23 ޑިސެމްބަރ 2021
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުގައި މިއަދު މާލެއަށް ވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު އޭނާއާ ބައްދަލުކުރައްވަވައި ރަސްމީ މަޝްވަރާތައް ކުރައްވައިފި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭޚު ހަސީނާ ރާއްޖެއަށް ކުރައްވާ ދެ ދުވަހުގެ ދަތުރުގައި މިއަދު މާލެއަށް ވަޑައިގަތުމުން ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު އޭނާއާ ބައްދަލުކުރައްވަވައި ރަސްމީ މަޝްވަރާތައް ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ބަންގްލަދޭޝާއި ރާއްޖޭގެ މަޝްވަރާތަކަށް ފަހު، ދެބޭޭފުޅުން މިއަދު ޖޮއިންޓް ޕްރެސް ބްރީފިން އެއް ބާއްވާނެ އެވެ. މަޝްވަރާތަކާއި ބެހޭ ތަފްސީލު ދެއްވާނީ އެ ބްރީފިންގަ އެވެ.
ހަސީނާ މިއަދު މާލެވަޑައިގަތުމުން އިއްޒުއްދީން ފާލަމުން އޭނާއަށްް މަރުހަބާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ވަޒީރުންނާއި ދައުލަތުގެ އިސް އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.
ހަސީނާގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވި އެވެ. އެއަށް ފަަހު އެމްއެންޑީއެފްގެ ބޭންޑުން، ބަންގްލަދޭޝާއި ރާއްޖޭގެ ގައުމީ ސަލާމް ކުޅުނެވެ. އެމްއެންޑީއެފުން އޭނާއަށް އޮނަ ގާޑެއް ވެސް އެރުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ހަސީނާ ތަގުރީރު ކުރެއްވުން ވެސް މިއަދު އޮންނާނެ އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝޭޚު ހަސީނާ މިއަދު މާލެއަށް ވަޑައިގެންނެވުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް މަރުހަބާވިދާޅުވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި ހަސީނާގެ ދަތުރުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމުގެ މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރާ އިރު މަސްވެރިކަމާއި މީހުން ބިނާކުރުމާއި ތައުލީމަކީ މިހާރު ވެސް ދެ ގައުމުގެ ދެމެދު ގާތް ގުޅުމެއް އޮންނަ ބައެއް ދާއިރާތައް ކަން ރައީސް އޮފީހުން އޭރު ފާހަގަކުރި އެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝޭޚު ހަސީނާ މިއަދު މާލެއަށް ވަޑައިގެންނެވުމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އޭނާއަށް މަރުހަބާވިދާޅުވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
"ދެ ގައުމުގެ ދެމެދު ސޮއިކުރެވޭ މި އެއްބަސްވުންތަކާ އެކު ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެ ހަރަދަނާ ވެގެންދާނެ އެވެ،" ރައީސް އޮފީހުން މިދިޔަ ހޯމަދުވަހު ބުންޏެވެ.
ބަންގްލަދޭޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ އެ ގައުމުގެ ނޫސްތަކުން އިއްޔެ ބުނި ގޮތުގައި ހަސީނާގެ ދަތުރުގައި އެ ގައުމުން ސިއްހީ ދާއިރާގެ މާހިރުން ގެންނަން ރާއްޖެއާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ އެވެ.
ބަންގްލަދޭޝްގެ ތަރައްގީގައި ބައިވެރިވެދީ: ހަސީނާ
ދެ ގައުމުގެ ވިޔަފާރީގެ އެއްބަސްވުމެއް މުހިއްމު: ހަސީނާ
ބަންގްލަދޭޝްއިން ދެނީ ފާހަގަކޮށްލެވޭ އެހީތަކެއް: ރައީސް
ރާއްޖެ-ބަންގްލަދޭޝް އެއްބަސްވުމަކާއި އެމްއޯޔޫތަކެއް
ހަސީނާ ވަޑައިގެންފި، ރަސްމީ ބައްދަލުވުންތައް މާދަމާ
މަޖިލީހުގައި ތަގުރީރުކުރައްވަން ހަސީނާއަށް ދައުވަތު ދެނީ
ބަންގްލަދޭޝްގެ ސެޓެލައިޓް ރާއްޖެއަށް ބޭނުންކުރެވޭނެ
ހަސީނާއަށް ގުޅުއްވައި، ރައީސް ޝުކުރު އަދާ ކުރައްވައިފި
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ހަސީނާ ހައްޔަރުކުރަން އައިސީސީގެ އެހީއަށް އެދެނީ