27 ޖެނުއަރީ 2020
ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު، ޗައިނާގެ ހުބޭ ޕްރޮވިންސްގެ މީހުން މެލޭޝިއާއަށް ދަތުރުކުރުން މެލޭޝިއާ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނު، ޗައިނާގެ ހުބޭ ޕްރޮވިންސްގެ މީހުން މެލޭޝިއާއަށް ދަތުރުކުރުން މެލޭޝިއާ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނަކާ ހަވަލާދީ އެގައުމުގެ ނޫސްތަކުން ބުނީ ވިސާއާ ނުލައި އެތެރެވުމާއި، އޮން އެރައިވަލް ވިސާ ފަދަ އެންމެހާ ހިދުމަތްތައް ހުބޭ ޕްރޮވިންސްގެ މީހުން ދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އެ ފިޔަވަޅު އެޅީ ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމަށް ޓަކައި ހާލަތު ރަނގަޅުވުމުން އަލުންް އެ ހިދުމަތްތައް ދޭން ފަށާނެ ކަަމަށް ވެސް މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދުގެ އޮފީހުން ނެރުނު ބަޔާނުގައި ވެެ އެވެ.
ގިނަ އަދަދެއްގެ ދިވެހިން ވެސްް ދިރިއުޅޭ މެލޭޝިއާ އާއި ޗައިނާއާ ދެމެދު ގިނަ އަދަދެއްގެ މީހުން ކޮންމެ ދުވަހަކު ވެސް މީގެ ކުރިން ދަތުރުކުރެ އެވެ.
ނޮވެލް ކޮރޯނާ ވައިރަސް ފުރަތަމަ ފެނުނީ ޗައިނާގެ ހުބޭ ޕްރޮވިންސްގެ ވެރިރަށް ވޫހާން އިން މިދިޔަ ޑިސެމްބަރު މަހު އެވެ.
އެވައިރަސް މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުންނަށް ޖެހި، އޭގެ ތެރެއިން 80 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ވައިރަސް ފެތުރެމުންދާލެއް އަވަސްކަމުން ޗައިނާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑު ހާސްކަމެއް އުފެދިފަ އެވެ. ވައިރަސް ފެތުރޭތީ ޗައިނާގެ 12 ވަރަކަށް ރަށް މިހާރު ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ރަށްތަކުގައި 50 މިލިޔަނަށް ވުރެ ގިނަ މީހުން ކަރަންޓީނު ވެފައި އެބަ ތިއްބެވެ.
ކޮރޯނާ ވައިރަސް އިން ޖެހޭ ރޯގާގައި ފުރަތަ އަލާމާތަކީ ހުން އައުމެވެ. ނޭފަތް ބެދުމާއި ކެއްސުންއަދި ނޭވާލާން އުނދަގޫވުން ފަދަ އަލާމާތްތައް އެއަށް ފަހު ފެނެ އެވެ.
ކޮރޯނާ ވައިރަސް ފެތުރޭތީ ރާއްޖޭން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް އަޅާފަ އެވެ. ބުދަ ދުވަހު އަމީން ވިދާޅުވީ ކަމެއް ދިމާވެއްޖެ ހާލަތުގައި (ކޮރޯނާ ވައިރަސް ރާއްޖެ އަށް އަތުވެއްޖެ ނަމަ) ދެން ކަންތައްތައް ކުރަންވާނެ ގޮތް ވެސް ވިސްނައި ތައްޔާރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކޮރޯނާ ވައިރަސްގެ މައްސަލަ އަށް ސަމާލުކަންދީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަަމަށެވެ.
ޑެލްޓާ ބާވަތުގެ ވައިރަހާ އެކު އޭޝިޔާގެ ހާލަތު ގޯސްވަނީ
ވައިރަހާ ހެދި ޕެޓްތައް ވެސް މާސްކް އަޅުވާފައި
ދޮގު ވާހަކަ ފަތުރައިގެން ލިބޭނީ ބޮޑު ގެއްލުމެއް
ޗައިނާއަށް ނުގޮސް، ވޫހާން ވައިރަސް އަދި އެރީ އެކަކަށް
ސިއްހީ މުހިއްމު މައުލޫމާތު ލިބޭ ޕޯޓަލްއެއް ލޯންޗްކޮށްފި
ދުނިޔޭގެ ކޮލެރާ ވެކްސިން ސްޓޮކް ހުސްވެއްޖެ
ވިލިމާލޭގައި ހޮސްޕިޓަލްގެ ޑިޒައިންގެ މަސައްކަތް ފަށަނީ
ވޭޕް މަނާކުރާތީ ޑަބްލިއުއެޗްއޯއިން މަރުހަބާ ކިޔައިފި
ރާއްޖެއަށް އެމްޕޮކްސް ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި
އެމްޕޮކްސް: ރާއްޖެއިން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ