Roadha Mihaaru
މަޖިލީހުގައި ތަގުރީރުކުރައްވަން ހަސީނާއަށް ދައުވަތު ދެނީ

މަޖިލީހުގައި ތަގުރީރުކުރައްވަން ހަސީނާއަށް ދައުވަތު ދެނީ

19 ޑިސެމްބަރ 2021

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ކުރައްވާ ރަަސްމީ ދަތުރުގައި ރައްޔިތުުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ދައުވަތު ދިނުމާ މެދު ގޮތެއް ނިންމަން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ކުރައްވާ ރަަސްމީ ދަތުރުގައި ރައްޔިތުުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ދައުވަތު ދިނުމާ މެދު ގޮތެއް ނިންމަން މާދަމާ ބާއްވާ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ހަސީނާއަށް ދައުވަތު ދިނުމާ މެދު ގޮތެއް ނިންމަން، ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މާދަމާ ބާއްވާ ޖަލްސާއަށް، އެެޖެންޑާ ކުރީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގަ އެވެ. މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަނީ އެމްޑީޕީއަށް ކަމަށް ވާތީ، ބެލެވޭ ގޮތުގައި ނިންމާނީ ހަސީނާއަށް ދައުވަތު ދިނުމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތަގުރީރުކުރައްވަން ހަސީނާއަށް ދައުވާތު ދިނުމާ މެދު ގޮތެއް ނިންމަން މާދަމާއަށް އެޖެންޑާކޮށްފައި ވިޔަސް، އެކަމަނާ ވަޑައިގަންނަވާ ތާރީހެއް ފޮރިން މިނިސްޓްރީން އަދި ނުބުނެ އެވެ. އެނގިފައިވާ ގޮތުގައި އޭނާ މި ހަފްތާގެ ފަހުކޮޅު ރާއްޖެ ވަޑައިގަންނަވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދައުރު މިދިޔަ މަހު 29 ވަނަ ދުވަހު ނިންމައި، މެމްބަރުން މިހާރު ތިއްބެވީ ޗުއްޓީގަ އެވެ. އެކަމަކު، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ މެމްބަރުން ވަކިކުރަން، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައި ވާތީ، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެގޮތުން ފުރަތަމަ ޖަލްސާ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެވެ.