީހަކު ފެނިފަ އެވެ.
އޮމިކްރޮން ވޭރިއަންޓާ ގުޅޭ ގޮތުން ސައެންސްވެރިން އަދިވެސް ދަނީ ދިރާސާތައް ކުރަމުންނެވެ. ސައުތު އެފްރިކާ އިން އެންމެ ފުރަތަމަ މި ވޭރިއަންޓް ދެނެގަތް ޑޮކްޓަރު ވިދާޅުވެފައި ވަނީ އޮމިކްރޮންގެ ބަލި މީހުންގެ ފަރާތުން މިހާތަނަށް ފެނިފައި ވަނީ ވަރަށް އާދައިގެ އަލާމަތްތަކެއް ކަމަށެވެ.
އޮމިކްރޯން ފެތުރެން ފެށި ފަހުން ބައި މިލިއަން މަރު
އޮމިކްރޮންގެ ސަބް-ވޭރިއަންޓެއް 57 ގައުމުން ފެނިއްޖެ
ދެން އުފެދޭ ކޮވިޑް ވައިރަސް ފެތުރުން މާ ހަލުވި ވެދާނެ
އޮމިކްރޯން އާއި ޑެލްޓާއިން ކޮވިޑްގެ ސުނާމީއެއް އުފެދެނީ
އޮމިކްރޯން ފެތުރެނީ ހީނުކުރާހާ ހަލުވިކޮށް
އޮމިކްރޯން ފެތުރުން ހަލުވި، ވެކްސިންގެ ބާރު ދަށްވޭ
ކޮވިޑްގެ އާ ވޭރިއަންޓަށް "އޮމިކްރޯން" ކިޔާތީ ކޯޓަށް
ޗައިނާ މީހުންނަށް ވިސާދިނުން މެލޭޝިއާއިން ހުއްޓާލައިފި
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
"އާއިލާގެ ސަޕޯޓް ދަށްވެ ސްކޫލްގެ ޕްރެޝަރު ބޮޑުވެއްޖެ"