14 ޖޫން 2016
ގދ.ތިނަދޫގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކަށް 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ގދ.ތިނަދޫގައި އިމާރާތް ކުރަމުން އަންނަ ފްލެޓުތަކަށް 100 އަށް ވުރެ ގިނަ މީހުން ކުރިމަތިލާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ ވިދާޅުވި ގޮތުގައި އެ ރަށުގައި އަޅަމުން އަންނަ 120 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ކައުންސިލުން ލަފާކުރާ ގޮތުގައި މުއްދަތު ހަމަވުމުގެ ކުރިން 1000 އާ ގާތްކުރާ އަދަދަކަށް ފޯމު ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. ތިނަދޫގައި އަޅައި ފްލެޓުތަކުގެ ތެރެއިން 100 ފްލެޓު ހާއްސަ ކުރަނީ ތިނަދޫ ރަށްވެހިންނަށެވެ. އަދި ބާކީ ފްލެޓުތައް ހާއްސަ ކުރަނީ ތިނަދުއަށް ހިޖުރަކުރާ މީހުންނަށެވެ.
ތިނަދޫގައި އަޅާ ފްލެޓްތައް: ފްލެޓުތަކަށް ގިނަ ބަޔަކު އެދޭނެ ކަމަށް ކައުންސިލުން ލަފާކުރޭ -- މިހާރު ފޮޓޯ
ގިނަ ފޯމުތަކެއް ކައުންސިލަށް ދޫކުރެވިފައި ވަނީ. އެހެންވީމަ އިތުރު މީހުން މި މަސް ނިމުމުގެ ކުރިން ފޯމު ހުށަހަޅާނެ ކަމަށް ލަފާ ކުރެވެނީ. --ސައުދު
ސައުދު ވިދާޅުވި ގޮތުގައި ފޯމުތައް ލިބުމުން އެ އެއްޗެހި ފޮނުވާނީ ހައުސިން މިނިސްޓްރީއަށެވެ.
ތިނަދޫ ފްލެޓުތަކުގައި މިހާރު ކުރަމުން އަންނަނީ ސިމެންތި ޖެހުމާއި ކުލަލުމުގެ މަސައްކަތެވެ.
ތިނަދޫގައި ފްލެޓު އެޅުމުގެ މަސައްކަތް ކުރަނީ ޗައިނާގެ ސީއެމްއީސީ ކުންފުނިންނެވެ. މި މަސައްކަތް ނިންމުމަށް ލަފާކޮށްފައި ވަނީ އަންނަ އޮގަސްޓް މަހަށެވެ.
ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ކަށަވަރު ނުކުރެވޭނެ
ފްލެޓްތަކަށް ކުލި ނުދައްކާތީ ފިޔަވަޅު އަޅަން އިންޒާރު
ދައުލަތަށް ބިން ދޫކޮށްލުމުން ފްލެޓް ހިލޭ ލިބޭނެ
ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށް ދީފި
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން
ދިއްދޫ ގެތައް އޭސީސީ، އޭޖީގެ ލަފާގެ މަތިން ދޫަކުރަނީ
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް
ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅުން: އުނދަގޫ މަސައްކަތެއް!
މުއިއްޒުގެ މައްޗަށް ތަހުގީގެއް ހިންގަން ޖެހޭ: ނަޝީދު
ފްލެޓް ލިބިފައިވާ މީހުންގެ ނަންތައް ހާމަކޮށްފި