Roadha Mihaaru
ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

30 އެޕްރީލް 2022

ޑިޒައިން އެންޑް ބިލްޑް އުސޫލުން، ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން، ގދ. ތިނަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޝަރުތު ހަމަވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފަ އެވެ.

ބިޑް ސެކިއުރިޓީގެ ގޮތުގައި 1،050،000ރ. ހުށަހަޅަން ޖެހޭ، އެ ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ފީގެ ގޮތުގައި 500ރ. ދައްކައިގެންނެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 30 ގަ އެވެ.

ތިނަދޫގައި 2016 ވަނަ އަހަރު ވެސް ވަނީ 120 ހައުސިން ޔުނިޓް ހަދައި، މީހުންނާ ހަވާލުކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން މި މަހު ވަނީ އެކި ރަށްރަށުގައި ޑިޒައިން އެންޑް ބިލްޑް އުސޫލުން ހައުސިން ޔުނިޓްތައް އަޅާނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. މިހާތަނަށް ވަނީ ށ. ކޮމަންޑޫގައި 30، ޅ. ކުރެންދޫގައި 50، އއ. ރަސްދޫގައި 50، ފުވައްމުލަކުގައި 200، ސ. ފޭދޫގައި 75 އަދި ސ. ހިތަދޫގައި 200 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.