Roadha Mihaaru
ޔޫއޭއީގެ ސަފީރަކަށް މިދުފާ، ބަންގްލަދޭޝްއަށް ޝިއުނީން

ޔޫއޭއީގެ ސަފީރަކަށް މިދުފާ، ބަންގްލަދޭޝް އަށް ޝިއުނީން އައްޔަން ކުރަނީ

10 އޮކްޓޯބަރ 2023

ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާ އާ ސަފީރަކަށް، ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ މިދުފާ ނައީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅާ އާ ސަފީރަކަށް، ހާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދަވާ މިދުފާ ނައީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދަން ސަރުކާރުން ހުށަހަޅައިފި އެވެ.

އަންނަ މަހުގެ 17 ގައި ރިޔާސީ ދައުރު ހަމަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ޔޫއޭއީގައި މިހާރު ހުންނެވި ސަފީރު ހ. މިސްޓީލޮޖް އައިމިނަތު ޝަބީނާގެ ބަދަލުގައި މިދުފާ ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ.

ބަންގްލަދޭޝްގައި މިހާރު ހުންނެވި ދިވެހި ސަފީރު މ. ޒީނާ ޝިރުޒިމަތު ސަމީރުގެ ބަދަލުގައި ސ. ހުޅުދޫ އަސަރީގެ ޝިއުނީން ރަޝީދު ހަމަޖެއްސެވުމަށް ވެސް ރައީސް މަޖިލިހަށް ފޮނުއްވި އެވެ.

މިދުފާ އައްޔަނުކުރަން މަޖިލީހުގެ ރުހުމަށް އެދިވަޑައިގެން ރައީސް ސިޓީ ފޮނުއްވާފައިވަނީ މިދިޔަ އޯގަސްޓު މަހުގެ 24 ވަނަ ދުވަހެވެ. އަދި ޝިއުނީން ބަންގްލަދޭޝް ސަފީރަކަށް އައްޔަނުކުރަން ނިންމަވައި އެކަން މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދެ ސިޓީ ވެސް މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި މިވަނީ، ގިނަ ދުވަސްތަކެއް ވަންދެން މަޖިލީހުގެ ޖަލްސާތައް ރަނގަޅަށް ނުބޭއްވި، މަސައްކަތްތައް ނުހިނގައި އޮތުމަށްފަހު އެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އެ ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ފޮނުއްވަން ނިންމަވައިފަ އެވެ.