Roadha Mihaaru
ހަނިމާދޫ ހައުސިން ބިޑް އަލުން އިވެލުއޭޓްކުރަން އަމުރެއް

އެސްޖޭގެ ބިޑާ އެކު ހަނިމާދޫ ހައުސިން މަޝްރޫއުގެ ބިޑްތައް އަލުން އިވެލުއޭޓްކުރަން އަމުރުކޮށްފި

02 ޖެނުއަރީ 2022

ހދ. ހަނިމާދޫގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހދ. ހަނިމާދޫގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓްގެ މަޝްރޫއުގެ ބިޑްތައް އެސްޖޭ ކޮންސްޓްރަކްޝަންގެ ބިޑް ހިމަނައިގެން އަލުން އިވެލުއޭޓް ކުރަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހަނިމާދޫގައި އިމާރާތްކުރަން ފަށާފައިވާ 52 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށާއި އަލަށް އިމާރާތްކުރާ 48 ހައުސިން ޔުނިޓް އެޅުމަށް މިދިޔަ ޖުލައި މަހު ސަރުކާރުން ހަވާލުކުރީ ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަޝްރޫއުއަށް އެސްޖޭ ކޮންސްޓްރަކްޝަނުން ބިޑް ހުށަހެޅިޔަސް، އެ ބިޑް ފުރިހަމަނުވާ ކަމަށް ބުނެ ނޭޝަނަލް ޓެންޑާ ބޯޑުން އެ ބިޑްތައް އިވެލުއޭޓް ކޮށްފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ ބިޑްތައް އިވެލުއޭޓް ކުރަން އަމުރުކޮށް ދިނުމަށް އެދި އެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެސްޖޭގެ ބިޑްތައް ޓެންޑާ ބޯޑުން އިވެލުއޭޓް ނުކުރަން ނިންމާފައި ވަނިކޮށް ރިވިއު ކޮމެޓީން އެ މައްސަލަ ބެލުމަށްފަހު އެ ބިޑްތައް ބަލައިގަންނަންޖެހޭ ކަމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ ނިންމުމަށް ޓެންޑާ ބޯޑުން އަމަލުކުރަން ޖެހޭނެ ކަމަށާއި އެކަމަކު ޓެންޑާ ބޯޑުން ބިޑްތައް އިވެލުއޭޓް ކުރީ ރިވިއު ކޮމެޓީގެ ނިންމުމަށް އަމަލު ކުރުމެއް ނެތި ކަމަށާއި އެހެންވެ، އެއީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ހުކުމުގައި އަންގާފައިވަނީ އެސްޖޭ ކުންފުނީގެ ބިޑްތައް ބަލައިގަތުމަށާއި އެ ބިޑްތައް ހިމެނޭހެން މިއަދުން ފެށިގެން 20 ދުވަސް ތެރޭގައި ހުރިހާ ބިޑްތައް އަލުން އިވެލުއޭޓް ކުރުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށް އެ މަޝްރޫއު ހަވާލުކުރަން ދައުލަތުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ހަނިމާދޫ ހައުސިން ޔުނިޓްގެ މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން 79.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫއު އެކެވެ.