Roadha Mihaaru
ތަދުވާ ހުޅުތަކަށް ޓްރީޓޮޕްގައި ހާއްސަ އިންޖެކްޝަނެއް

ތަދުވާ ހުޅުތަކަށް ހާއްސަކޮށް ޓްރީޓޮޕްގައި އިންޖެކްޝަނެއް ދޭން ފަށައިފި

10 ޑިސެމްބަރ 2023

ހުޅުތަކުގައި ރިއްސާ މީހުންނަށް ހާއްސަކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުތަކުގައި ރިއްސާ މީހުންނަށް ހާއްސަކޮށްގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް މިއަދު ފަށައިފި އެވެ.

އެ ހޮސްޕިޓަލްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ކަށީގެ ޑޮކްޓަރު، ޑރ. ކަންނިއްރަޖް މަރްމުތު ވިދާޅުވީ ކަކުލު ހުޅާއި ފުންނާބާއި ފައިގެ ފަލަމަސްގަނޑުން ފެށިގެން އުޅަނބޮށި އަދި ކޮނޑުގައި ރިއްސާ ނަމަ ޕިޒިއޮތެރަޕީ އަދި އެހެނިހެން ފަރުވާތައް ދޭ ކަމަށެވެ.

ނަމަވެސް، ޕްލެޓްލޭޓް-ރިޗް ޕްލާސްމާ (ޕީއާރުޕީ) އަކީ އެ ފަރުވާތަކުން ވެސް ރިހުމަށް ލުޔެއް ނުލިބޭ ނަމަ ދޭ ފަރުވާ އެވެ.

އެ ޕްރޮސީޖާ ފަށަނީ، ފަރުވާ ހޯދާ މީހާގެ ގައިން ލޭ ނެގުމަށް ފަހު، މެޝިނެއްގެ ތެރެއަށް ބްލަޑް ޓިއުބް ލުމަށްފަހުގަ އެވެ. އޭގެ ފަހުން، ގާތްގަނޑަށް ހައެއްކަ މިނެޓު ފަހުން އެ ޓިއުބް ނަގާއިރު ހުންނާނީ ޕްލާސްމާ އަދި ލޭ ވަކިވެފަ އެވެ.

އެ ޕްލާސްމާ ފޮނުވަނީ، އެ ހުޅަކަށް ޖަހާ އިންޖެކްޝަނަކުންނެވެ.

ޓްރީޓޮޕްގައި ޕީއާރުޕީ ފެށުމަށް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓަރު ޑރ. ލެޑަން (މ) އަދި ކަށީގެ ޑޮކްޓަރު، ޑރ. ކަންނިއްރަޖް މަރްމުތު ބައިވެރިވެވަޑައިގަންނަވަނީ.- ފޮޓޯ: ޓްރީޓޮޕް

ކަންނިއްރަޖް ވިދާޅުވީ އެ ފަރުވާ ދޭނީ ހުޅުގައި އެ ތަދު ހުންނަ މިންވަރަށެވެ. ކުޑަކޮށް ތަދު ހުންނަ ނަމަ އެއް އިންޖެކްޝަނުން ވެސް ރަނގަޅުވާނެ އެވެ. އެހެން ނޫނީ އިތުރު އިންޖެކްޝަން ދޭންޖެހޭނެ އެވެ.

ޕީއާރުޕީއަކީ، ބޯ ތަލަވުމަށް ވެސް އޮތް ފަރުވާއެކެވެ. އެކަމަކު، ޓްރީޓޮޕްގައި މި ވަގުތު މި ފަރުވާ ފެށީ ހުޅުތަކުގައި ރިއްސާ މީހުންނަށެވެ.

އެ ފަރުވާ އަދި އާސަންދައިން ކަވައެއް ނުކުރެ އެވެ. އެކަމަކު، އިންޝުއަރެންސް ފޯރުކޮށްދޭ ފަރާތްތަކާއެކު އަންނަނީ މަޝްވަރާކުރަމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ މެޑިކަލް ޑިރެކްޓާ ޑރ. ލެޑަން ނޮޓެކް އެތްލީޓުންނާއި މަސްވެރިންނަކީ ގައިގެ އަދި އަތުގެ ހުޅުތަކުގައި ރިއްސާ މީހުން ކަމަށެވެ. ޕީއާރުޕީ އަކީ އެ ފަދަ މީހުންނަށް ދެވޭނެ ރަނގަޅު ފަރުވާއެއްކަމަށް އޭނާ ވިދާޅުވި އެވެ.