01 ފެބުރުއަރީ 2017
ދ. ވާނީ ރައްޔިތުންނަށް ދ. ކުޑަހުވަދޫގައި އެޅި ހައުސިން ޔުނިޓުން ފްލެޓް ނުލިބުނު މީހަކަށް ފްލެޓް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ދ. ވާނީ ރައްޔިތުންނަށް ދ. ކުޑަހުވަދޫގައި އެޅި ހައުސިން ޔުނިޓުން ފްލެޓް ނުލިބުނު މީހަކަށް ފްލެޓް ދިނުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން އެ ގޮތަށް އަމުރުކުރީ ވާނީ މީހުން ކުޑަހުވަދު އަށް ބަދަލުކުރަން އެޅި 53 ހައުސިން ޔުނިޓްގެ ތެރެއިން 50 ޔުނިޓް މީހުންނާ ހަވާލު ކުރި އިރު އެ ލިސްޓުގައި ނުހިމެނުނު ވާނީގެ ގޯއްޗެއްގެ ވެރި ފަރާތުން އެ މައްސަލަ ހުށަހެޅުމުންނެވެ.
ހައުސިން ޔުނިޓް ލިބޭ ލިސްޓުގައި އެ ގޯތީގެ ނަން ނެތީ ސުނާމީގެ ކުރިން އެ ގޯތީގެ ރަޖިސްޓްރީ ހައްދާފައި ނެތުމުން ކަމަށާއި ހައުސިން ޔުނިޓްތައް ދިނީ ސުނާމީގެ ކުރިން ރަޖިސްޓްރީ ހައްދާފައިވާ ގޯތިތަކަށް ބަލައިގެން ކަމަށް ހައުސިން މިނިސްޓްރީން ކޯޓުގައި ބުނެފައިވެ އެވެ.
އެކަމަކު ކޯޓުގެ ހުކުމުގައިވަނީ އެ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރި ތާރީޚަކީ ސުނާމީ އަށް ވުރެ ފަހުގެ ތާރީޚެއް ކަމަށްވިޔަސް އެ ގޯއްޗަކީ 2001 ވަނަ އަހަރު ހަވާލުކޮށްފައިވާ ގޯއްޗެއް ކަން ސަރުކާރުގެ ލިޔުންތަކުން އެނގޭ ކަމަށެވެ. އަދި ސަރުކާރުގެ އިދާރާތަކުން ދޫކުރާ ލިޔުންތަކަކީ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު އެ އަށް ބުރަވާންޖެހޭ ފަދަ ހެއްކެއް ކަމަށް އެ ހުކުމުގައިވެ އެވެ.
މީގެ އިތުރުން އެރަށަށް ސުނާމީ ކާރިސާ ކުރިމަތިވި އިރު އެ ފަދަ ކާރިސާއަކަށް ފަހު އެ ލިޔުން އެ ގޯތީގެ ވެރި ފަރާތުގެ އަތުގައި ނެތުމަކީ އޭގެ ކުރިން އެ ގޯތި ވަކި ގޯއްޗެއްގެ ގޮތުގައި ރެކޯޑްކޮށްފައި ނުވާ ކަމުގެ ދަލީލެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
އިސް ގާޒީ އަބްދުﷲ އަލީ ކުރެއްވި ހުކުމުގައި ދައުލަތަށް އަންގާފައިވަނީ ހައުސިން ޔުނިޓް ލިބޭ މީހުންގެ ފައިނަލް ލިސްޓުގައި އެ ގޯތީގެ ނަން ހިމެނުމަށެވެ.
އެގޮތަށް ހުކުމް ކުރި އިރު 2015 ގައި ސަރުކާރުން ވަނީ އެ 50 ހައުސިން ޔުނިޓް އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. ވާނީ އަކީ މީހުން ދިރިނޫޅޭ ރަށެއްގެ ގޮތުގައި 2014 އިން ފެށިގެން ރައީސް ޔާމީން ވަނީ ކަނޑައަޅުއްވައިފަ އެވެ.
ހަނިމާދޫ ހައުސިން ބިޑް އަލުން އިވެލުއޭޓްކުރަން އަމުރެއް
12 މިލިއަން ޑޮލަރު ހޯދަން ސީލައިފް އިން ކޯޓަށް
ޕީބީޑީސީގެ ހަ މިލިއަން ޑޮލަރު ދައުލަތުން ދޭކަށް ނުޖެހޭ
އެފްޑީސީން 13،000 ހައުސިން ޔުނިޓް އަޅަން ފަށަނީ
އޭދަފުށީގައި 1000 ފްލެޓް އަޅަން ހަވާލުކޮށްފި
"ފްލެޓް ގަތީ ފަސް އަހަރު ކުރިން ލޯނެއް ނަގައިގެން"
ފާރު ތަޅާލި މައްސަލާގައި ކައުންސިލާ ދެކޮޅަށް އަމުރެއް
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ތިން މަސް ތެރޭ ގޯތިތައް ހަވާލުކުރާ ބިލު ބޭރުކޮށްލައިފި
އޭދަފުށީގައި 1000 ހައުސިން ޔުނިޓް އަޅަނީ