23 ޑިސެމްބަރ 2021
ބަންގްލަދޭޝް ތަރައްގީކުރަން ކުރިއަށް އޮތް 50 އަހަރު ކުރާ މަސައްކަތުގައި ބައިވެރިވާން އެގައުމުގެ ބޮޑުވަޒީރު ޝޭޚު ހަސީނާ، ދިވެހި ސަރުކާރަށާއި ވިޔަފާރިވެރިވެރިންނަށް މިއަދު ގޮވައިލައްވައިފި އެވެ.
ބަންގްލަދޭޝް ތަރައްގީކުރަން ކުރިއަށް އޮތް 50 އަހަރު ކުރާ މަސައްކަތުގައި ބައިވެރިވާން އެގައުމުގެ ބޮޑުވަޒީރު ޝޭޚު ހަސީނާ، ދިވެހި ސަރުކާރަށާއި ވިޔަފާރިވެރިވެރިންނަށް މިއަދު ގޮވައިލައްވައިފި އެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ރައްޔިތުންގެ މަަޖިލީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ތަގުރީރުގައި ހަސީނާ ވިދާޅުވީ ތަރައްގީއަށް ރާއްޖޭން ކުރި ދަތުރަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަކުން ތަރައްގީވަމުން އަންނަ ގައުމަކަށް ބަދަލުވާން ރާއްޖޭން ކުރި މަސައްކަތަކީ ބަންގްލަދޭޝަށް ލިބުނު ހިތްވަރެއް ކަމަށް އެނާ ވިދާޅުވި އެވެެ.
ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ބަންގްލަދޭޝަށް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދާއި ހަސީނާ މަޖިލީހުގައި. ތަރައްގީއަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ބަންގްލަދޭޝަށް އެބަ އޮތް ކަމަށް ހަސީނާ ވިދާޅުވި.
"ދިވެހި ސަރުކާރަށާއި ޕްރައިވެޓް ސެކްޓާއަަށް އަޅުގަނޑު ގޮވައލަން، ކުރިއަށް އޮތް ފަންސާސް އަހަރު، އަޅުގަނޑުމެންގެ ތަރައްގީގެ ދަތުރުގައި ބައިވެރިވާން. ދެގައުމުގެ ފައިދާއަށް ޓަކައި،" ހަސީނާ ވިދާޅުވި އެވެ.
މި އަހަރަކީ ރާއްޖެއާ ބަންގްލަދޭޝްގެ ގުޅުމުގެ "ލޭންޑްމާކް" އަހަރެއް ކަމަށާއި އެއީ މަތީ ފެންވަރުގައި ދެގައުމުގެ ދެމެދުގައި ކުރި މުއާމަލާތްތަކުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުަހައްމަދު ސޯލިހު އަރިހުގައި ރައީސް އޮފީހުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ވެސް އެވާހަކަ އޭނާ ވިދާޅުވި އެވެ. ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނީ، ވިޔަފާރި އާއި ދަތުރުފަތުރާއި މީހުންގެ ގުޅުން އިތުރުކޮށްގެން ކަމަށް ވަރުގަދައަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Hon. Prime Minister of Bangladesh, Sheikh Hasina addresses the People’s Majlis (the Parliament of the Maldives) pic.twitter.com/Tl8LimAYiE
— People's Majlis (@mvpeoplesmajlis) December 23, 2021
ހަސީނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝުން ވަނީ މިދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އިގުތިސާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ގައުމުގެ ޖީޑީޕީ އެވްރެޖްކޮށް، ހަތް ޕަސެންޓަށް ވުރެ މަތިން ކުރިއަރަމުން އަންނަތާ އަހަރުތަކެއް ވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަނގްލަދޭޝްގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއަށް ދެއްވި ހަދިޔާ pic.twitter.com/9v5uMzwYDJ
— People's Majlis (@mvpeoplesmajlis) December 23, 2021
"ދެހާސް ނަވާރަ ވަނަ އަހަރުން 2020 ވަނަ އަހަރަށް، [ކޮވިޑް-19ގެ] ބަލިމަޑުކަން ކުރިމަތިވުމުގެ ކުރިން އަޅުގަނޑުމެންގެ ޖީޑީޕީގެ ކުރިއެރުން ހުރީ 8.02 ޕަސެންޓްގައި. އެކަމަކު ނަސީބު ދެރަކަމުން، މި ކޮވިޑާ ހެދީ ޖީޑީޕީ ދަށަށް ހިނގައްޖެ،" ހަސީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ 10 އަހަރުގެ ތެރޭގައި ސޯޝޯ އިކޮނޮމިކް މިންގަނޑުތަކުން ވެސް ބަންގްލަދޭޝަށް ކުރިއެރުން ލިބިފައިވާ ކަމަށެވެ. އަންހެނުން ބާރުވެރިކުރުވުމާއި ދަރިމައިވުމުގެ ސިއްހަތާއި ކުޑަކުދިންގެ ސިއްހަތުގެ ދާއިރާއައި ލައިފް އެކްސްޕެކްޓެންސީ އާއި އާބާދީ އިތުރުވާ މިންވަރު އޭގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. ސާފުބޯފެނާއި ނަރުދަމާގެ ހިދުމަތާއި ތައުލީމާއި ލިޔަންކިޔަން ދަތުމުގެ ދާއިރާއިން ވެސް އޭނާ ވިދާޅުވި ގޮތުގައި ބަންގްލަދޭޝަށް ވަނީ ކުރިއެެރުން ލިބިފަ އެވެ.
ކުރިއަށް ދިއުމަށްޓަކައި ބަންގްލަދޭޝުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ވެސް ތަގުރީރުގައި ހަސީނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގަައި އެގައުމުގެ އަމާޒަކީ 2041 ވަނަ އަހަރު އަންނަ އިރު ތަރައްގީވެފައިވާ ގައުމަކަށް ވުމެވެ.
މަޖިލީހުގައި ތަގުރީރުކުރައްވަން ހަސީނާއަށް ދައުވަތު ދެނީ
ފަޒީލް ހިމެނޭހޭން 3 ގައުމެއްގެ ސަފީރުންނަށް ރުހުންދީފި
ޔޫއޭއީގެ ސަފީރަކަށް މިދުފާ، ބަންގްލަދޭޝްއަށް ޝިއުނީން
ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމެއް މުހިއްމު: ހަސީނާ
ބަންގްލަދޭޝްއިން ދެނީ ފާހަގަކޮށްލެވޭ އެހީތަކެއް: ރައީސް
ރާއްޖެ-ބަންގްލަދޭޝް އެއްބަސްވުމަކާއި އެމްއޯޔޫތަކެއް
ރައީސް، ހަސީނާއާ ބައްދަލުކުރައްވައިފި
ހަސީނާ ވަޑައިގެންފި، ރަސްމީ ބައްދަލުވުންތައް މާދަމާ
ބަންގްލަދޭޝްގެ ސެޓެލައިޓް ރާއްޖެއަށް ބޭނުންކުރެވޭނެ
ރާއްޖޭގައި 281،000 ބިދޭސީން އުޅޭ: ފައްޔާޒު