ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ހުޅުވާލި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
01 ފެބުރުއަރީ 2025
ގދ. ތިނަދޫގެ 200 ހައުސިން ޔުނިޓަށް ކުރިމަތިލާން އެ ރަށު ސިޓީ ކައުންސިލުން މިދިޔަ ހަފުތާގައި ހުޅުވާލި އިއުލާން ބާތިލުކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.
އެ އިއުލާން ބާތިލުކުރަން އަންގައި، ހައުސިން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގެ ކޮޕީއެއް "މިހާރު"އަށް ވަނީ ލިބިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރު ހަސަން ވިސާލް ސޮއިކުރައްވައި ތިނަދޫގެ މޭޔަރު ސައުދު އަލީ އަށް ފޮނުއްވި އެ ސިޓީގައި ވަނީ ސަރުކާރުން އިމާރާތްކުރާ ހައުސިން ޔުނިޓްތައް އިމާރާތްކުރުމާއި ދޫކުރުމުގެ މަސައްކަތްކުރުމާއި ވިލަރެސްކުރުމުގެ މަސައްކަތަކީ މިނިސްޓްރީގެ މެންޑޭޓުގައި ހިމެނިފައިވާ ކަމެއް ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ހަވާލުކުރަނީ މިނިސްޓްރީން އެންޑޯސްކޮށް، ހުއްދަ ދޭ އުސޫލުތަކާ އެއްގޮތަށް ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.
އެ ސިޓީގައި ބުނި ގޮތުގައި، ތިނަދޫގައި މިހާރު އިމާރާތްކުރަމުން އަންނަ 200 ހައުސިން ޔުނިޓަކީ ވެސް މިނިސްޓްރީގެ ބެލުމުގެ ދަށުން އިމާރާތް ކުރަމުން އަންނަ ތަނަކަށް ވާތީ، އެ ތަންތަން ދޫކުރުމަށް އިއުލާންކުރުމުގެ ކުރިން، އުސޫލު ފައިނަލް ކުރުމާއި އެޕްލިކޭޝަންގެ މަރުހަލާ ކުރިއަށް ގެންދަން ވާނީ މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ނަމަވެސް، ތިނަދޫ ސިޓީ ކައުންސިލުން އެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން އާންމުންނަށް ހުޅުވާލީ މިނިސްޓްރީއަށް އެންގުމެއް ނެތި އަދި ހުއްދަ ހޯދުމެއް ވެސް ނެތި ކަމަށް އެ ސިޓީގައި ބުންޏެވެ.
އެހެންވެ، މިނިސްޓްރީން ވަނީ އެ އިއުލާން ބާތިލްކުރަން ތިނަދޫ ސިޓީ ކައުންސިލަށް އަންގައިފަ އެވެ.
ތިނަދޫ ފްލެޓުތަކަށް އެދި ގިނަ ބަޔަކު ކުރިމަތިލައިފި
ފްލެޓަށް އެދުނު މީހުންގެ މައުލޫމާތު ކަށަވަރު ނުކުރެވޭނެ
ތިނަދޫގެ ފްލެޓްތަކުގެ މަސައްކަތް ނިންމާލައިފި
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ހިޔާވެހި ސްކީމް: 2،200 މީހުން ލޯނަށް އެދެފި
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ