02 ފެބުރުއަރީ 2022
ސައުދީ އަރަބިއާގެ ބާސްކެޓް ބޯޅަ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކުރިން ހޯދައިފައިވާ، އާލޮންޑޯ ކުކް (ބެންޑޯ) ރާއްޖޭގެ ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއިކޮށްފި އެވެ.
ސައުދީ އަރަބިއާގެ ބާސްކެޓް ބޯޅަ ލީގުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ކުރިން ހޯދައިފައިވާ، އާލޮންޑޯ ކުކް (ބެންޑޯ) ރާއްޖޭގެ ކިންގްސް ބާސްކެޓްބޯޅަ ކްލަބަށް ސޮއިކޮށްފި އެވެ.
ދުނިޔޭގެ ބާސްކެޓްބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު އެމެރިކާ އަށް އުފަން، ބެންޑޯ އަކީ އިސްކޮޅުގައި ހަ ފޫޓު، އަށް އިންޗި ހުންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ ޔޫއޭއީ އާއި އުރުގުއޭ އަދި އާޖެންޓީނާގެ ބާސްކެޓް ލީގުގައި ވެސް ކުޅެފަ އެވެ.
މިމަހު ފަށާ ގައުމީ ލީގުގެ ތަށި މިލްކު ކުރުމުގެ އަމާޒުގައި ކިންގްސް އިން ވަނީ ވަރުގަދަ ޓީމެއް އެކުލަވައިލައިފަ އެވެ. މީގެ ކުރިން އެ ޓީމަށް ކުޅުނު އެމެރިކާގެ ޑިކޯރޭ ޖޯންސް ވެސް ވަނީ އަލުން ގެނެސްފަ އެވެ. އެންމެ ފަހުން ކިންގްސް އިން ގައުމީ ލީގު ކާމިޔާބު ކުރިއިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ގައުމީ ލީގުގައި އެ ޓީމަށް އިރުޝާދު ދޭނީ ކުރިން ވެސް ކިންގްސްގައި މަސައްކަތް ކުރި ފިލިޕީންސްގެ އެރިކް ސަމްސަން އެވެ. އޭނާ އަށް އެހީވުމަށްޓަކައި ކިންގްސްގެ އެކަޑެމީ ކޯޗް ޖޭ ސަލަޒާ އާއި ކިންގްސްގެ ކުރީގެ ކެޕްޓަން މުހައްމަދު ޒިލާލް ވެސް ހަރަކާތްތެރި ވާނެ އެވެ.
ކިންގްސް އަށް އަލަށް ސޮއިކުރުވި ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަ ކުރެވޭ ދިވެހި ކުޅުންތެރިޔަކީ ޓީރެކްސް އަށް ހަތް އަހަރު ކުޅުނު އިބްރާހިމް ރަޝްވާން (ޗިކު) އެވެ. އަދި ކުރިން ޓީރެކްސް އަށް ކުޅުނު އަހްމަދު ހުޝާމް (ތުއްބެ) ވެސް ވަނީ ކިންގްސް އަށް ސޮއިކޮށްފަ އެވެ.
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް
ކިންގްސްގެ ދެ ކުޅުންތެރިން ޓްރޭނިން އަށް ދުބާއީ އަށް
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
ސްޓިންގާސްގެ ބޮމްބެ ވެސް ކިންގްސް އަށް ސޮއިކޮށްފި
ކިންގްސްގެ ކެޕްޓަން ފިރާ ވެސް ވާދަވެރި ޓީރެކްސް އަށް
ސްޓިންގާސް ދޫކޮށް ސަބީހް ޗެމްޕިއަން ކިންގްސް އަށް
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
ޗިކަނޭ އަށް އަނިޔާވެ ކަރުކަށިގަނޑުގައި ރެނދުލައިފި