Roadha Mihaaru
ޓްރީޓޮޕުން ވިލިނގިލީގައި ހެލްތު ކޭމްޕެއް ބާއްވައިފި

ޓްރީޓޮޕުން ވިލިނގިލީގައި ހެލްތު ކޭމްޕެއް ބާއްވައިފި

02 ޖުލައި 2024

ޓްރީޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅަށް ހުޅުވާލައިގެން، އެ އަތޮޅު ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބާއްވައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީޓޮޕް ހޮސްޕިޓަލުން ގއ. އަތޮޅަށް ހުޅުވާލައިގެން، އެ އަތޮޅު ވިލިނގިލީގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕެއް ބާއްވައިފި އެވެ.

މިދިޔަ ހަފުތާގެ ބަންދުގައި ބޭއްވި މި ކޭމްޕުގައި 317 މީހުން ޑޮކްޓަރަށް ދެއްކި ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ. ވިލިނިގިލީގެ އިތުރުން އެ އަތޮޅު މާމެންދު އަށާއި ކޮލަމާފުށްޓާއި ގެމަނަފުށްޓާއި ދާންދު އާއި ކޮނޑޭ އާއި ނިލަންދޫ އަދި ކަނޑުހުޅުދޫ އިން ވެސް ކޭމްޕުގައި ބައިވެރިވި ކަމަށް ޓްރީޓޮޕުން ބުންޏެވެ.

ގއ. އަތޮޅުގައި ބޭއްވި މެޑިކަލް ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އެ އަތޮޅުގެ ސިއްހީ ދާއިރާގެ ބައެއް މީހުން ގުރޫޕް ފޮޓޯއަކަށް ތައްޔާރު ވެގެން.

ގއ. އަތޮޅުގައި ބޭއްވި މެޑިކަލް ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި އެ އަތޮޅުގެ ސިއްހީ ދާއިރާގެ ބައެއް މީހުން ގުރޫޕް ފޮޓޯއަކަށް ތައްޔާރު ވެގެން.

އެ ހޮސްޕިޓަލުން ބުނީ، ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން ބަލިތައް ދެނެގަތުމާއި ސިއްހީ ހޭލުންތެރިކަމާއި އަދި ޓްރީޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ފަރުވާގެ މައުލޫމާތުތައް އާންމުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މީހުންނާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއީއޯ ޑރ. ސްރިވަޓްސްން ސްރިދާރް ޖީ ވިދާޅުވީ، އެއީ މާލެ އިން ދުރު ރަށްރަށުގައި ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަން ބޭނުންވެފައިވާ މީހުންނަށް ވަރަށް މުހިއްމު ހަރަކާތެއް ކަމަށެވެ. މާލެއަށް ދަތުރުކުރުމަށް ހޭދަވާ ވަގުތާއި ހަރަދު ސަލާމަތް ކުރެވި، ފަސޭހަ އިން ސްޕެޝަލިސްޓް ޑަކްޓަރުންނަށް ދެއްކޭނެ މަގުފަހި ކޮށްދިން ކަމަށް ޑރ. ސްރިދާރް ވިދާޅުވި އެވެ.

ކޭމްޕުގައި ބައިވެރިވި ޑޮކްޓަރުންނަކީ:

- ކޮންސަލްޓަންޓް އިންޓަވެންޝަނަލް ކާޑިއޮލޮޖިސްޓު ޑރ. އަބްދުލް އަޒީޒު

- ކޮންސަލްޓަންޓް އީއެންޓީ ސްޕެޝަލިސްޓް ޑރ. ޗަންދްރަޝޭކަރު ރަވާލް

- ކޮންސަލްޓަންޓް އޯތޮޕީޑިކްސް، ޓްރޯމާ ސާޖަން ޑރ. މުހައްމަދު ހަބީބް

- ކޮންސަލްޓަންޓް އޯތޮޕީޑިކްސް، ޓްރޯމާ ސާޖަން ޑރ. އަލީ މުޒްނީ

- ކޮންސަލްޓަންޓް ޕުލްމޮނޮލޮޖިސްޓު ޑރ. ތެހްޒީބް ފާރުގީ

- ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓު ޑރ. މެހްމުތް އޮޑާ

ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ އަހަރަކު ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަލްޓި ސްޕެޝަލްޓީ ހެލްތު ކޭމްޕްތައް ބާއްވަ އެވެ. އެ ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތް ތަނުގައި އިތުރު އެހެން ސަރަހައްދު ތަކުގައިވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.