23 ޑިސެމްބަރ 2021
މެޑްރިޑް (ޑިސެމްބަރު 23) - ސްޕެނިޝް ލަ ލީގާގެ ޓޭބަލްގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާ އެކު ރެއާލް މެޑްރިޑް މި އަހަރު ލީގުގައި ކުޅޭ މެޗުތައް ނިންމާލައިފި އެވެ.
މެޑްރިޑް (ޑިސެމްބަރު 23) - ސްޕެނިޝް ލަ ލީގާގެ ޓޭބަލްގެ އެއްވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާ އެކު ރެއާލް މެޑްރިޑް މި އަހަރު ލީގުގައި ކުޅޭ މެޗުތައް ނިންމާލައިފި އެވެ.
އެތުލެޓިކް ބިލްބާއޯއާ ވާދަކުރި ލީގު މެޗު ރެއާލުން ރޭ ކާމިޔާބުކުރީ 2-0 އިންނެވެ. މި ނަތީޖާއާ އެކު ރެއާލް އެއްވަނައިގައި އޮތީ ކުޅުނު 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސެވިއްޔާ ކުޅުނު 18 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. އެ ޓީމު ލީގުގައި އެންމެ ފަހުން ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗު ވަނީ އެއްވަރުވެފަ އެވެ.
ރެއާލްގެ ދެ ލަނޑު ވެސް ޖަހައިދިނީ ކެޕްޓަން ކަރީމް ބެންޒެމާ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓާއި ހަތްވަނަ މިނިޓުގައި ޖެހި ލަނޑުތަކާ އެކު އޭނާ ވަނީ ލީގުގައި 15 ލަނޑު ހަމަކޮށްފަ އެވެ. އަދި މި ސީޒަނުގައި ބެންޒެމާ ވަނީ 20 ލަނޑު ޖަހައިފަ އެވެ.
ބިލްބާއޯގެ ހަމައެކަނި ލަނޑު ޖަހައިދިނީ އޮއިހާން ސަންކޭޓް އެވެ. މި ނަތީޖާއާ އެކު ބިލްބާއޯ އަށް ވަނީ 28 ޕޮއިންޓާ އެކު ޓޭބަލްގެ ހަތްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓަކާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ.
ގްރަނާޑާ މޮޅުކޮށްދިން ލަނޑު ޖަހައިދިން މޮލީނާ އަތުން ބޯޅަ ހޯދަން އެތިލެޓިކޯގެ ކުޅުންތެރިއެއް މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް އޮތީ ޓޭބަލްގެ ފަސްވަނައިގަ އެވެ. އެތުލެޓިކޯ މެޑްރިޑް ވަނީ މި އަހަރުގެ ފަހު މެޗުގައި ރޭ ގްރަނާޑާއާ ވާދަކޮށް 2-1 އިން ބަލިވެފަ އެވެ.
ގްރަނާޑާއިން މެޗު ކާމިޔާބުކުރީ، ދެވަނަ މިނިޓުގައި ޔާއޯ ފީލިކްސް އެތުލެޓިކޯއަށް ލީޑު ނަގައިދީފައިވަނިކޮށް، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ.
އެތުލެޓިކޯ އިން އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް ފަހަތުގައި ނޮވެމްބަރު މަހު ވިއްދާފައި އޮތް ނަމަވެސް ޑިސެމްބަރު މަސް ނިންމާލީ ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް ބަލި ވެގެންނެވެ. ރޭގެ މެޗުގެ ކުރިން އެ ޓީމު ބަލިވެފައި ވަނީ ސެވިއްޔާ، ރެއާލް މެޑްރިޑް އަދި ރެއާލް މަޔޯކާ އަތުންނެވެ.
ރެއާލާއި ޖިރޯނާ ވެސް ފަހު ވަގުތު ފެންވަރު ދައްކާލައިފި
އެތުލެޓިކޯ އަތުން ބަލިވުމުން ޒިންމާ ނެގީ އަންޗެލޮޓީ
ބާސާ ބަލިވެއްޖެ، އެތުލެޓިކޯ އިން ރެއާލްއާ ގާތަށް
ރެއާލް އެއްވަރުވެ ބާސެލޯނާއާ ދެމެދު ފަރަގު ބޮޑުވެއްޖެ
ރެއާލް އާއި އެތުލެޓިކޯ އަށް ވެސް ލީގުގައި ހަނި މޮޅެއް
އެތުލެޓިކޯ ބަލިކޮށް ރެއާލް ހުއްޓުމެއް ނެތި ކުރިއަށް
އެތުލެޓިކޯއާ އެއްވަރުކޮށް ސެވިއްޔާ ޗެމްޕިއަންސް ލީގަށް
މެޑްރިޑް ޑާބީގައި ތަފާތަކަށްވީ ސުވާލު އުފެދުނު ޕެނަލްޓީ
ފަހަތުން އަރައި އެތުލެޓިކޯ ބަލިކޮށް، ބާސާ ހަތަރަކަށް
ހަތް އަހަރަށްފަހު އެތުލެޓިކޯ ލަ ލީގާ ކާމިޔާބު ކޮށްފި