Roadha Mihaaru
ޕީބީޑީސީގެ ހަ މިލިއަން ޑޮލަރު ދައުލަތުން ދޭކަށް ނުޖެހޭ

ޕީބީޑީސީގެ ހަ މިލިއަން ޑޮލަރުގެ ދަރަންޏަށް ދައުލަތުން ޒިންމާވާކަށް ނުޖެހޭނެ: ކޯޓު

15 ޖެނުއަރީ 2017

ގއ. އަތޮޅުގައި ސަރުކާރުން ހިިންގި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތްކުރި ބޭރުގެ ކުންފުންޏެއް ކަމަށްވާ ޕާފޯމަންސް ބިލްޑާސް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އިން ދިވެހި ކުންފުންޏަކަށް ދޭންޖެހޭ ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ދައްކަން ޖެހުމުގެ ޒިންމާ ދައުލަތުން އުފުލަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. އަތޮޅުގައި ސަރުކާރުން ހިިންގި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތްކުރި ބޭރުގެ ކުންފުންޏެއް ކަމަށްވާ ޕާފޯމަންސް ބިލްޑާސް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އިން ދިވެހި ކުންފުންޏަކަށް ދޭންޖެހޭ ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ދައްކަން ޖެހުމުގެ ޒިންމާ ދައުލަތުން އުފުލަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ސުނާމީއާ ގުޅިގެން ގެދޮރު ގެއްލުނު ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ސަރުކާރުން ހަވާލުކުރީ ވިމްލާ ކޮންސްޓްރަކްޝަނާ އެވެ. ފިލިޕީންސްގެ ކުންފުންޏެއް ކަމަށްވާ ޕީބީޑީސީ އަކީ ވިމްލާ އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް އުސޫލުން ހަވާލުކުރި ކުންފުންޏެވެ.

ޕީބީޑީސީން ހަ މިލިއަން ޑޮލަރު ދައްކަން ޖެހެނީ އެ ކުންފުންޏަށް ސިމެންތި ފޯރުކޮށްދިން ވިމް ކޮމް ޕްރައިވެޓް ލިމިޓެޑް ކިޔާ ދިވެހި ކުންފުންޏަކަށެވެ. އެއީ އެ ކުންފުންޏަށް ފޯރުކޮށްދީފައިވާ ސިމެންތީގެ އަގާއި އެ ފައިސާ ނުދެއްކުމުން އަރާފައިވާ އިންޓްރެސްޓާއި ޖޫރިމަނާ ފައިސާ އެވެ. އެ ފައިސާ ތިން މަސް ތެރޭގައި ދައްކަން ޕީބީޑީސީގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ މެއި މަހު އެންގިޔަސް އެ ފައިސާ ނުދައްކަ އެވެ.

ޕީބީޑީސީ އިން ފައިސާ ނުދެއްކުމުން އެ ހުކުމް ތަންފީޒު ކުރަން ވިމް ކޮމް ކުންފުނިން ކޯޓަށް މައްސަލަ ހުށަހަޅައިި، ބުނެފައިވަނީ އެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލަން ޖެހޭނީ ދައުލަތުން ކަމަށެވެ. އެ ނުކުތާގައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެކަމުގެ ޒިންމާ ދައުލަތުން ނަގަން ނުޖެހޭނެ ކަމަށެވެ.

ސަބަބެއް ކަމަށް އެ ނިންމުމުގައިވަނީ، އެ މައްސަލައަކީ ޕީބީޑީސީ އާއި ވިމް ކޮން ކުންފުންޏާ ދެމެދު ކުރެވުނު މުއާމަލާތެއްގެ މައްސަލައެއް ކަމަށްވެފައި ޕީބީޑީސީއަކީ ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ކުންފުންޏެއް ކަމަށްވުމެވެ. އަދި އެ މައްސަލާގެ ތެރެއަށް ދައުލަތް ތަދައްޚުލް ކުރުވުމުން، އެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލަން ދައުލަތުން އިންކާރު ކުރާ ކަމަށް ވެސް ގާޒީ ހަސަން ފަހީމް ނިންމެވި އެ ނިންމުމުގައިވެ އެވެ.

ޕީބީޑީސީއަކީ އަމިއްލަ ފަރުދެއްގެ ނަމުގައި ރާއްޖޭގައި ރީ ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. ކުންފުންޏާ ބެހޭ ގާނޫނު އޮންނަ ގޮތުން ރީ ރަޖިސްޓްރީކުރާ ކުންފުނިތަކަކީ ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިގެންވާ ވަކި ގާނޫނީ ޝަހުސެކެވެ.