Roadha Mihaaru
ރާއްޖެ-ބަންގްލަދޭޝް އެއްބަސްވުމަކާއި އެމްއޯޔޫތަކެއް

ރާއްޖެ އާއި ބަންގްލަދޭޝުން އެއްބަސްވުމަކާއި 3 އެމްއޯޔޫއެއް ގައި ސޮއިކޮށްފި

23 ޑިސެމްބަރ 2021

ރާއްޖެ އިން ބަންގްލަދޭޝްއާ އެކު މިއަދު އެއްބަސްވުމަކާއި ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން ބަންގްލަދޭޝްއާ އެކު މިއަދު އެއްބަސްވުމަކާއި ތިން އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ދެ ގައުމުން އެއްބަސްވުންތަކުގައި ސޮއިކުރީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައި، ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ފަހު، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް، ޓެކްސް އެވޭޝަން އެއްބަސްވުން، ބަންގްލަދޭޝްގެ ރެވެނިއުބޯޑްގެ ޗެއާމަނާ އެކްސްޗޭންޖްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް، ޓެކްސް އެވޭޝަން އެއްބަސްވުން، ބަންގްލަދޭޝްގެ ރެވެނިއުބޯޑްގެ ޗެއާމަނާ އެކްސްޗޭންޖްކުރައްވަނީ. ފޮޓޯ: ރައީސް އޮފީސް

ރާާއްޖެ-ބަންގްލަދޭޝް އެއްބަސްވުމާއި އެމްއޯޔޫތައް

1- ކޮލިފައިޑް ހެލްތު ޕްރޮފެޝަނަލުން ރެކްރޫޓްކުރުން

2-ސިއްހީ ހިދުމަތާއި މެޑިކަލް ސައިންސްގެ ދާއިރާއިން ކުރިން ސޮއިކޮށްފައިވާ އެމްއޯޔޫއެއް އާކުރުން

3- ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުން އެއްބާރުލުމުގެ އެމްއޯޔޫ

4- ޑަބަލް ޓެކްސޭޝަން ނައްތައިލުމުގެ އެއްބަސްވުން

މިއަދު ސޮއިކުރި އެމްއޯޔޫތަކުގެ ތެރެއިން ހެލްތު ޕްރޮފެޝަނަލުން ރެކްރޫޓްކުރުމާ ބެހޭ އެމްއޯޔޫއާއި ސިއްހީ ހިދުމަތާއި މެޑިކަލް ސައިންސްގެ ދާއިރާއިން އެއްބާރުލުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. އެ ދެ އެމްއޯޔޫގައި ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ހެލްތު މިނިސްޓަރު ޒާހިދު މަލިކެވެ.

ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން އެއްބާރުލުމުގެ އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ފޮރިން ސެކްރެޓަރީ މަސްއޫދު ބިން މުއުމިނެވެ.

ޑަބަލް ޓެކްސޭޝަން ހުއްޓައިލުމާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. ބަންގްލަދޭޝްގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ނެޝަނަލް ބޯޑް އޮފް ރެވެނިއު އަބޫ ހީނާ އެމްޑީ ރަހްމަތުލް މުނީމެވެ.