Roadha Mihaaru
ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށް ދީފި

ފްލެޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށް ދީފި

28 ސެޕްޓެމްބަރ 2020

މާލެ އާއި ހުޅުމާލެ އާއި ރަށްރަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ އާއި ހުޅުމާލެ އާއި ރަށްރަށުން ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި ހައުސިން ޔުނިޓްތަކުގެ ކުލި އިތުރު ތިން މަހަށް ފަސްކޮށްދޭން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ވަނީ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން މާލެ އާއި ހުޅުމާލެ އާއި އަތޮޮޅުތަކުގައި ދޫކޮށްފައި ހުރި ފްލެޓްތަކުގެ ކުލި މާޗް މަހުން ފެށިގެން ހަ މަހަށް ފަސް ކޮށްދީފަ އެވެ. އެ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ވަނީ ހަމަވެފަ އެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައިވަނީ ކުލި ފަސްކޮށް ދިނުމުގެ މުއްދަތު އިތުރުކުރަން ގިނަ ބަޔަކު އެދެމުންދާތީ މިމަހުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ފްލެޓާއި ހައުސިން ޔުނިޓްތަކުގެ ކުލި ފަސްކޮށްދޭން ނިންމާފައިވާ ކަމަށެވެ. ކުލި ދެއްކުން ފަސް ކުރިޔަސް، ފްލެޓްތަކުގެ މެއިންޓަނަންސް ފީ އެ މުއްދަތުގައި ދައްކަން ޖެހޭނެ ކަމަށާއި އަދި ކުލި ފަސްކުރާ މުއްދަތު އެގްރިމެންޓްގެ މުއްދަތަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ކުލި ފަސްކުރަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އީމެއިލް މެދުވެރިކޮށް އެކަން އެ މިނިސްޓްރީއަށް އަންގަން އެ އިއުލާނުގައިވެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ފްލެޓްތަކުގެ އިތުރުން ރިސޯޓްތަކާއި ދަނޑުވެރިކަމަށް ދޫކުރި ރަށްތަކާއި ބިންތަކުގެ ކުލި ވެސް ހަ މަހަށް ފަސްކޮށް ދިނެވެ. އަދި ބޭންކްތަކުން ވެސް ވަނީ ލޯނު ދެއްކުން ފަސްކޮށްދީފަ އެވެ.