Roadha Mihaaru
ޓްރީ ޓޮޕްގެ ފެމިލީ މެޑިސިން ކްލިނިކް ހުޅުވައިފި

ޓްރީ ޓޮޕްގެ ފެމިލީ މެޑިސިން ކްލިނިކް ހުޅުވައިފި

26 ޑިސެމްބަރ 2021

ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑެސިން ކްލިނިކްގެ ހިދުމަތްތައް ދޭން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓްރީ ޓޮޕް ހޮސްޕިޓަލުން ފެމިލީ މެޑެސިން ކްލިނިކްގެ ހިދުމަތްތައް ދޭން ފަށައިފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ ފުރަތަމަ ފްލޯގައި ހަދާފައިވާ ފެމީލީ މެޑިސިން ކްލިނިކުން ޑޮކްޓަރަށް ދައްކަން އަންނަ މީހުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އެމަޖެންސީ ކޮންސަލްޓޭޝަން ހިދުމަތްތައް ވެސް ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލް ފެމިލީ މެޑިސިން ކްލިނިކުން ޕްރިވެންޓިވް ކެއާ، ޗެކްއަޕް، ހެލްތު ރިސްކް އެސެސްމެންޓްސް، ވެކްސިނޭޝަން، ވޯކް ޕާމިޓް މެޑިކަލްސް އަދި ދުޅަ ހެޔޮ ދިރިއުޅުމެއް އުޅެން ބޭނުންވާ ކައުންސިލިން ހިދުމަތް ހިމެނެ އެވެ.

ފެމިލީ ކްލިނިކްގެ އިސް ދައުރަކީ މެހެމާނުންނަށް ޖެނެރަލް ކޮންސަލްޓޭޝަން އަދި ނޮން އެމަޖެންސީ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދިނުން ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

ފެމިލީ ކްލިނިކުން ފެމިލީ މެޑިސިން ސްޕެޝަލިސްޓް ޑރ.މަނާރް ކަރަމް ހިދުމަތް ދެއްވަ އެވެ. ޑރ.މަނާރް ވަނީ މިސްރުގެ އައިން ޝާމްސް ޔުނިވަސިޓީން މަތީ ތައުލީމް ހާސިލްކުރައްވައިފަ އެވެ. އޭނާ ވަނީ މިސްރުގެ ސިއްހީ ހިދުމަތްދޭ އެކި ތަންތަނުގައި ޖެނެރަލް ޕެރެކްޓިޝަނަރެއްގެ ގޮތުގައި 10 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. ޓްރީ ޓޮޕް ހޮސްފިޓަލުގެ ފެމިލީ މެޑިކަލް ކްލިނިކް އަމާޒަކީ ފަހުގެ ވަސީލަތްތަކާ އެކު އެންމެ ފުރިހަމަ ހިދުމަތްތައް މެހަމާނުންނަށް ފޯރުކޮށްދިނުމެވެ. މި ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު 3351610 އިން ލިބޭނެ އެވެ.